ވާހަކަ ( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 4 )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 4 )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 4 )

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހަތަރުވަނަބައި . . .

މަރުވުމުގެ ކުރިން ނަމާދު ކުރާން ޖެހޭނެ ކަން ފުރަތަމަ ފަހަރަށް އަހަންނަށް ހަނދާން ވެއްޖެ އެވެ. ކަރުގައި އޮތް މަޅިގަނޑުގެ ބުރިވެފައިވާ ބައި ނައްޓާލުމަށް ފަހު މިސްކިތަށް ދިޔައިރު އަހަރެންގެ ރޭގެ މަސައްކަތުން ކަރުން ތެޔޮހަން ގޮސް ލޭގެ އަސަރު ފާޅުވާން ހުރިކަން އަހަންނަށް އެނގުނީ ކޮންމެވެސް ވަރަކަށް ދިލަ ނަގާތީ އަތް ޖައްސާލުމުންނެވެ.

އަވަސް އަވަހަށް ގޮސް މިސްކިތަށް އެރި އިރު މިސްކިތުގައި ސަފެއްގެ މީހުން ވެސް ހަމަ ނުވެއެވެ. މިސްކިތުގައި ﷲ އަށް އަޅުކަން ކުރާނެ މީހުން މިހާ މަދީ އަހަރެން ކަހަލަ އެންމެން އުފަލާއި އަރާމުގައި ޣާފިލުވެ މިގަޑީގައި ނިދާން ތިބޭތީ ކަމުގެ އިހުސާސް އަހަންނަށް ފުރަތަމަ ފަހަރަށް ކުރެވުނެވެ. ކޮންމެ އަކަސް ނަމާދަށް ފެށި އިމާމު މީހާގެ ޤުރުއާން ކިޔެވުމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއި އެކު އަހަންނަށް އެ ކުރެވުނު އިޙުސާސަކީ މީގެ ކުރިން އަހަރެން ނަށް ލިބެމުން ދިޔަ ހިތް ނުތަނަވަސް ކަމާއި އުނދަގޫ ތަކުގެ ފަރުވާ ކަން އަހަންނަށް އެނގިއްޖެއެވެ. ޢަރަބި ބަހުން ލިޔެފައި އޮންނަ އެއްޗެއް ކިޔާން ނޭނގުނަސް ބަރަކާތްތެރި ޤުރުއާނުގެ ކިޔެވުމުގެ އަޑު ޖެހުމާއި އެކު އަހަންނަށް ވަރަށް ފުން އިޙުސާސް ތަކެއް ކުރެވި މަޑުމަޑުން ގިސް ލެވެން ފަށައިފި އެވެ.

އަހަރެންގެ ގިސްލުމުގެ އަޑު މަޑުމަޑުން ބާރުވާން ފެށިއެވެ. އެހެން ނަމަވެސް އަހަރެންގެ ރުއިމުގެ އަޑު އެހެން މީހަކަށް އިވިދާނެތީ އަހަރެން ކަންބޮޑުވި އެވެ. ނަމާދުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަހަރެންގެ މައިން ބަފައިންގެ މަތިން ހަނދާން ވިއެވެ. އަދި އެމީހުންނަށާއި އަހަރެންގެ އަމިއްލަ ނަފްސަށް ފުރަތަމަ ފަހަރަށް ހެޔޮދުޢާ ކުރީމެވެ.

ނަމާދުކޮށް ނިމިގެން ގިނަ މީހުން ގެއަށް ދިޔަ އިރު ވެސް އަހަރެން ގެއަށް ދާހިތެއް ނުވިއެވެ. ޢުމުރުން ފުރަތަމަ ފަހަރަށް ފަތިސް ނަމާދުގެ ވަޤުތުގައި ޖަމާޢަތުގައި ކުރެވުނު ފަތިސް ނަމާދާއި އެކު އަހަންނަށް ލިބިފައިވާ ބަޔާން ކުރަން ނޭނގޭ އުފާވެރި އިހުސާސް ތަކަކީ އަހަރެންނަށް މި މިސްކިތުން ލިބުނު އުފަލެވެ. ނަމާދުން ލިބުނު ހިތްހަމަ ޖެހުމެވެ. ބައެއް މީހުން މުސްޙަފެއް ނަގައިގެން ޤުރުއާން ކިޔަވާން ފެށުމުން އަހަރެން ވެސް މުސްޙަފެއް ނަގައި ކިޔަވާން އިން މެދު ޢުމުރެއްގެ މީހެއްގެ ގާތުގައި އިށީނީމެވެ. އެވަގުތު އޭނާ އަހަންނާއި ދިމާއަށް އިސް އުފުލާ ބަލާލި އެވެ. އަދި ހިނިތުން ވެލިއެވެ.

އަމިއްލަ އަށް ޤުރުއާން ކިޔަވަން ނޭނގޭތީ އޭނާގެ ގާތުގައި އަހަރެން އިނީ އޭނާގެ ކިޔެވުމުގެ އަޑު އަހާށެވެ. އެހެން އިންދާ އިރު އަރާން ގާތް ވުމުން ކިޔެވުން ނިންމާލުމަށް ފަހު އޭނާ ތެދުވިއެވެ. އަދި އަހަންނާއި ދިމާ އަށް ތިރިވެލައި ވަރަށް މަޑުމަޑުން ބުނެލިއެވެ! އަޚާއެވެ! ކަލޭގެ ކަނދުރާ މަތީ ތިޔަ ހުރީ ކޮން ލެއެއް ހެއްޔެވެ؟ އަހަންނާއި ތިޔަ ކަން ޙިއްޞާ ކުރާން ބޭނުން ނުވާނަމަ އެންމެ ރަނގަޅެވެ. އަހަރެންގެ އެހީތެރި ކަމުގައި ހަސްފަތާލަށް ގެންގޮސް ދީފާނަމެވެ. އެހެން ބުނަމުން އޭނާ އަހަރެންގެ ކައިރީގައި އިށީނދެލި އެވެ.

އެވަގުތު އަހަރެން ވެސް އިސް އުފުލާލައި އޭނާ އަށް ބުނީމެވެ. އަހަރެންގެ ވާހަކަ ވަރަށް ދިގުވާނެ އެވެ. އަހަންނަކީ މިއަދު ވަރަށް ބޮޑު ނިކަމެއްޗެކެވެ. އެކަނިވެރިއެކެވެ. ދަރަނިވެރި އެކެވެ. އިރުކޮޅަކުން ކޯޓުން އަހރެންގެ ގޯތި ބެންކަށް ނެގުމަށް އަހަރެން ހޯދަން އެބަ އާދެއެވެ. މިއީ އޭގެ ކުރިން އަމިއްލަ އަށް މަރުވުން އެދިގެން ކުރެވުނު ކަމެއްގެ ނިޝާނެކެވެ.

އޭނާ ބުންޏެވެ. އަޚާއެވެ! އަހަރެމެން އެންމެންނަކީ ވެސް މުސްލިމުންނެވެ. އަހަރެމެން އެންމެންނަކީ އަޚުން ތަކެއް ކަމުގައި ﷲ ލެއްވެވީ އަހަރެމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވާ ވަގުތު ތަކުގައި އެހީތެރި ވުމަށެވެ. އަހަންނާއި އެކު އަހަރެންގެ ގެއަށް ހިނގާށެވެ. ތިބާގެ ވާހަކަ ތައް އަޑު އަހާލަން އަހަރެން ވަރަށް ޝައުޤުވެރި ވެއްޖެ އެވެ. އަހަންނާއި އެކު އަހަރެންގެ ގެއަށް ގޮސް ސައިތައްޓެއް ބޯލަން ހިނގާށެވެ.

ނުނިމޭ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.