ދުނިޔެ الله أكبر! ބާރުގަދަ ޔަހޫދީން ސައިޒަށް ތިރިވީ ކީއްވެ ؟

الله أكبر! ބާރުގަދަ ޔަހޫދީން ސައިޒަށް ތިރިވީ ކީއްވެ ؟

الله أكبر! ބާރުގަދަ ޔަހޫދީން ސައިޒަށް ތިރިވީ ކީއްވެ ؟

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ރޭ ފަލަސްޠީނާއި ދިވެހިންނާއި މުޅި އިސްލާމީ އުއްމަތަށް ލިބިގެންދިޔަ އެންމެ ބޮޑު އުފާވެރި ކަމަކީ ފަލަސްޠީނުގައި ޖިހާދު ކުރަމުން ގެންދާ ޙަމާސްގެ މުޖާހިދުން ކުރިމަތި ކުރުވި ޝަރުޠުތައް ދުވަހަކުވެސް ޤަބޫލު ނުކުރާނެ ކަމަށްބުނެ ގަދަބަސް ބުނަމުން ގެންދިޔަ ޔަހޫދީން ކުޑަކަކޫ ޖަހައި އަމާންދިނުމުންނެވެ. ﷲގެ މަގުގައި ޖިހާދު ކުރަމުން ގެންދިޔަ ޙަމާސް ޖަމާޢަތުގެ މަދު މުޖާހިދުން ކޮޅެއްގެ ކުރިމަތީގައި ގަދަފަދަ އެމެރިކާގެ މޮޅު ހަތިޔާރު ތަކާއި ޓޭންކަރު ތަކާއި ބަރުހަތިޔާރާއި މަތިންދާބޯޓު ތަކާއި ހެލިކޮޕްޓަރު ތަކާއި އެކު ހަނގުރާމަ އަށް ނުކުތް ޔަހޫދީންގެ އެއްލައްކަ ސިފައިންނާއި ބައިލައްކަ ރިޒާވް ސިފައިންގެ ލަޝްކަރު ލަދުވެތި ގޮތަކަށް ބަލިވެގެން ދިޔުމަކީ މުޅި އިސްލާމީ އުއްމަތަށް ޢީދެއް ގެނުވި އުފާވެރި ކަމެއްގެ އިތުރުން މުޅި ދުނިޔެއަށްވެސް ޙައިރާންކަން ގެނުވި އާދަޔާ ޚިލާފު ކަމަކަށް މިވަނީ ވެފައެވެ.
ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުން ނުކައި ނުބޮއި ތިބޭތީވެ ވަރަށް އަވަހަށް އެހާ ފަސޭހައިން ބަލިކޮށްލެވިދާނެ ކަމަށް ހީކޮށް ކާފަރުން ފެށި އަނިޔާވެރި ޢުދުވާނުގެ ހިތި ނިމުން އައީ އެބައިމީހުން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ.

މި ހަނގުރާމައިން ޔަހޫދީން ބަލިވުމާއި އެކު މިއީ އެމެރިކާގެ ހަތިޔާރުގެ މޮޅު ކަމާއި ކުޅަދާނަ ކަމާއި ބާރުގަދަ ކަމަށް ފަޚުރުވެރިވަމުން އައި އެމެރިކާއަށްވެސް ކުރިމަތިވީ ބޮޑު ލަދުވެތި ކަމެކެވެ. އެބައިމީހުންގެ ހަތިޔާރު ތަކުގެ ފެންވަރެއް ނެތްކަމާއި، އެ ހަތިޔާރަކީ އަމާޒަށް ވާޞިލު ވުމުގައި ނާކާމިޔާބު ތަކެތިކަން މުޅި ދުނިޔެއަށް ވަނީ ބޭޒާރު ވެފައެވެ. އަފްޣާނާއި ޢިރާޤުގައި އޮޅިގެން އަމިއްލަ ބޮލަށް މިސައިލް އަރައި ޚުދު އެމެރިކާ މީހުންތައް މަރުވަމުން ދިޔަ ހަނގުރާމައިގެ ހަނދާންތައް މިވަނީ އާވެފައެވެ. މީގެ ސަބަބުން ދުނިޔޭގެ ސުޕަ ޕަވަރުގެ ގޮތުގައި މުޅި ދުނިޔެއަށް ބޮޑާކަން ދައްކަމުން ގެންދިޔަ އެމެރިކާނުންވެސް މިވަނީ ލަދުވެތި ފަލީޙަތަކުން އިތުރަށް ފަލީޙަތްވެ ބޭޒާރު ވެފައެވެ.

މިއަދު މުޅި ދުނިޔެ ވެސް ކުރަމުން ގެންދާ ސުވާލަކީ ޔަހޫދީން މި ހަނގުރާމައިން ބަލިވީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގެ އެންމެ މޮޅު ޓެކްނޮލޮޖީ އާއި އެންމެ ފެންވަރަު ރަނގަޅު ހަތިޔާރާއި އެކު ގޮސް ލައްކައެއްހާ ސިފައިންނަށް ދިހަވަރަކަށް ހާސް މުޖާހިދުންވެސް ހަމަނުވާ ޙަމާސް ފަދަ ކުޑަކުޑަ ޖަމާޢަތެއް ބަލިނުކުރެވުމަކީ މިލިޓަރީ ހިސާބުން ހިސާބު ޖަހައިގެން ފަހުގެ ތާރީޚެއްގައި ޖަވާބު ދިމާނުވި ހަމައެކަނި ސުވާލެވެ.

މި ހަނގުރާމައިން ޔަހޫދީން ބަލިވި ސަބަބުތައް ވަރަށް ސާފެވެ. ފުރަތަމަ ކަމަކީ ޔަހޫދީންގެ އިޤްތިސޯދަށް މިއިން ލިބެމުންދިޔަ ގެއްލުން ތަކެވެ. ބޭނުން ކޮންމެ ވަގުތަކު ހަނގުރާމަ ފެށިނަމަވެސް ބޭނުން ކޮންމެ ވަގުތަކު ހަނގުރާމަ ނިންމާލުމުގެ އެއްވެސް ބާރެއް ޔަހޫދީންނަކަށް ނެތެވެ. ހަނގުރާމަ ފަށައިގެން ޔަހޫދީ މުޖުރިމުންނަށް އެމެރިކާއިން ދީފައިވާ ހަތިޔާރު ތަކުން ކުރެވުނުހާވެސް ކަމަކީ ފަލަސްޠީނުގެ ޢާއްމު ނިކަމެތި ރައްޔިތުން ޝަހީދު ކުރުމާއި، ކުޑަކުދިން މެރުމާއި، ރެފިޔުޖީންނަށް ހަމަލާ ދިނުމާއި، ދަނޑުބިންތަކާއި ޢިމާރާތްތައް ގޮއްވާ ޣައްޒާ ސުންނާފަތި ކުރުމެވެ. މި ކަންކަމަކީ ހަނގުރާމައެއްގައި ފެނިގެންދާނެ އެންމެ ނުބައި ފިނޑި އަމަލު ތަކެވެ.

މި ހަނގުރާމައިން ޔަހޫދީން ބަލިވި އަނެއް ސަބަބަކީ ޣައްޒާގެ ޙަމާސްގެ މުޖާހިިދުންނާއި ހަމައަށް ޔަހޫދީންގެ އަތް ނުފޯރުމެވެ. މުޖާހިދުން ވަނީ ﷲގެ ބިމުން ރައްކާތެރިކަން ހޯދާފައެވެ. ﷲގެ ބިމުގައި ކަކުނި ފަދައިން ހަރުކޮނެގެން ރައްކާތެރިކަން ހޯދައި، މުޖާހިދުންނާއި އެބައިމީހުންގެ ހަތިޔާރުތައް ހުރީ ބިމުގެ އަޑީގައި ފޮރުވާފައެވެ. ﷲގެ ބިމުގައި މުޖާހިދުން ހަދާފައިވާ ހަރު ތަކާއި ބިންގަރާސް ތަކަކީ ކާފަރުންނަށް ހުރި އަނދަވަޅު ތަކެއް ކަމުގައި ލައްވަވާ ފަލަސްޠީނުގެ މަދު މުޖާހިދުން ކޮޅަކަށް މާތް ﷲ މިވަނީ ބަޔާންވެގެންވާ ނަޞްރެއް ދެއްވާފައެވެ. الله أكبر!الله أكبر!الله أكبر!

މި ހަނގުރާމައިން ޔަހޫދީން ބަލިވެ ކުޑަކަކޫ ޖަހަން ޖެހުނު ސަބަބު ތަކުގެ ތެރޭގައި ފާއިތުވީ ދެތިން ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ ޖާސޫސުންގެ އެހީގައި ޝަހީދު ކޮށްލެވުނު މުޖާހިދުންގެ ވެރިންގެ މަރުގެ ބަދަލު ހިފުމަށް ޙަމާސްގެ މުޖާހިދުން ދެމުން ގެންދިޔަ ކެތްނުކުރެވޭ ވަރުގެ ގަދަފަދަ ޙަމަލާތައް ފާހަގަ ކޮށްލެވެއެވެ. ޔަހޫދީ އަސްކަރިއްޔާގެ އަމާޒަކަށް ނޫނީ ޙަމަލާ ނުދޭ ޣައްޒާގެ މުޖާހިދުން ފާއިތުވީ ދެތިން ދުވަހުގެ ތެރޭގައި އިޒްރޭލުގެ އެންމެ އެތެރެއަށް ބިމުއަޑިން ވަދެގަނެ މޯޓަރު ބަޑީގެ ކާމިޔާބު ޙަމަލާތަކެއް ދިނުމަށްފަހު ވަނީ ކާމިޔާބާއި އެކު ފިލައިގެން ގޮސްފައެވެ. މިކަމަކީ ޔަހޫދީންނަށް ހީވެސް ކުރެވިފައި ނެތް ކަމެއްކަމުން އާދަޔާ ޚިލާފު ސިހުމެއް ލިބި ބިރުވެރިކަން ވަނީ އިޙުސާސް ކުރަން ޖެހިފައެވެ. މީގެ އިތުރުން ކުރިން ހުސް ތޮށިތަކެއްގެ ގޮތުގައި ފޮނުވަމުން ގެންދިޔަ ރޮކެޓް ތަކުގައި ގޮވާޒާތުގެ ވަރުގަދަ ހަތިޔާރު ހިމަނައި ޔަހޫދީންނަށް ވަރުގަދަ ރައްދެއް ދިނުމަކީ ޔަހޫދީން ބިރުން ފިތްކަނޑައިގެން ދިޔަ ކަމެކެވެ

މި ހަނގުރާމައިން ޔަހޫދީން ބަލިވި އަނެއް ސަބަބަކީ ފާއިތުވީ ދެތިން ދުވަހު އިޒްރޭލުގެ މައި އެއާޕޯޓާއި އެއަށްވުރެވެސް ދުރުގައިވާ އަމާޒު ތަކަށް މުޖާހިދުން ދެމުން ގެންދިޔަ ކާމިޔާބު ޙަމަލާ ތަކެވެ. މީގެ ސަބަބުން ޔަހޫދީންނަށް ވަނީ ގެދޮރުން ނުކުތުން މަނާކުރެވި ޙިސޯރު ކުރެވިފައެވެ. ރައްކާތެރި ސަރަޙައްދު ކަމަށް ބުނެ ޔަހޫދީންގެ ޢާއްމުން ގެންދިޔަ ހިސާބު ތަކުގައި ހުރި އަސްކަރިއްޔާގެ އަމާޒު ތަކަށް ހަމާސުން ޙަމަލާ ދިނުމުން ދެން ފަލަސްޠީނުގެ ބިމުގައި ޔަހޫދީންނަށް ރައްކާތެރި އެއްވެސް ތަނެއް ނެތްކަމުގެ އިޙުސާސް ޔަހޫދީ ވެރިންނަށް ކުރެވިގެން ދިޔުމެވެ.

މީގެއިތުރުން ސީރިޔާ އާއި ލުބްނާނުން އިޒްރޭލަށް ޙަމަލާދޭން ފެށުމަކީ ޔަހޫދީންގެ ވަށައިގެން ޙަމަލާތައް އައިސް ފުނޑިގެން ހިގައިދާނެ ކަމެއްކަން ޔަހޫދީންނަށް ވިސްނުމަކީ ވެސް ބަލިވި ސަބަބެވެ. ސީރިޔާ އާއި ލުބްނާނުގެ މަތިން ޖާސޫސް ކުރަން އުޅުނު އިޒްރޭލުގެ ބޯޓުތައް ފެނުމުން އޭގެ ބަދަލު ހިފުމަށް މުޖާހިދުން ފޮނުވާލި ދެތިން ރޮކެޓަކަށް އިޒްރޭލުން ރައްދު ދިނީ ހަނގުރާމަ މަތީ ބޯޓު ތަކުން ވަރުގަދަ އަށް ބޮންއަޅައިގެންނެވެ. މިއީސީރިޔާ އާއި ލުބުނާނުގައި އިޒްރޭލާ ދެކޮޅަށް ޙަމަލާތައް ދެމުން ގެންދާ މުޖާހިދުންގެ ރުޅިވެރިކަން އިތުރުވެ ވަރުގަދަ ޙަމަލާތަކެއް ދީފާނެ ކަމެއްކަން ޔަހޫދީންނަށް ވިސްނުނީ އެ ޙަމަލާތައް ދެވުނު ފަހުންނެވެ. އެހެން ކަމުން ޣައްޒާ އާއި ސީރިޔާ އާއި ލުބްނާނުން އެއްވަރަކަށް ގަދަފަދަ ހަމަލާތަކެއް އަންނަން ފަށައިފި ނަމަ ތިން ފަރާތާއި ހަނގުރާމަ ކުރާނެ ބާރުވެރިކަމެއް ޔަހޫދީންގެ ކިބަޔަކު ނެތެވެ. އަނެއްކޮޅުން ސީރިޔާ އިން ޙަމަލާދިނީ ކޮން ބައެއްކަން ވެސް ނޭނގުނެވެ. މިޙާލަތުގައި ސީރިޔާއަށް ބަދަލުހިފުމަށް އިޒްރޭލުން ދިން ޙަމަލާގެ ރައްދު ދިނުމަށް އެހެން ޖަމާޢަތްތަކާއި ބައްޝާރުގެ އަނިޔާވެރި ލަޝްކަރު ތެދުވެއްޖެ ނަމަ ޔަހޫދީންގެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ.

މިފަދަ ނުރައްކާތެރި ޙާލަތެއްގައި އޮއްވާ ޔަހޫދީންނަށް އިތުރު ބިރުވެރި ކަމެއް ކުރިމަތިވީ އީރާނުގެ ނިޔުކްލިޔަރ މަރުޒަކަށް ޖާސޫސް ކުރަން އުޅުނު ޔަހޫދީ ބޯޓެއް ވައްޓާލައި އީރާނުވެސް ރުޅިގަދަ ވުމުންނެވެ. އީރާނުން ވަނީ މީގެ ބަދަލު ހިފުމުގެ ގޮތުން ފަލަސްޠީނުގެ ބައެއް މުޖާހިދުންގެ ގުރޫޕްތަކަށް ހަތިޔާރު ދޭނެކަން ރަސްމީކޮށް އިޢުލާނު ކޮށްފައެވެ. މިޙާލަތުގައި އީރާނުގެ ހަތިޔާރު މުޖާހިދުންނަށް ލިބިއްޖެ ނަމަ އެކަމާއި ކުރިމަތި ލާނެހާ އަސްކަރީ ޤާބިލުކަން ޔަހޫދީންގެ ނެތެވެ. އެއީ ސީރިޔާ އާއި ލުބުނާނާއި ޣައްޒާއިން ޙަމަލާތައް އަންނަމުން ދަނިކޮށް ހުޅަނގު އައްސޭރީގެ މުޖާހިދުންނަށް އީރާނުން ހަތިޔާރު ދީފިނަމަ ޔަހޫދީންގެ ހަތަރު އުދަރެސް އަނއްކާވެސް ފެނުޖެހުނީއެވެ. އެހެން ކަމުން މިފަދަ ލަދުވެތި ކަމެއްގައި ނުބެދި ކުޑަ ލަދުގައި ބެދި ޙަމާސް އަތުން ބަލިވެ ބަލި ޤަބޫލު ކުރުން އިޚްތިޔާރު ކުރުން މިއަދު ޔަހޫދީ ވެރިންނަށް ވަނީ މަޖުބޫރު ވެފައެވެ.

މިއީ މި ހަނގުރާމައިން ޔަހޫދީން ބަލިވުމަށް ﷲ މެދުވެރިކުރެއްވި ބައެއް ސަބަބު ތަކެވެ. ﷲ ވަނީ ޔަހޫދީންގެ ހިތްތަކުގައި އާދަޔާ ޚިލާފު ނުތަނަވަސް ކަމާއި ބިރުވެރިކަމެއް ލައްވާފައެވެ. އޭގެ ބަދަލުގައި ދުނިޔޭގެ އެންމެހާ މުސްލިމުންގެ ހެޔޮ ދުޢާ ޢިޖާބަ ކުރައްވައި މުޖާހިދުންގެ ހިތްތަކަށް އުފާވެރިކަމާއި ހިއްވަރާއި ޖޯޝާއި ކެތްތެރި ކަމާއި ގަދަފަދަކަން އެ އިލާހު ވަނީ ދެއްވާފައެވެ. ޙަޤީޤަތުގައި ޙަމާސްގެ މުޖާހިދުންގެ ކާމިޔާބަކީ މިއީއެވެ. ﷲ މިވަނީ ބަދުރުގެ މުޖާހިދުންނަށް ދެއްވި ފަދަ ބަޔާންވެގެންވާ ނަޞްރެއް މުސްލިމުންނަސް ދެއްވާފައެވެ. މުސްލިމު އުއްމަތަށް އުފާވެރިކަން ގެނެސްދެއްޥާފައެވެ. މިއަދަކީ ފަލަސްޠީނާއި ޣައްޒާގެ ރައްޔިޔުންނަށް ޢީދެކެވެ. އަހަރެމެންނަށް ވެސް ޢީދެކެވެ. ދެން އޮތޯ މި ޢީދުން ޢިބުރަތް ޙާޞިލުކޮށް އިސްލާމީ ޤައުމު ތަކުގެ ވެރިންނާއި ރައްޔިތުން އިސްލާޙުވުމެވެ. ވިސްނާ ފިކުރުކޮށްފި ބަޔަކަށް މެނުވީ އެ އިލާހު ތެދުމަގެއް ނުދައްކަވައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.