މަސްޖިދުލް ހަރާމް ކޮންމެ ދުވަހަކު ސާފުކުރުމަށް ފަހުގައި 143 ޓަނުގެ ކުނި އެއްކުރެވޭ ކަމަށް މަސްޖިދުލް ހަރާމް ސާފުކުރުމާއި ހަވާލުވެފައިވާ އިދާރާއިން ހާމަކޮށްފިއެވެ.
އެއިދާރާގެ ޑިރެކްޓަރ މާހިރު އަލް ޒަހްރާނީ ވިދާޅުވީ މަސްޖިދުލް ހަރާމް ސާފުކުރުމުގެ މަސައްކަތުގައި 2500 މީހުންނާއި 2542 ސާފުކުރުމަށް ބޭނުންކުރާ އާލާތްތައް ބޭނުން ކުރަމުން އަންނަ ކަމަށާއި ސާފުކުރުމަށް ފަހުގައި ދުވާލެއްގެ މައްޗަށް 143 ޓަނުގެ ކުނި އެއްކުރެވޭ ކަމަށެވެ.
މާހިރު އިތުރަށް ވިދާޅުވީ އެއިދާރާއިން މަސައްކަތް ކުރަމުން ގެންދަނީ މިސްކިތަށް އަޅުކަންކުރަން އަންނަ މީހުންނަށް ފަސޭހަވާނެހެން އަބަދުވެސް މިސްކިތް ސާފުކޮށްފައި ބަހައްޓަން ކަމަށާއި މިސްކިތަށް އަންނަމުން މިސްކިތް ހަޑިވާ ޒާތުގެ ކާތަކެތި ނުގެނައުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ މިސްކިތަށް އަންނައިރުގައި ހަމައެކަނި ޒަމްޒަމް ފެން ފުޅިއަކާއި ރޯދަވީއްލަން ބޭނުންވާނެ ވަރަށް ކަދުރާއި އަރަބި ކޮފީއަށްވުރެ އިތުރަށް ކާތަކެތި ނުގެނައުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...