ވާހަކަ ( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 3 )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 3 )

( ވާހަކަ ) ގެއްލުނު އުފާވެރިކަން ( 3 )

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ތިންވަނަބައި . . .

ދާދި ދެންމެ އާއި ޖެހެންދެން ގަޓުވެލާފައި އަމިއްލަ އަށް ދަންޖެހެން އުޅުނު މީހާ ފިނޑިވެ ފިނި ވެއްޖެ އެވެ. އެހެން ކަމުން ކުޑަކޮށް ހަމަޖެހިލުމުން މަސައްކަތް ކުރިޔަށް ގެންދިޔުމަށް ޓަކައި ގޮނޑީން ފައިބައި އެނދުމަތީ ހަމަޖެހިލައިގެން އިށީނދެލީމެވެ.

އަހަންނަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. މިހާރު އެއޮއް ފަތިސް ވަނީ އެވެ. އަހަރެން އަދި ވެސް މި އިނީ އަހަރެންގެ ޕްލޭނަށް ޢަމަލު ކުރާނެ ހިއްވަރު ނެތި ފިނޑިއަކަށް ވެފައެވެ. އަހަރެންގެ ހިތުގެ ޒަމީރު ވެސް އަހަންނަށް މަލާމާތް ކުރަން ފަށައިފި އެވެ. ކޮންފަދަ ފިނޑި އިންސާނެއް ހެއްޔެވެ؟ އަމިއްލަ އަށް ރޭވި ޕްލޭނަށް އަމިއްލަ އަށް ބޯލަނބާން ނުކެރިގެން އެއުޅެނީ ހާދަހާ ފިނޑި މީހަކަށް ވީމައެވެ. އަންހެނަކަށް ނުވިތާ ފިރިހެނަކަށް ވެސް ނުވިއެވެ.

އަހަރެންގެ އަމިއްލަ ނަފްސުގެ މަލާމާތާއި އެކު ވަރަށް ހިއްވަރު ކޮށްފައި ކުއްލި އަކަށް އަހަރެން ތެދުވެއްޖައީމެވެ. އަދި ވަރަށް ބާރަށް އަހަންނަކީ ފިނޑިއެއް ނޫން ކަމަށް ބުނެ ދަންޖެހޭން އެނދުމަތީ ބެހެއްޓި ގޮނޑި އަށް އަރައި ދަންމަޅި އަށް ބޯ މަހާލީމެވެ. އެއަށްފަހު ކުޑަ ޙަރަކާތަކުން ގޮނޑި ބިންމައްޗަށް ވައްޓާލީމެވެ. އިންނާ ލިއްލާހި !

އަހަންނަށް ހޭވެރިކަންވީ ފަތިސް ނަމާދު ބަންގީގެ އަޑަށެވެ. އަހަރެން އަދިވެސް މަރު ނުވަނީ ހެއްޔެވެ؟ ދަން ޖެހުނީމާވެސް އަހަރެން މަރު ނުވަނީ ހެއްޔެވެ؟ ނޫނީ އަހަންނަށް މި ބަންގީގެ އަޑު މި އިވެނީ އަހަރެން ނަމާދު ނުކުރާތީ އަހަންނަށް އެކަން ދެއްކެވުމަށާއި ޢަޒާބު ދެއްވުމަށް ކަށްވަޅުގައި ނޫންބާވައޭ ހިތަށް އެރިއެވެ. ގަތް ބިރުން ލޯ ނުހުޅުވާން އޮއްވާވެސް ލޯހުޅުވާ ލެވިއްޖެ އެވެ. އެވަގުތު އަހަންނަށް މި އޮވެވުނީ ކަށްވަޅުގައި ނޫން ކަން ޔަޤީންވީ، އަހަރެންގެ ކުރިމަތީގައި އެލުވާފައި ހުރީ އަހަރެން ދަންޖެހޭން ބޭނުންކުރި ވާގަނޑު ފެނުމުންނެވެ. އެ ވާގަނޑު ހުރީ ކަނޑައިގެން ގޮސްފަ އެވެ. އަހަރެން މަރުވިޔަ ނުދީ އަހަރެން ދަންޖެހިފައި ހުއްޓާ އަހަރެން މަރުވުމުގެ ކުރީން ވާގަނޑު ކަނޑާލީ ކާކު ހެއްޔެވެ؟

ހަމަ ގައިމުވެސް އެހެން މީހަކަށް އަހަރެންގެ ކޮޓަރި އަކަށް ނުވަދެވޭނެ އެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ ކިޔެވި ދުވަސްވަރު މުދައްރިސް ވިދާޅުވި ވާހަކަ އެކެވެ. އަޖަލު ޖެހުމުގެ ކުރިން ކިތަންމެ މަސައްކަތެއް ކުރިޔަސް އެއްވެސް މީހަކު މަރެއް ނުވާނެ އެވެ. ﷲ ވަނީ އިންސާނާ ދުނިޔެ އަށް ފޮނުއްވާއިރު އޭނާގެ އަޖަލު ވެސް ލިޔުއްވާފައެވެ. އެހާތަނުން އަހަރެންގެ ސަމާލުކަން އެނބުރުނީ ބަންގީގައި އެވަގުތު ގޮވަމުން ދިޔަ ބަންގީގެ އެންމެ ފަހު ކަލިމަ ތަކަށެވެ! އެވަގުތު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އަދި މުޅިން ތަފާތު ހިއްގައިމު އިޙުސާސެއް ކުރެވުނެވެ.

ކޮންމެ އަކަސް ނޭނގޭ އުފާވެރި ކަމެއް އަހަންނަށް އިޙުސާސް ކުރެވުމާއި އެކު އަމިއްލަ އަޖަލު ނުޖެހިގެން މީގެ އިރުކޮޅެއް ކުރިން ހިތާމަ ކުރި ނަމަވެސް މީހާގެ ވިސްނުން މުޅިން ބަދަލުވެއްޖެ އެވެ. ފަތިސް ނަމާދުގެ ބަންގީގެ ހިތްގައިމު އަޑާއި އެކު ނޭނގޭ އުފާވެރި ކަމެއް އަހަންނަށް އިޙުޞާސް ކުރެވިއްޖެއެވެ. ފުރަތަމަ ފަހަރަށް އަހަރެން ނަމާދަށް ދާހިތް ވެއްޖެ އެވެ. މަރުވުމުގެ ކުރިން ނަމާދު ކުރާން ޖެހޭނެ ކަން ފުރަތަމަ ފަހަރަށް އަހަންނަށް ހަނދާން ވެއްޖެ އެވެ. ކަރުގައި އޮތް މަޅިގަނޑުގެ ބުރިވެފައިވާ ބައި ނައްޓާލުމަށް ފަހު މިސްކިތަށް ދިޔައިރު އަހަރެންގެ ރޭގެ މަސައްކަތުން ކަރުން ތެޔޮހަން ގޮސް ލޭގެ އަސަރު ފާޅުވާން ހުރިކަން އަހަންނަށް އެނގުނީ ކޮންމެވެސް ވަރަކަށް ދިލަ ނަގާތީ އަތް ޖައްސާލުމުންނެވެ.

ނުނިމޭ . . .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.