ސޫރިޔާގެ ސުންނީ މުސްލިމުންނަށް ބައްޝާރު އަސަދުގެ އަނިޔާވެރިކަން ތަހައްމަލް ކުރަން ޖެހިފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހާއްސަ ގޮތެއްގައި ވޭތުވެދިޔަ ހަތަރު އަހަރަކީ މިއަނިޔާވެރިކަން ހައްދުން ނެއްޓިފައިވާ އަހަރުތަކެކެވެ. މިއަނިޔާވެރިކަމުން މިންޖުވުމަށް އެތައްބަޔަކު ޤައުމު ދޫކޮށްފައިވާއިރު ބައްޝާރުގެ އަނިޔާވެރި ވަކިތަކުގެ ޝިކާރައަކަށް އެތައް މުސްލިމުންނެއްވަނީ ވެފައެވެ. ބައްޝާރުގެ ޖަލުތަކުގައި އެތައް މުސްލިމުންނެއް ގައިދު ވެފައިވާއިރު، އެމީހުންނަށް ރަޙުމްކުޑަ އަނިޔާތައް ދަނީ ކުރަމުންނެވެ.
މިއަނިޔާވެރިކަމުގެ ސިލްސިލާގެ ތެރެއިން، ބައްޝާރުގެ ޖަލުގައި އުމުރުން 13 އަހަރުގެ މުސްލިމް ފިރިހެން ކުއްޖެއް ބަންދުކުރެވުނެވެ. އަދި އެޒުވާނާއަށް އަނިޔާކުރުމަށް ކޮންމެ ފަހަރަކު ވަކިން ގޮޅިއަކަށް ގެންދެވެއެވެ. އަދި ބައްޝާރުގެ ސިފައިންގެ އަނިޔާތައް ލިބެމުންދާ ވަގުތު މިޒުވާނާ އޭނާގެ މަންމައާއި ބައްޕައަށް ގޮވާ ރޮއެ ހަދައެވެ.
މިފަދައިން ކަންތައްވާން ފެށުމުން ޒުވާނާއާއިއެކު ޖަލުގައި ތިބި އެހެން މުސްލިމުން އެކަމާއި ގުޅޭގޮތުން ޒުވާނާއާއި ސުވާލުކުރިއެވެ. އެމީހުން އެހިއެވެ.
'ސިފައިން އަނިޔާކުރާ ކޮންމެ ފަހަރަކު ކީއްވެ ﷲ ގެ ނަންފުޅު ނުގަނެ، މަންމައާއި ބައްޕައަށް ތިގޮވަނީ؟'
ޖަވާބުގައި އެޒުވާނާ ބުންޏެވެ. ' އަހަރެން ﷲގެ ނަންފުޅު ޒިކުރުކޮށްފިއްޔާ އެމީހުން އެކަލާނގެއަށް ފުރައްސާރަކޮށް ބަދުބަސް ބުނެއެވެ. އަހަރެންގެ މަންމައާއި ބައްޕައަށް ފުރައްސާރަކުރުން، ﷲ އަށް ބަދުބަސް ރައްދުކުރުމަށްވުރެ އަހަރެންނަށް ތަހައްމަލު ކުރަން މާފަސޭހައެވެ.'
ﷲ ސުބްހާނަހޫ ވަތަޢާލާ އަޅަމެންގެތެރެއިން އަނިޔާ ލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވާށިއެވެ. އާމީން.
އަސްލު މަސްދަރު: ޑރ އަބްދުލްކަރީމް ބައްކާރުގެ ފޭސްބުކް ޕޭޖް
ކޮމެންޓް (0)
ލޯޑް ކުރަމުން...