ތުރުކީގެ ވެރިކަން ކުރަމުން އަންނަ ޖަސްޓިސް އެންޑު ޑިވުލްޕްމެންޓު ޕާޓީ ނުވަތަ އާކް ޕާޓީ ޒައާމަތަށް 13 އަހަރަށްފަހު އައު ލީޑަރަކު އިންތިޚާބުކޮށްފިއެވެ.
އާކް ޕާޓީގެ މިހާރުގެ ލީޑަރަކީ މާދަމާ ބޮޑުވަޒީރުކަމުގެ ހުވައި ކުރައްވާ މިހާރުގެ ޚާރިޖީ ވަޒީރު އަޙްމަތު ދަވަތުޤުލޫއެވެ.
އޭނާ އެޕާޓީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވީ މިއަދު ބޭއްވި ކޮންގުރެސްގައި 1382 ވޯޓު ލިގެންނެވެ.
2009 ވަނަ އަހަރުން ފެށިގެން ތުރުކީގެ ފޮރިންގ މިނިސްޓަރުކަން ކުރެއްވި ދަވަތުޤުލޫ މިއަކު އާކް ޕާޓީގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ފުރަތަމަ ތަޤުރީރުގައި ވިދާޅުވީ އާކް ޕާޓީގެ އެންމެ ބޯޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން 330 މެންބަރުން މަޖިލީހަށް އިންތިޚާބު ކުރުން ކަމަށެވެ.
މިހާރު ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގައި އާކް ޕަޓީ ތަމްސީލުކުރާ 313 މެންބަރުން ތިއްބަވައެވެ. އެމަޖިލީހުގެ ޖުމުލަ މެންބަރުގެ ޢަދަދަކީ 550 މެންބަރުންނެވެ.
2002 ވަނަ އަހަރުން ފެށިގެން އާކްޕާޓީގެ ލީޑަރެއްގެ ގޮތުގައ ހުންނެވީ މާދަމާ ރައީސްކަމުގެ ހުވައި ކުރައްވާ ރަޖަބްޠައްޔިބު ޢުރުދުޣާންއެވެ. ޢުރުދުޣާން 2002 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމަޔަށް ހުންނެވީ ތުރުކީގެ ބޮޑުވަޒީރު ކަމުގެ މަޤާމުގައެވެ. ނަމވެސް މާދަމާއިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް އާކް ޕާޓީގެ އެއްވެސް ޙަރަކާތެއްގައި ޢުރުދުޣާން ބައިވެރިވެވަޑައި ނުގަންނަވާނެއެވެ.
ތުރުކީގެ ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ސިޔާސީ ޕާޓީގެ ޙަރަކާތްތަކުގައި ބައިވެރި ނުވެވޭނެއެވެ.
ދަވަތުޤުލޫ ވިދާޅުވީ އޭނާ ޕާޓީއިން ޢަމަލު ކުރާނީ ރީތި ހަމަތަކާއި ސުލޫކުގެ މަތިންކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...