ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖަސްޓިސް އެންޑު ޑިވްޕޮޕްމެންޓު ޕާޓީ ނުވަތަ އާކްޕާޓީގެ ރަޖަބު ޠައްޔިބު ޢުރުދުޣާނާއި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ޢިޢުލާނު ކޮށްފައިވާ އެޕާޓީގެ މިހާރުގެ ލީޑަރު އަދި ކުރީގެ ޚާރިޖީ ވަޒީރު އަޙްމަތު ދަވަތުޤުލޫ މާދާމާ މަޤާމުގެ ހުވާ ކުރައްވާނެއެވެ.
ތުރުކީގެ އައު ކެބިނެޓު ހުކުރު ދުވަހު އެކުލަވަލާ ގޮތަށްވަނީ ހަމަޖެހިފައެވެ.
މާދަމާ ތުރުކީގެ 12 ވަނަ ރައީސްކަމުގެ ހުވާ ޢުރުދުޣާން ކުރައްވާއިރު ރައީސްކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވުމުން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖަސްޓިސް އެންޑު ޑިވްލޮޕްމެންޓު ޕާޓީގެ ލީޑަރު ކަނޑައެޅުމަށް މިއަދު ބޭއްވި ކޮންގުރެސްގައި ވާހަކަފުޅު ދައްކަވަމުން ޢުރުދުޣާން ވިދާޅުވީ މިއަދު މީތުރުކީގެ ރޭވުން ބަދަލުވީ ނޫންކަމަށާއި ނަމަވެސް ނަން ބަދަލުވީ ކަމަށެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އާކް ޕާޓީން ބޭނުންކޮށްފައިވާ ޝިއާރަކީ 'ނިއު ޓާކީ' ނުވަތަ އައު ތުރުކީ އަކަށް މިޝިއާރެވެ.
މިއަދު މީ ތުރުކީގެ އަމާޒާއި ރޭވުން ބަދަލުވުމެއް ނޫން ނަމަވެސް ހަމަ ޔަޤީނުންވެސް ނަން ބަދަލުވެއްޖެ. މީވަކިވުމެއް ނޫން ނަމަވެސް މިއީ ތުރުކީ ކަނޑައަޅާފައިވާ އަމާޒާއި ހަމަޔަށް ދަތުރުކުރުމުގައި ހުޅުވުނު ހުޅުވުމެއް ފެށުނު ފެށުމެއް" ޢުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން އިތުރަށް ވިދާޅުވީ ﷲ އިރާދަފުޅާއެކު ހުކުރު ދުވަހު ބޮޑުވަޒީރު އަޙްމަތު ދަވަތުޤުލޫގެ އާ ވަޒީރުންގެ މަޖިލިސް އެކުލަވާ ލައްވާނެކަމަށެވެ.
ތުރުކީގެ މިޙާރ އޮތް ޤާނޫނު އަސާސީގެ ދަށުން މިއަދު މިބޭއްވި އެކުސްޓުރާ އޮރިޑިނަރީ ( އާދަޔާޚިލާފު ) ކޮންގުރެސްއަކީ ކުރިއަށް އޮތް ފަސް އަހަރުގައި ޢުރުދުޣާން އާކް ޕާޓގެ ޙަރަކާތަކުން ފެންނާނެ އެންމެ ފަހު ޙަރަކާތެވެ. އެއީ ތުރުކީގެ ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ސިޔާސީ ޕާޓީއެއްގެ ޙަރަކާތްތަކުގައި ބައިވެރި ނުވެވޭނެތީއެވެ. އެހެން ނަމަވެސް ޤާނޫނު އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ތުރުކީގެ ސިޔާސީ މަޝްރަހުގައި އެންމެ ގަދަ އަޑަކީ ޢުރުދުޣާންގެ އަޑު ކަމުގައި ވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...