ދުނިޔެ ތުރުކީއިން ސޫރިޔާގެ ރެފިއުޖީންނަށް 4.5 ބިލިއަން ޑޮލަރ ޚަރަދުކޮށްފައިވޭ: އ.ދ

ތުރުކީއިން ސޫރިޔާގެ ރެފިއުޖީންނަށް 4.5 ބިލިއަން ޑޮލަރ ޚަރަދުކޮށްފައިވޭ: އ.ދ

ތުރުކީއިން ސޫރިޔާގެ ރެފިއުޖީންނަށް 4.5 ބިލިއަން ޑޮލަރ ޚަރަދުކޮށްފައިވޭ: އ.ދ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޤައުމު ދޫކޮށް އަވަށްޓެރި ތުރުކީއަށް ހިޖުރަކޮށްފައިވާ ސޫރިޔާގެ ރައްޔިތުންނަށް ތުރުކީއިން 4.5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް އ.ދ ގެ ރެފިއުޖީންނާއި ބެހޭ ހައިކޮމިޝަނަރ ވިދާޅުވެއްޖެއެވެ.

ޖަރުމަންވިލާތުގައި އެޤައުމުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރެފިއުޖީންނާއި ބެހޭ ހައިކޮމިޝަނަރ ވިދާޅުވީ ސޫރިޔާގެ ރެފިއުޖީންގެ އަދަދު 3.2 މިިލިއަނަށް އަރާފައިވާ ކަމަށާއި މިއަހަރު ނިމޭއިރު މިއަދަދު 4 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ރެފިއުޖީންނާއި ބެހޭ ހައިކޮމިޝަނަރ އިތުރަށް ވިދާޅުވީ ސޫރިޔާގެ ރައްޔިތުންގެ ތެރެއިން 60،000 ރައްޔިތަކު ޖަރުމަންވިލާތުން ރައްކާތެރިކަން ބޭނުން ވެގެން އެދިފައިވާ ކަމަށެވެ.

މިނޫސް ކޮންފަރެންސްގައި ޖަރުމަންވިލާތުގެ ޚާރޖީ ވަޒީރުވަނީ އެހީތެރިކަން ބޭނުންވެފައިވާ ސޫރިޔާގެ 12 މިލިއަން ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. އަދި ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ 6 ބިލިއަން ޑޮލަރ ހޯދުމަށް ހުރިހާ ޤައުމަކުން އެހީތެރިވުމަށް ޚާރޖީ ވަޒީރު ގޮވާލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.