ބައްޝާރު އަސަދުގެ އަނިޔާވެރިކަމާއި ދެކޮޅަށް ސޫރިޔާގައި ހަނގުރާމަކުރަމުންދާ ޖަބްހަތުއް ނުސްރާއިން ސޫރިޔާގެ އިދްލިބްގެ އަސްކަރީ މަރުކަޒުތަކެއް ހިފައިފިއެވެ.
އަލް ހަމާދިޔާ އަދި ވާދީ ޟާއިފް އަސްކަރީ ދެ މަރުކަޒު ނުސްރާގެ ބާރުގެ ދަށަށް ގެނެސްފައިވަނީ އާދިއްތަ ދުވަހުން ފެށިގެން ބަދަލުކުރެވުނު ހަމަލާތަކަށްފަހު، ހޯމަ ދުވަހުގައި ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.
ވާދީ ޟާއިފް ނުސްރާގެ ބާރުގެ ދަށަށް ގެނައުމުން ގިނަ އަދަދެއްގެ ބަރުހަތިޔާރާއި ހަނގުރާމަމަތީ 30 ޓޭންކަރ ނުސްރާގެ މުޖާހިދުންގެ ބާރުގެ ދަށަށް ގޮސްފައިވެއެވެ.
ބައްޝާރުގެ ލަޝްކަރުތަކުން ދެއަހަރުވަންދެން ކޮންޓްރޯލް ކުރަމުން ގެންދިޔަ މިމަރުކަޒުތަކަކީ ސުރިޔާގެ ވެރިރަށް ދިމިޝްޤާއި އަލިއްޕޯއާއި ދެމެދުގައި އޮންނަ ހައިވޭގައި ހުންނަ ދެމަރުކަޒެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...