ދުނިޔެ އިންޓަރޕޯލްގެ ލިސްޓުން ޤަރުޟާވީ އުނިކުރުމަށް ގޮވާލާ ދީނީ ޢިލްމުވެރިންތަކެއް ބަޔާނެއް ނެރެފި

އިންޓަރޕޯލްގެ ލިސްޓުން ޤަރުޟާވީ އުނިކުރުމަށް ގޮވާލާ ދީނީ ޢިލްމުވެރިންތަކެއް ބަޔާނެއް ނެރެފި

އިންޓަރޕޯލްގެ ލިސްޓުން ޤަރުޟާވީ އުނިކުރުމަށް ގޮވާލާ ދީނީ ޢިލްމުވެރިންތަކެއް ބަޔާނެއް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޓަނޭޝަނަލް ޔޫނިއަން އޮފް މުސްލިމް ސްކޯލާސް ނުވަތަ ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދުގެ ރައީސް އަދި އަޒްހަރުގެ ބޮޑެތި އިލްމުވެރިން ގެ މަޖިލިހުގެ މެމްބަރު ފަޟީލަތުއްޝައިޚް ޑރ ޔޫސުފުލް ޤަރްޟާވީ ހައްޔަރު ކުރުމަށް ނެރެފައިވާ އިންޓަރޕޯލްގެ ރެޑް ނޯޓިސް އަނބުރާ ގެންދިއުމަށް ގޮވާލާ ދީނީ ޢިލްމުވެރިންތަކެއް ބަޔާނެއް ނެރެފިއެވެ.

ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދުން އާއްމުކޮށްފައިވާ މިބަޔާނުގައިވަނީ އިންޓަރޕޯލްއިން ޤަރުޟާވީ ހޯދުމަށް ނެރެފައިވާ ނޯޓިސްއަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ގޮތުގައި ސިފަކޮށްފައެވެ. އަދި ޤަރުޟާވީއާއި ދެކޮޅަށް ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމުގައި މިބަޔާނުގައި ވެއެވެ. އަދި އިންޓަރޕޯލްގެ މިނޯޓިސްއަކީ އިސްލާމްދީނާއި މުސްލިމުންނަށް މަލާމާތައި ފުރައްސާރަކުރުމަށް ހިންގާފައިވާ ޢަމަލެއް ކަމުގައިވެސް މިބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

88 އަހަރުފުޅުގެ ޤަރުޟާވީ ހޯދުމަށް ފޮޓޯއާއެކު އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާއިރު، ޤަރުޟާވީގެ މައްޗަށް މިޞްރުގެ ސަރުކާރުންވަނީ މީހުންމެރުމަށް ހިތްވަރުދިނުމާއި އެހީތެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޖަލުން މީހުން ފިލުމަށް އެހީވުމާއި، ވައްކަމާއި، ހުޅުޖެހުމާއި އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ޤަރުޟާވީގެ މައްޗަށް މިޞްރުގެ ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރުކުރައްވާ މީގެކުރިން ވިދާޅުވެފައިވަނީ އޭނާ އެއްވެސް މީހަކު މަރާފައި ނުވާނެ ކަމަށާއި އަދި މީހުން މެރުމަށް ހިތްވަރު ދީފައިވެސް ނުވާނެ ކަމަށެވެ. އަދި މިސްރުގެ ޝަރުޢީ ރައީސަކީ ގިނަ ބައެއްގެ އަޣްލަބިއްޔަތުން ހޮވި ވަޑައިގެން އިންތިޚާބު ކުރެވިފައިވާ ޑޮކްޓަރ މުޙައްމަދު މުރުސީ ކަމަށާއި އޭނާ އާއި ދެކޮޅަށް ނިކުތް މީހުންނަކީ ޚަވާރިޖުން ކަމަށް އަލް ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޤަރުޟާވީ ވިދާޅުވެފައިވެއެވެ.

ބައިނަލްޢަޤުވާމީ އިސްލާމީ ޢިލްމުވެރިންގެ އިއްތިހާދުން މިފަދަ ބަޔާނެއް އާއްމު ކޮށްފައިވާއިރު، ހުސްވި ނޮވެމްބަރ މަހު އެކުވެރި އަރަބި އިމާރާތުންވަނީ އެއިއްތިހާދަކީ ޓެރަރިސްޓް ޖަމާއަތެއް ގޮތުގައި ކަނޑައަޅާފައެވެ.

ޤަރުޟާވީ ހައްޔަރުކުރުމަށް އިންޓަރޕޯލް މެދުވެރިކޮށް ނޯޓިސް ނެރެފައިވާތީ މިސްރުގެ ސަރުކާރަށް ތުރުކީގެ ރައީސް އުރުދުޤާންވެސްވަނީ ހޯމަ ދުވަހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.