ދުނިޔެ ފަލަސްތީނުގެ 17 އަހަރުގެ ކިޔަވާކުއްޖަކާއި 11 އަހަރުގެ ކުއްޖެއް ޔަހޫދީން ހައްޔަރުކޮށްފި

ފަލަސްތީނުގެ 17 އަހަރުގެ ކިޔަވާކުއްޖަކާއި 11 އަހަރުގެ ކުއްޖެއް ޔަހޫދީން ހައްޔަރުކޮށްފި

ފަލަސްތީނުގެ 17 އަހަރުގެ ކިޔަވާކުއްޖަކާއި 11 އަހަރުގެ ކުއްޖެއް ޔަހޫދީން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަހޫދީ އަސްކަރީ ބާރުތަކުން ފަލަސްތީނުގެ 17 އަހަރުގެ ކިޔަވާކުއްޖަކާއި 11 އަހަރުގެ ކުއްޖެއް ބުދަދުވަހު ހައްޔަރުކޮށްފައިވާކަމަށް މަންޒަރުދުން މީހުންނާއި ހަވާލާދީ މަޢާން ނިއުސް އެޖެންސީއިން ހާމަކޮށްފިއެވެ.

މަންޒަރުދުން މީހުން ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ އިރުމަތީ އޫރުސަލީމުން 17 އަހަރުގެ ދާލިއާ މުރާދު މުޙައްމަދު ޔަހުދީން ހައްޔަރުކޮށްފައިވަނީ އެނާ ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ.

17 އަހަރުގެ ކިޔަވާ ކުައްޖާ ހައްޔަރުކުމާއި ގުޅޭގޮތުން ޔަހޫދީ އަސްކަރިއްޔާއިން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ޔަހޫދީންގެ ވެހިކަލަކަށް ސްޕްރޭ ކުރުމުން ކަމަށާއި އޭނާވަނީ މިހާރު ތަހުޤީގަށް ފުލުހުންގެ އިދާރާއަށް ގެންދެވިފައި ކަމަށެވެ.

އުމުރުން 11 އަހަރުގެ ބަރާ އިއްސާމް ޝާހިން ކިޔާ ކުއްޖަކުވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ގެންގޮސްފައިވާ ކަމަށާއި މިކުއްޖާ ހައްޔަރުކުރި ސަބަބެއް ހާމަކޮށްފައި ނުވާކަމަށް މީޑިއާއިން ހާމަކުރެއެވެ.

ޑިސެމްބަރ މަހުގެ ކުރީކޮޅުވެސް ޔަހޫދީންވަނީ ފަލަސްތީނުގެ 8 އަހަރާއި 12 އަހަރުގެ ދެކުއްޖަކު ހައްޔަރުކޮށްފައެވެ. އަދި މިއަހަރުގެ ޖޫން މަހުން ފެށިގެން ފަލަސްތީނުގެ 600 ކުއްޖަކު ޔަހޫދީންވަނީ އިރުމަތީ އޫރުސަލީމުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯރޓްތައް ބުނެއެވެ.

ފަލަސްތީން ޕްރިޒަނަރސް ކްލަބްއިން ދާދިފަހުން އާއްމުކުރި ރިޕޯރޓެއްގައިވާ ގޮތުން ޔަހޫދީން ހައްޔަރުކުރާ ފަލަސްތީނުގެ ކުޑަކުދިންގެ ތެރެއިން %40 ކުދިންނަށް ބަންދުގައި ބަހައްޓާފައި ހުންނައިރު ނުވަތަ ތަހުޤިގު މަރުހަލާގައި ޖިންސީ އަނިޔާކުރާކަމަށް ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.