ޣައްޒާގެ ސީސްފަޔަރ ނުވަތަ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭގޮތުން ތުރުކީގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ރަޖަބް ޠައްޔިބު ޢުރުދުޣާންއާއި ހަމާސް ޖަމާޢަތުގެ ލީޑަރު ޚާލިދު މިޝޭލް މަޝަވަރާ ކުރައްވައިފިއެވެ.
ތުރުކީގެ ބޮޑުވަޒީރުގެ އޮފީހުގެ ބައެއް މަސްދަރުތަކާ ހަވާލާދީ ތުރުކީގެ ބައެއް މީޑއަތަކުން ބުނެފައިވަނީ ޣައްޒާގެ ސީސްފަޔަރގެ އެއްބަސްވުމުގެ ކަންތަކުގައި ބޮޑުވަޒީރު ރަޖަބް ޠައްޔިބު ޢުރުދުޣާންއަށް ޚާލިދު މިޝޭލް އިއްޔެ މެންދުރު ގުޅުއްވައި، މިހާރު ސީސްފަޔަރ ވާހަކަތައް ކުރިއަށްދާ ގޮތުގެ މަޢުލުމާތު ދެއްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް މިމަޝްވަރާގައި ދެކެވުނީ ކޮންވާހަކަތަކެއް ކަމެއް ތުރުކީގެ ބޮޑު ވަޒީރުގެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...