ހަމާސްއާއެކު ފެށުމަށް ތައްޔާރުވަމުންދާ އަސީރުން މިނިވަންކުރުމުގެ ވާހަކަތައް މަޑު ޖައްސާލުމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ކިބައިން އަބްދުލް ފައްތާހު ސީސީ އެދެފިއެވެ.
މިސްރުގެ ބަޣާވާތުގެ ރައީސް، ސީސީ މިފަދައިން އެދިފައިވަނީ ހުސްވި ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހު ނަތަންޔާހޫއަށް ކުރި ފޯން ކޯލެއްގައި ކަމަށް ހުޅަނގުގެ މީޑިއާތަކުން ޚަބަރުދެއެވެ.
ހަމާސްއިން ހައްޔަރުކޮށްފައިވާ ޔަހޫދީ ލަޝްކަރުގެ ސިފައިން ދޫކޮށްލުމަށް ހަމާސްއިން ދަނީ ޝަރުތުތަކެއް ކުރަމުންނެވެ، އެގޮތުން އަށް އަހަރުވަންދެން ކަނޑުމަގުން ޣައްޒާ ހިޞާރުކޮށްގެން ތިބި ތިބުން ޔަހޫދީން ދޫކޮށްލުމަށާއި ޔަހޫދީންގެ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާ އަލުން އާރާސްތުކުރުމަށް އެހީވުން ހިމެނެއެވެ.
ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި 2001 ވަނަ އަހަރު ކުރިއަށްގެންދިޔަ އަސީރުން ބަދަލުކުރުމުގެ ނަތީޖާއަށް ބަލާ، އަސީރުން ބަދަލުކުރުމުގެ ވާހަކަތައް ކުރިއަށް ގެންދަން ނަތަންޔާހޫވެސް ބޭނުމެއްނުވެއެވެ. 2001 ވަނަ އަހަރުގައިވަނީ ޔަހޫދީންގެ ޖަލުތަކުގައިތިބި 1027 ފަލަސްތީނުގެ ރައްޔިތުން މިނިވަންކޮށްފައެވެ. އޭގެތެރެއިން ގިނަ މީހުންނަކީ އުމުރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދިޔަ މީހުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...