ކޮލަމިސްޓް ދިވެހިންނަކީ ހަމަ އިސްލާމުން ހެއްޔެވެ؟

ދިވެހިންނަކީ ހަމަ އިސްލާމުން ހެއްޔެވެ؟

ދިވެހިންނަކީ ހަމަ އިސްލާމުން ހެއްޔެވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުވޭތުގެ އިސްލާމިކް ކަލްޗަރަލް ސެންޓަރުގައި ދުނިޔޭގެ ހުރިހާ ޤައުމެއްގެ ކުދިންހެން އިސްލާމް ދީނާއި ގުޅުންހުރި ތަފާތު ޕްރޮގްރާމްތައް ފުރިހަމަ ކުރަމުން ގެންދިޔަ މަޖިލީހެއްގައި އެކި ޤައުމު ތަކުގެ ޘަޤާފަތްތައް ޙިއްސާ ކުރަމުން ދަނިކޮށް ކުއްލި އަކަށް އެތަނުން ބައިވެރިޔަކު އެދުނީ ދިވެހިރާއްޖޭގައި ކައިވެނީގެ ކަންކަން އޮންނަ ގޮތް އޮޅުން ފިލުވާށެވެ.

ދާދި ފަހުން އިސްލާމް ވުމަށްފަހު އިސްލާމް ދީން އުނގެނެމުން ގެންދާ ހޮލެންޑްގެ 18 އަހަރުގެ މި ޒުވާނާ ކުރި ސުވާލުން ދޭނެ ޖަވާބެއް ފަށާނެ ހިސާބެއް ނޭނގި އެތައް އިރަކު ހުރުމަށްފަހު ކަން އޮތްޙާލަތު ބަޔާން ކޮށްދޭން ފެށީމެވެ.

ދިވެހި ރާއްޖެއަކީ 100 އިންސައްތަ އިސްލާމީ ޤައުމެއް ކަމާއި މި ޤައުމުގައި ކައިވެނީގެ އެއްވެސް މަޖުބޫރު ކަމެއް ނޯންނަ ކަމަށާއި، އަދި ކައިވެނި ކުރެވޭ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ނުއުފުލޭވަރުގެ ބުރައެއް ( އެބަހީ ގިނަ ޢަދަެއްގެ ފައިސާ އާއި މުދާދިނުން ) ނޯންނަ ކަމަށް ބުނީމެވެ.

ދެން ކުރި ސުވާލަކީ އެހެން ވިއްޔާ ދިވެހިން އިންނާނެ ކުދިން ހޯދަނީ ކިހިނެއް ހެއްޔެވެ؟ ލަދުން ހުރެ ނަމަވެސް ރާއްޖޭގައި އެކަން ވެސް އޮތް ޙާލަތު ބަޔާން ކޮށްދިނީމެވެ. ޢުމުރުން 12 ނުވަތަ 13 އަހަރުން ފެށިގެން ބިޓުން ނަގައިގެން ގޮސް ކިޔަވާ ނިމެންވާއިރަށް ދެތިން ހަތަރު ބިޓުން ޚަޓުވާލާ ވާހަކަ އާއި ގޯތި ގެދޮރާއި މަދަރުސާ ތަކުގައި ދެޖިންސް މަސްހުނި ކޮށްގެން ގެންގުޅުމީ ދިވެހިންގެ އާދައެއް ކަމަށް ބުނުމުން އެންމެން އެއްފަހަރާ އިސްތިޢުފާރު ކޮށްފިއެވެ.

މިޙާލަތުގައި ކަން އޮއްވާ ރައްޓެހިވެގެން އުޅޭ ބިޓާއި މީޓް ކުރަނީ ގިނަ ފަހަރަށް އަމިއްލަ ގޭގައި ކަމާއި، މައިންބަފައިން ވެސް މިފަދަ ކަންކަމާއި އެހާ ހޭލުންތެރި ނޫން ކަމަށް ބުނުމުން އެމީހުންގެ އަންތަރީސްކަން ވީ އިތުރެވެ. ގިނަ ފަހަރަށް މީޓްކުރަނީ މައިންބަފައިންގެ ރުހުމުގައި ގޭގެ ގިނަ ބަޔަކަށް ފެންނަ ހިސާބުގައި ފާޅުގައި ކަމަށާއި، އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އެކަހެރި ހިނދު ކޮޅުކޮޅު ލިބޭއިރު، ދެކުދިން އެއްކޮށް ރައިޑަކަށް ޖައްސާލަން މައިންބަފައިން ހުއްދަ ދޭކަމަށް ބުނުމުން ވާހަކަ ހުއްޓާލަން އަންގައިފި އެވެ.

ދެޖިންސުގެ ކުދިންނަށް އެއްފަހަރާ ފަތަން ދަސްކޮށްދިނުމަށް ފުލުހުން ހިންގާ ޕްރޮގްރާމެއްގެ ތެރެއިން

ދެޖިންސުގެ ކުދިންނަށް އެއްފަހަރާ ފަތަން ދަސްކޮށްދިނުމަށް ފުލުހުން ހިންގާ ޕްރޮގްރާމެއްގެ ތެރެއިން

އެހެނަސް އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ކުރި ސުވާލަކީ ދިވެހިންނަކީ ހަމަ އިސްލާމުން ހެއްޔެވެ؟ ކޮންފަދަ ފާސިދު މުޖުތަމަޢެއް ހެއްޔެވެ؟ ތިޔަ ޤައުމުގައި ދީނީ ޢިލްމުވެރިން ނޫޅޭ ހެއްޔެވެ؟ ތިޙާލަތުގައިވެސް ތިޔަ ބުނަނީ ތިޔައީ %100 އިސްލާމުންނޭ ހެއްޔެވެ؟ މި ސުވާލަށް ދޭނެ ޖަވާބެއް ތިބާ ބުނެބަލާށެވެ؟

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.