ދުނިޔެ ޤައްޒާގެ ރައްޔިތުން ރަމަޟާން މަހާއި ކުރިމަތިލީ ފަޤީރުކަމާއި ވަޒީފާނެތް މީހުންގެ ރެކޯރޑް އަދަދަކާއެކު

ޤައްޒާގެ ރައްޔިތުން ރަމަޟާން މަހާއި ކުރިމަތިލީ ފަޤީރުކަމާއި ވަޒީފާނެތް މީހުންގެ ރެކޯރޑް އަދަދަކާއެކު

ޤައްޒާގެ ރައްޔިތުން ރަމަޟާން މަހާއި ކުރިމަތިލީ ފަޤީރުކަމާއި ވަޒީފާނެތް މީހުންގެ ރެކޯރޑް އަދަދަކާއެކު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1436 ވަނަ އަހަރުގެ ރަމަޟާންމަހާއި އިސްލާމީ އުއްމަތް މަރުހަބާ ކިީއިރު، ޤައްޒާގެ ރައްޔިތުންގެ ފަޤީރުކަން ރެކޯރޑް އަދަދަކަށް މައްޗަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯރޓަކުން ހާމަވެއްޖެއެވެ.

މިކަމާއި ގުޅިގެން ޤައްޒާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯރޓެއްގައިވަނީ ޤައްޒާގެ ރައްޔިތުން ބަރަކާތްތެރި ރަމަޟާން މަހާއި ކުރިމަތިލީއިރު، ޤައްޒާގެ ރައްޔިތުންވަނީ އިޤްތިޞާދީ ގޮތުން މިޤަރުނުގައިވެސް ނުވެއްޓޭފަދަ ފުން ވަޅުގަނޑަކަށް ވެއްޓިފައި ކަމަށާއި މިކަމުގެ ސަބަބަކީ އިސްރާއިލުން ޤައްޒާ 9 އަހަރު ވަންދެން ހިޞާރުކޮށްފައި އޮތްއޮތުމުގެ އިތުރުން 2014 ވަނަ އަހަރު ޤައްޒާއަށް 51 ދުވަސް ވަންދެން ދިން އުދުވާންތައް ކަމަށް އެޖަމިއްޔާއިން ނެރެނު ރިޕޯރޓްގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ވިޔަފާރިވެރިންގެ ޖަމިއްްޔާގެ ޕަބްލިކް ރިލޭޝަން ޑިރެކްޓަރ، މާހިރު ވިދާޅުވެފައިވަނީ ޤައްޒާގެ ރައްޔިތުން ރަމަޟާން މަހަށް މަރުހަބާ ކީއިރު، ޤައްޒާގެ ވަޒީފާނެތް މީހުންގެ އަދަދު 55 އިންސައްތައަށް އަރާފައިވާ ކަމަށާއި އެއް މިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް ދުވަހު މުސާރައިގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބެމުން ނުދާ ކަމަށެވެ. މާހިރު އިތުރަށް ވިދާޅުވީ 51 ދުވަހަށް ދެމިގެންދިޔަ އިސްރާއިލްގެ އުދުވާންތަކުގެ ސަބަބުން ވަޒީފާނެތް މީހުންގެ އަދަދު 200،000 އަރާފައިވާ ކަމަށެވެ.

ޤައްޒާއަށް ކުރިމަތެވެފައިވާ މިހާލަތުން އަރައިގަތުމަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތްކޮށްދިނުމަށް މާހިރުވަނީ ގޮވާލާފައެވެ. އެގޮތުން އިސްރާއިލުން ޤައްޒާގެ ހިޞާރު ނައްތާލާ، ބައިނަލް އަޤްވާމީ ވިޔަފާރިއަށް ޤައްޒާގެ ބަނދަރުތައް ހުޅުވާލުމަށް އިސްރާއިލްއަށް ދުނިޔޭގެ ޤައުމުތަކުން ޕްރެސަރކުރުމަށް މާހިރުވަނީ ގޮވާލާފައެވެ.

ވޯރލްޑް ބޭންކުން މިދިޔަމަހު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި ވަޒީފާނެތް މީހުންގެ އަދަދު އެންމެ މައްޗަށް ގޮސްފައިވާ އެއް ސަރަހައްދަކީވެސް ޤައްޒާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.