ދުނިޔެ ޑރ ގަރްޟާވީގެ ވަރުގަދަ ރައްދެއް އިންޓަރޕޯލާއި ހުޅަނގަށް

ޑރ ގަރްޟާވީގެ ވަރުގަދަ ރައްދެއް އިންޓަރޕޯލާއި ހުޅަނގަށް

ޑރ ގަރްޟާވީގެ ވަރުގަދަ ރައްދެއް އިންޓަރޕޯލާއި ހުޅަނގަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުވާލުގެ އަލިކަމުގައި އެތައްހާސް މުސްލިމުންނެއް ކަތިލާފައިވާ ބޮޑެތި ޤާޠިލުންނަށް އދ އާއި ހުޅަނގުގެ ޤައުމު ތަކުން މަރުޙަބާ ކިޔަމުން ގެންދާ ކަމަށާއި، މީހުން މެރިކަމަށް ބުނެ އޭނާ ހައްޔަރު ކުރެއްވުމަށް އިންޓަރޕޯލުން ނެރުނު ރެޑްނޯޓިސް އަކީ އިންސާފުން އެއްކިބާވެފައިވާ ނޯޓިސްއެއް ކަމަށް ވިދާޅުވެ ޑރ ގަރްޟާވީގެ ވަރުގަދަ ރައްދެއް އިންޓަރޕޯލާއި ހުޅަނގަށް ދެއްވައިފިއެވެ.

އިސްލާމީ އުއްމަތުގެ ފަހުގެ ތާރީޚު ދުށް އެންމެ ވަރުގަދަ ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މިސްރުގެ ޑރ ޔޫސުފް ގަރްޟާވީ މި ޢިޝާރާތް ކުރެއްވީ މިސްރުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ޑިމޮކްރަސީގެ ތޮފި އަޅައިގެން ބަޣާވާތަކުން އެ ޤައުމުގެ ވެރިކަމަަށް އަރާހުރި، ޔަހޫދީންނާއި ގުޅުންބޮޑު ސީސީ އަށް ކަމަށް ބެލެވޭއިރު، ސީސީގެ ސަރުކާރުން އެދިގެން އިންޓަރޕޯލިުން ވަނީ ޑރ ގަރްޟާވީ ހައްޔަރު ކުރެއްވުމަށް ރަތް ނޯޓިސް ނެރެފައެވެ.

އިސްލާމީ ޢިލްމުވެރިންގެ ޖަމިއްޔާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ޢުމުރުފުޅުން 88 އަހަރުފުޅުގެ ޑރ ޔޫސުފް އަލް ގަރްޟާވީ ނެރުއްވި ބަޔާނެއްގައި އިތުރަށް ވިދާޅުވީ، ޤާނޫނަކަށް ޤަވާއިދަކަށް ބެލުމެއްނެތި އެތައް ހާސް ބަޔަކު ކަތިލާފައިވާ ޤާޠިލަކަށް ރައީސްގެ ނަމުން މުޚާތަބުކޮށް ރައީސްގެ ލަޤަބު ދީގެން ދުނިޔެއިން އެފަދަ މީހުން ބަލައިގަނެ، ރަޝިޔާ އާއި އދ ފަދަ ބައިނަލް އަޤްވާމީ ފަރާތްތަކުން އަނިޔާވެރިކަމަށް ހިތްވަރު ދެމުން ގެންދާ ކަމަށެވެ.

ޑރ ގަރްޟާވީ ހައްޔަރު ކުރުމަށް މިސްރު ސަރުކާރުން އެދިގެން އިންޓަރޕޯލުން ރަތް ނޯޓިސް ނެރުނީ އެމަނިކުފާނުގެ މައްޗަށް މިސްރުގެ ޔަހޫދީންނާއި ގުޅުންބޮޑު ސަރުކާރުން މީހުން މެރުމާއި، މީހުން މަރަން ހިއްވަރު ދިނުމާއި، ވައްކަން ކުރުންފަދަ ކުށްތަކެއްގެ ތުހުމަތު ކޮށްގެންނެވެ.

މިފަދަ ތުހުމަތު ތަކަކީ ޔަހޫދީ އިޒްރޭލާއި ކާފަރު ކަމުގައި ޙައްދުފަހަނަ އަޅާފައިވާ އެމެރިކާފަދަ ޤައުމު ތަކުން މުސްލިމުން މެރުމަށް ދައްކަމުން ގެންދާފަދަ ބުހުތާނު ތަކަށް ވާއިރު، ޑރ ގަރުޟާވީ ވަނީ އެމަނިކުފާނުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތަކަށް ދެކޮޅު ހައްދަވާފައެވެ.

އުމުރުފުޅުން 88 އަހަރުފުޅުގެ ޝެއިޚް އަވަހާރަ ކޮށްލުމަށް މިސްރު ސަރުކާރާއި، ޔަހޫދީންނާއި ކާފަރުންނާއި އިސްލާމީ ބައެއް ޤައުމުތައް ގުޅިގެން ބޮޑެތި ޕްރޮޕެގެންޑާތައް ހިންގައި ނުބައި ތުހުމަތުތައް ކުރަމުން ގެންދާއިރުވެސް މުސްކުޅިފުޅު ޙާލުކޮޅުގައި ހުންނަވައިގެންވެސް ޝެއިޚް ގެންދަވަނީ ޖެހިލުމެއްނެތި އެކަންކަމާއި ހިތްވަރުފުޅު ގަދަކަމާއި ސާބިތު ކަމާއި އެކު ކުރިމަތި ލައްވަމުންނެވެ.

ޑރ ޤަރްދާވީ މިވަގުތު ހުންނެވީ ޤަތަރުން ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން އެ ޤައުމުގައެވެ.

ޑރ ގަރްޟާވީގެ އިތުރުން ވެސް 40 އަށްވުރެ ގިނަ މިސްރުގެ ޢިލްމުވެރިން ހައްޔަރު ކުރުމަށް އިންޓަރޕޯލުން ވަނީ ރަތް ނޯޓިސް ނެރެފައެވެ. އަދި މި ފަރާތްތައް މެރުމަށް ސީސީގެ ޔަހޫދީންނާއި ގުޅުންބޮޑު ސަރުކާރާއި ހަވާލު ކުރުމަށް ޤަތަރު ސަރުކާރަށް ސަޢޫދީ ސަރުކާރާއި ޔޫއޭއީފަދަ ޔަހޫދީންނާއި ގުޅުންބޮޑު ސަރުކާރު ތަކުން ގެންދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.