1436 ވަނަ އަހަރުގެ ރަމަޟާންމަހުގެ ދެވަނަ ހުކުރު ދުވަހު 350،000 މުސްލިމުން މަސްޖިދުލް އަޤްޞާއަށް ޖަމާވެ، ހުކުރު ނަމާދުކޮށްފިއެވެ.
އިއްޔެގެ ހުކުރު ނަމާދުގައި ބައިވެރިވުމަށް ހުކުރު ދުވަހުގެ އިރުއެރީއްސުރެ އިރުމަތީ ގުދުސް އިންނާއި ހުޅަނގު އައްސޭރި މުސްލިމުން އަޤްޞާ މިސްކިތަށް ޖަމާވަމުން ގެންދިޔައެވެ. އަދި އަޤާޞާ މިސްކިތަށް ވަދެ ނިކުމެވޭ ދޮރާށި ތަކުގައި އިސްރާއިލް ސިފައިންވެސް ގެންދިޔައީ ފޯރިމަރަމުންނެވެ.
މަސްޖިދުލް އަޤްޞާއަށް ވަނުމަށް އެއްވެސް ޗެކްކުރުމަކާއި ނުލައި އިސްރާއިލް އިން އިއްޔެވެސް ދީފައިވަނީ އަންހެނުންގެ އިތުރުން އުމުރުން 40 އަހަރުން މަތީގެ ފިރިހެނުން ނަށެވެ. 40 އަހަރު ނުވާ ފިރިހެނުންނަށް އަޤްޞާ މިސްކިތަށް ވަދެވެނީ އިސްރާއިލް އިން ޗެކްކޮށް ހުއްދަ ދިނުމުންނެވެ.
މިރަމަޟާންމަހުގެ ފުރަތަމަ ހުކުރު ދުވަހުވެސް ވަނީ 200،000 މުސްލިމުން އަޤްޞާ މިސްކިތަށް ޖަމާވެ ހުކުރު ނަމާދު ކޮށްފައެވެ.
ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ފަލަސްތީނުން ކުރިއަށް ގެންދިޔަ ދެ ވަނަ އިންތިފާޟާ އަށް ފަހު މިއީ ފަަލަސްތީނު މީހުން މިހާ މިނިވަންކަމާ އެކު އަގްސާ އަށް ނަމާދަށް ދިއުމަށް އިޒްރޭލުން ހުއްދަ ދިން ފުރަތަމަ ރޯދަ މަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...