ތުރުކީގެ ރައީސްކަމުގެ ހުވައި ޖަސްޓިސް އެންޑު ޑިވްލޮޕުމެންޓު ޕާޓީގެ ފަރާތުން އިންތިޚާބު ކާމިޔާބު ކުރެއްވި ތުރުކީގެ ކުރީގެ ބޮޑުވަޒީރު ރަޖަބު ޠައްޔިބު ޢުރުދުޣާން ކުރައްވައިފިއެވެ.
ޢުރުދުޣާން ރައީސްކަމުގެ ހުވައި ކުރުން އޮތީ ޤާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ޓުރުކިޝް ގުރޭންޑު ނެޝަނަލް އެސަމްބުލީގައެވެ.
ޢުރުދުޣާން ހުވައި ކުރުމުގެ ރަސްމިއްޔާތު އިދިކޮޅު ޕާޓީތަކުން ވަނީ ވޯކްއައުޓު ކޮށްފައެވެ. އިދިކޮޅު ރިޕަބުލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމާލް ކިލްކިދޮރުޤުލް ޙާޟިރުވެވަޑައެއް ނުގަންނަވައެވެ.
ނަމަވެސް އެޕާޓީގެ ނައިބު ލީޑަރު އެންޖިން އަލްޓޭ ވަޑައިގެންނެވިއެވެ. އޭނާ ވަނީ ޢުރުދުޣާން ހުވައި ކުރެއްވުމުގެ ކުރިން މަޖިލީހުގައި ވާހަކަ ދެއްކެވުމުގެ ފުރުޞަތައް އެދިވަޑައިގެންފައެވެ. ނަމަވެސް ރިޔާސަތުން އެކަމަށް އިޒުނައެއް ނުދެއްވައެވެ.
އަލްޓޭ ވަނީ ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ޤަވާޢިދު ފޮތް ރިޔާސާތާއި ދިމާލަށް ހޫރުވައިލައްވަވާފައެވެ.
ޢުރުދުޣާން އަކީ ތުރުކީގެ 12 ވަނަ ރައީސްއެވެ. އަދި ރައްޔިތުންގެ ސީދާ ވޯޓު ރައީސްކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ކެނޑިޑޭޓެވެ.
މިރޭ ތުރުކީގަޑިން 10 ޖަހާއިރު ބޮޑުވަޒީރު އައްޔަން ކުރައްވާ ގތަށް ވަނީ ހަމެހިފައެވެ. ބޮޑު ވަޒީރުކަމަށް ވަޑައިގަންނަވާނީ ކުރީގެ ފޮރިންގ މިނިސްޓަރ އަޙްމަތު ދައުވަތުޤުލޫއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...