ރާއްޖޭގެ ޚަބަރު އިސްލާމީ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިސްލާމީ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިސްލާމީ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިސްލާމީ ޔުނިވަރސިޓީއިން 2019 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ސެޓްފިކެޓް ލެވެލް 1 ން ފެށިގެން މާސްޓާރސްއާއި ހަމައަށް ޖުމްލަ 54 ކޯހަކުން 1820 ޖާގައަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ކޯސްތަކާއިބެހޭ މަައުލޫމާތު ޔުނިވަރސިޓީގެ ނޯޓިސްބޯޑާއި ވެބްސައިޓުން ލިބެންހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި ކޯހަށް ވަނުމަށް އެދޭ ފޯމް ޔުނިވަރސިޓީގެ ރިސެޕްޝަނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

ކޯސްތަކަށް އެދި ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ޑިސެމްބަރ މަހުގެ ތޭރަވަނަ ދުވަހެއެވެ. ކޯސްތަކަށް ވަނުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހެނީ ޔުނިވަރސިޓީގެ ރިސެޕްޝަނަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.