ދޮންކޭލަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު މޭވާއެކެވެ. މި މޭވާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން ލިބޭ އެންމެ މީރު އެއް މޭވާއެވެ. އެހެން ކަމުން ކޮންމެ އަހަރަކު 10 ބިލިޔަނަށް ވުރެ ގިނަ ދޮންކެޔޮ މުޅި ދުނިޔޭގައި ކައެވެ.
ދޮންކޭލަކީ ރޭޑިޔޯ އެކްޓިވް މާއްދާއެއް އެކުލެވިގެންވާ މޭވާ އަކަށް ވުމުން ދޮންކެޔޮ ކެއުމުން ހަށިގަނޑަށް ވަދެނުކުމެވާ އެކި ބާވަތުގެ ބީރައްޓެހި ބައެއް ރޭޑިއޭޝަން ތަކުން އިންސާނާގެ ހަށިގަނޑު ސަލާމަތް ކޮށްދެއެވެ. ދޮންކޭލަކީ ރޭޑިޔޯ އެކްޓިވް މޭވާއެއް ކަމަށް ސައިންސްވެރިން ބުނަނީ ދޮންކޭލުގައި ރޭޑިޔޯ އެކްޓިވް މާއްދާއެއް ކަމަށްވާ ޕޮޓޭސިއަމް – 40 ގިނަ ޢަދަދަކަށް ހުންނާތީއެވެ.
ދޮންކޭލަކީ އޭގެ އަސްލުގައި އޮށުންނާއި ނިރުންވެސް ގަސްފަޅައި ހެދޭ ބާވަތެކެވެ. އެހެން ނަމަވެސް ދޮންކޭލުގެ ޖެނެޓިކްސް ( ނަސްލަށް ) އިންސާނުން ގެނައި ބަދަލުތަކެއްގެ ސަބަބުން އޭގެ އޮށުން ވަނީ ގަސް ނުފަޅާ ގޮތަށް ބަދަލުކުރެވި ދޮންކޭލުގެ އޮށުގެ ސައިޒް ވަރަށް ބޮޑަށް ކުޑަކޮށްލެވިފައެވެ. އިންސާނުން ގެނައި މި ބަދަލު ތަކާއި އެކު އޮށުން ގަސް ނުފަޅާގޮތްވެ ހަމައެކަނި ނިރުން ގަސްފަޅާ ގޮތަށް ހެދުމުން ދޮންކެޔޮ ޢާއިލާ އަކީ އޭގެ ޖެނެޓިކްސް ނުވަތަ ނަސްލު ވަރަށް އެއްގޮތް ބާވަތަށް ވަނީ ވެފައެވެ.
ދޮންކޭލަކީ ހަމަ އެކަނި ގަހުގެ ނިރުން ފަޅާ ބާވަތަކަށް ބަދަލުކޮށް ދޮންކެޔޮ އާއިލާގެ ހުރިހާ ބާވަތެއްގެ ގަހުގެ ޖެނެޓިކްސް މާ ބޮޑަށް އެއްގޮތް ކުރުމުން މިބާވަތުގެ ގަހަކަށް ނުރައްކާތެރި ބައްޔެއް ޖެހިއްޖެ ނަމަ މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހުރިހާ ދޮންކެޔޮ ގަސްތަކަށް ފެތުރި ދުނިޔެއިން ނަސްލަށް ބަދަލު ގެނެވުނު ދޮންކެޔޮ ނެތިދާނެ ކަމަށް ސައިންސް ވެރިން ލަފާ ކުރައްވައެވެ.
ދޮންކޭލަކީ ހަމަ އެކަނި ނިރުން ފަޅާ ބާވަތަކަށް ބަދަލުކޮށް ދޮންކެޔޮ އާއިލާގެ ހުރިހާ ބާވަތެއްގެ ގަހުގެ ޖެނެޓިކްސް މާ ބޮޑަށް އެއްގޮތް ކުރުމުން މިބާވަތުގެ ގަހަކަށް ނުރައްކާތެރި ބައްޔެއް ޖެހިއްޖެ ނަމަ މި ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ހުރިހާ ދޮންކެޔޮ ގަހަކަށް ފެތުރި ދުނިޔެއިން ދޮންކެޔޮ ނެތިދާނެ ކަމަށް ސައިންސް ވެރިން ލަފާ ކުރައްވައެވެ.
ޢާއްމުކޮށް އިންސާނުން ކެއުމަށް ބޭނުންކުރާ ދޮންކޭލަކީ ކެވެންޑިސް ނަމަކަށް ކިޔާ ބާވަތެއްގެ ދޮންކޭލެކެވެ. ޖަންގަލީގައި ހެދޭ އަސްލު ދޮންކޭލުގައި އެއިން ގަސްފަޅާ ބޮޑެތި އޮށް ހުރެއެވެ. މީގެ އޮށް އަސޭމިރުހަކަށްވުރެ ބޮޑުވެފައި ޢަޞުރުމާ އޮށެއްވަރު ވެއެވެ. މީގެ އިތުރުން ދޮންކެޔޮ ގަހަކީ ލަކުޑި އަށް ނުވާ ބާވަތުގެ ގަސްތަކުގެ ތެރެއިން މާ އަޅާ އެންމެ ބިޔަ ގަހެވެ.
ދޮންކެޔޮ ތޮށި ގައިގައި އުނގުޅުމުން މަދިރި ބިރުގަނެއެވެ. ނަވަތަ ދޮންކެޔޮ ގައިގައި އުނގުޅުމުން މަދިރި އެމީހަކާ ގަޔާނުވާތީ އެފަދަ މީހެއްގެ ގައިން ލޭ ނުބޮއެވެ. އެހެނަސް ދޮންކެޔޮ ކައިގެން ހުންނަ މީހެއްގެ ގައިން މަދިރިއަށް މާ މީރު ވަސްދުވާތީ ދޮންކެޔޮ ކާމީހުންނާ މަދިރި މާ ދޯޅު ކަމަށް ވެއެވެ. އެހެން ކަމުން ދޮންކެޔޮ ކައިގެން ހުންނަ މީހެއްގެ ގައިން މަދިރި މާއަވަހަށް މާ ގިނައިން ލޭބޮއެވެ.
ދޮންކޭލަކީ ފަލަ މީހުން ހިކެންވެސް ވަރަށް ފައްކާ މޭވާއެކެވެ. އެއީ ދޮންކޭލުގައި ގިނަ ޢަދަދަކަށް ހުންނަ ވިޓަމިންސްގެ ސަބަބުންނެވެ. ދޮންކޭލުގެ ތޮށީގެ އެތެރެބައި އުނގުޅުމުން ބައެއް ކަހަލަ ހަމުގެ ބަލިތައް ފަސޭހަ ވާއިރު މިއީ ޤުދުރަތީ ފަރުވާއެއް ކަމުން މިއިން ގޯހެއް ވުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. މީގެ އިތުރުން ދޮންކޭލުގެ ތޮށީގެ އެތެރެބައި ބޭނުން ކޮށްގެން ދަތް އުނގުޅުމުން ދަތްޕިލާ ވަރަށް ބޮޑަށް ހުދުވެ ރީތިވެއެވެ.
މީގެ އިތުރުން ދޮންކޭލުގެ ތޮށީގެ އެތެރެބައި ބޭނުން ކޮށްގެން ދަތް އުނގުޅުމުން ދަތްޕިލާ ވަރަށް ބޮޑަށް ހުދުވެއެބެ.
މީގެ އިތުރުން ފަނިފަކްސަ އާއި ތަފާތު ސޫފާސޫފިން ގަސްގަހަށް ޖެހޭ ބަލިތަކުން ވެސް ގަސްބުޑުގައި ދޮންކެހޮ ތޮށި ވަޅުލުމުން ސަލާމަތްވެއެވެ. އަދި ގަސް ވަރަށް ގަދަޔަށް ހެދިގަނެއެވެ. ވަކިން ޚާއްޞަ ކޮށް ފިނިފެންމާ ގަސްގަހަށް ޖެހޭ ބަލިތަކާއި ގުރުޑުވުމަށް ދޮންކެޔޮ ތޮއްޓަކީ ހަމަ މަރެއްފަދަ ފައްކާ އެއްޗެކެވެ.
މޫނުމަތީގައި ބިހި ނެގުމަކީ ފުރާވަރުގެ އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ވެސް ލިބޭ ހިތްދަތި ކަމެކެވެ. އެހެން ނަމަވެސް ދޮންކޭލުގެ ތޮށިން މިފަދަ ކުދިންނަށް ވެސް އުފާވެރިކަން ގެނެސްދެއެވެ. އެހެނީ ދޮންކޭލުގެ ތޮށި ބިހިތަކުގައި އުނގުޅުމުން މޫނުމަތީގައި ނަގާ ބިހިތައް ރަނގަޅުވެއެވެ.
ރޯދަ އަށްހުންނަ މީހުންނަށް މޭ އެންދުމަކީ ވަރަށް ޢާއްމު ކަމެކެވެ. ދޮންކޭލަކީ މޭއެންދުމަށްވެސް ވަރަށް މޮޅު ފަރުވާއެކެވެ. މީގެ އިތުރުން މިއީ ލޭމައްޗަށް ދާމީހުންނަށް ވެސް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ދިރާސާ ތަކުން ވަނީ ދައްކާފައެވެ. މީގެ އިތުރުން ދޮންކެޔޮ ޗަސްކޮށްފައި ފައިފެޅޭ މީހުންގެ ފައިގައި އުނގުޅުމުން ފައިފެޅުން ވެސް ރަނގަޅު ވެއެވެ.
މިނޫނަސް ދޮންކޭލުން ލިބޭ ކިތަންމެ ގެއްލުމަކާއި ފައިދާއެއް ވެއެވެ. ޙަޤީޤަތަކީ އިންސާނުންނާއި ޖަނަވާރުންނާއި ދިރޭ ތަކެތީގެ ނަސްލަށް ދޮންކޭލުގެ ސަބަބުން ލިބޭ ގެއްލުމަށްވުރެ ބޮޑަށް އޭގެ ފައިދާ ހިމެނެއެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...