ދުނިޔެ ބާރަ ދުވަސްތެރޭ މުސްލިމް ބްރަދަރހުޑްގެ 477 މެންބަރުން ހައްޔަރުކޮށްފި

ބާރަ ދުވަސްތެރޭ މުސްލިމް ބްރަދަރހުޑްގެ 477 މެންބަރުން ހައްޔަރުކޮށްފި

ބާރަ ދުވަސްތެރޭ މުސްލިމް ބްރަދަރހުޑްގެ 477 މެންބަރުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސުރުގެ ސަލާމަތީ ބާރުތަކުން މުސްލިމް ބްރަދަރހުޑްގެ 477 މެންބަރުން ފާއިތުވި ބާރަ ދުވަސްތެރޭ ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނުގައިވާގޮތުން، 'ޓެރަރިސްޓް' މުސްލިމު ބުރަދަރހުޑްގެ 477 މެމްބަރުން ވަނީ އެކި އެކި ސަރަހައްދު ތަކުން ހައްޔަރުކޮށްފައެވެ. އަދި ދެހާހަށް ވުރެ ގިނަ ބަޑިއާއި ހަތިރާރު އުފައްދާ ވޯކްޝޮޕް ތަކެއްވެސް ބަލައި ފާސްކޮށް ބަންދުކޮށްފައިވެއެވެ. ހަމަ އެއާއެކު 15 ގޭންގެއްވެސް ހައްޔަރުކޮށްފައި ވެއެވެ.

މިދިޔަ އަހަރު މިސުރުގައި ގެނައި އަސްކަރީ ބަޣާވާތަށްފަހު އެކި އެކި ބަހަނާތައް ދައްކައި ސިސީގެ ސަރުކާރުން ގެންދަނީ މުރުސީއަށް ސަޕޯޓްކުރާ ބްރަދަރހުޑްގެ މެންބަރުން ހައްޔަރުކޮށް ޖަލަށް ލަމުންނެވެ.

ނަމަވެސް ސިސީގެ ސަރުކާރުން ކުރާ ތުހުމަތު ތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ބްރަދަރހުޑުން މަސައްކަތްކުރަމުން ދަނީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުއުފައްދައި 'ހިމޭން ސިޔާސީ ހަރާކާތް' ތަކެއް ހިންގުމަށް ކަމަށް ބްރަދަރހުޑުން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.