ދުނިޔެ ޓެރަރިސްޓް ލިސްޓުން ހަމާސް އުނިކުރުމުން ޔަހޫދީން ރަތަށް

ޓެރަރިސްޓް ލިސްޓުން ހަމާސް އުނިކުރުމުން ޔަހޫދީން ރަތަށް

ޓެރަރިސްޓް ލިސްޓުން ހަމާސް އުނިކުރުމުން ޔަހޫދީން ރަތަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޓެރަރިސްޓް ލިސްޓުން ފަލަސްތީނުގެ ޙަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ހަމާސް) ޖަމާއަތް އުނިކުރަން ޖެހޭ ކަމަށް އީޔޫ ކޯޓުން އަމުރުކުރުމާއި ގުޅިގެން ޔަހުދީން ރަތަށްއަރައިފިއެވެ.

އީޔޫ ކޯޓުގެ އަމުރާމެދު ހިތްހަމަނުޖެހިގެން، ޔަހޫދީ ޖަމާޢަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އުސޫލީ ސަބަބުތަކަކާ ހެދި ކަމަށްބުނެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ހަމާސް ވަކިކުރަން ކޯޓުން އަމުރުކުރި ކުރުން ސާފުނުވާ ކަމަށާއި އެއަމުރާއިމެދު ޔަހޫދީންތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށެވެ.

ހަމާސްއަކީ އަނިޔާވެރި ޓެރަރިސްޓް ޖަމާއަތެއްކަމަށާއި އެމީހުންގެ މަޤްޞަދަކީ ޔަހޫދީން ނައްތާލުންކަމަށް ނަތަންޔާހޫވަނީ ވިދާޅުވެފައެވެ. އަދި ހަމާސްއިން އެމީހުންގެ މަޤްޞަދު މަތިން ހަނދާންނުވާ ވަރަށް އެމީހުންނާއި ދެކޮޅަށް ބާރާއެކު ހަނގުރާމަކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މިކަމާއިގުޅިގެން ޔޫރަޕަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ޔަހޫދީންގެ އިކޮނޮމިކް މިނިސްޓަރ ވިދާޅުވެފައިވަނީ މިނިންމުމުގެ ސަބަބުން ޔަހޫދީންގެ ލޭގެ އަގު ޔޫރަޕުން ދައްކޮށްލާފައިވާ ކަމަށާއި މިނިންމުމުން ދައްކުވައިދެނީ ހައްޤު ބަޔާންކޮށްދިނުމުގައި ޔޫރަޕް ނުކުޅެދިފައިވާ ކަމަށެވެ.

ޓެރަރިސްޓް ލިސްޓުން ހަމާސް އުނިކުރުމަށް އީޔޫ ކޯޓުން ކުރިއަމުރުގައިވަނީ އީޔޫ ޓެރަރިސްޓް ލިސްޓްގައި ހަމާސް ހިމަނާފައި ވަނީ އެޖަމާއަތުގެ އަމަލުތައް މުއައްސަސާތަކުން ބަލައި ކަށަވަރު ކުރުމަށް ފަހުގައި ނޫން ކަމަށާއި އޭގެ ބަދަލުގައި އެލިސްޓުގައި ހަމާސް ހިމަނާފައި ވަނީ މީޑިއާ ރިޕޯޓްތަކަކަށް ބަލައިގެން ކަމަށެވެ.

އިޔޫ ކޯޓުގެ ނިންމުމާ ގުޅިގެން ހަމާސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އީޔޫ ކޯޓުގެ އަމުރަކީ ރަނގަޅު ބަދަލެއް ކަމަށާއި އެކަމުގެ ސަބަބުން ޔަހޫދީންނާއި ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން މިހާރަށް ވުރެ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.