ފަލަސްޠީނުގެ މިނިވަން ކަމަށްޓަކައި ﷲގެ މަގުގަި ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އުއްބައްތިއެއްގެ ފުލުގައި ރޯކޮށްފައި އިޒްރޭލަށް އެއްލުމުން އިޒްރޭލުގެ ވެރިން އެހާބޮޑަށް ސިހެނީ ކީއްވެހެއްޔެވެ؟ އަދި ޙަމާސްގެ މިފަދަ ޙަމަލާ ތަކުގެ ރައްދުގައި އެމެރިކާ އާއި ދުނިޔޭގެ އެންމެ ޒަމާނީ ހަތިޔާރު ތައް ބޭނުން ކޮށްގެން މުސްލިމު ޓެރަރިސްޓުން ނައްތާލުމަށް ބިލިޔަން ޑަލަރުން ޚަރަދު ކުރަނީ ކީއްވެ ބާއެވެ؟ ޙަމާސްގެ އުއްބައްތީގެ ޙަމަލާ ތަކުގެ ރައްދުގައި ޣައްޒާގެ އެތައްހާސް ކުޑަކުދިންނަކާއި އަންހެނުންނާއި މުސްލިމުން މިނިކަތިލަމުން ބޮޑެތި ޤަޠުލުޢާއްމުތައް ޔަހޫދީން ހިންގަނީ ކީއްވެބާއެވެ؟
ފަލަސްޠީނަކީ އަސްކަރިއްޔާއެއް ވައިގެ ދިފާޢީ ބާރެއް، މިސައިލުން ދިފާޢުވާ ނިޒާމެއް، ކަނޑުގެ ސިފައިންގެ ލަޝްކަރެއް ހަތިޔާރެއް ޓޭންކަރެއް އަސްކަރީ މަތިންދާބޯޓެއް އޮތް ބައެއް ނޫނެވެ. އޭގެ ބަދަލުގައި އިޒްރޭލުން ފަލަސްޠީނާއި ކުރިމަތި ލަނީ ދުނިޔޭގެ އެންމެ މޮޅެތި ހަތިޔާރާއި ވަޞީލަތްތަކާއި ކަނޑާއި އެއްގަމާއި ވައިގެ މަގުން ޙަމަލާދެވޭ އެންމެ މޮޅެެތި ވަޞީލަތްތަކާއި އެކުގަ އެވެ. ބަރުހަތިޔާރާއި ޓޭންކަރާއި ރައިފަލާއި ދުނިޔޭގެ އެންމެ އެޑްވާންސް ސްނައިޕަރ ރައިފަލާއި ވެސް އެކުގައެވެ. ސުވާލަކީ އުއްބައްތިއަކުން ހަނގުރާމަ މަތީ އެންމެ މަތީ ޓެކްނޮލޮޖީގެ ބޯޓު ތަކާއި ހަނގުރާމަ ކުރެވިދާނެތޯއެވެ؟ އުއްބައްތިއަކުން ހެލިކޮޕްޓަރެއް ވައްޓާލެވިދާނެތޯއެވެ؟ އުއްބައްތި އަކުން އަސްކަރީ މަނަވަރެއް ފައްތާލެވިދާނެ ތޯއެވެ؟ އުއްބައްތި އަކުން ސަބްމެރީނެއް ނުވަތަ ޓޭންކަރެއް ހަލާކު ކޮށްލެވިދާނެތޯއެވެ؟
ހަނގުރާމައަކީ އަސްކަރީ ގޮތުން ހަމަ ހަމަ ދެބައެއްގެ މެދުގައި ކުރެވޭ އެއްޗެކެވެ. ވަޅި އާއި ބަޑި ހިފައިގެން ހުރި މީހަކާއި ދެކޮޅަށް ނުކުމެ އުއްބައްތި އަކުން ޙަމަލާދޭން މަސައްކަތް ކުރާނީވެސް މޮޔައެކެވެ. އަދި އުއްބައްތިއެއް ހިފައިގެން ހުރި މީހަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ދަގަނޑު ދަހަނާ އަޅައި ކަނޑިޔާއި ބަޑިޔާއި ފިސްތޯލަ ހިފައިގެން ނުކުންނާނީ ވެސް ފިނޑިއެކެވެ. ކެރޭ މީހަކު ނަމަ ކަނޑިއާއި ބަޑިއާއި ދަގަނޑު ދަހަނާ އެއްލާލުމަށްފަހު ހަނގުރާމަ ކުރާނީ ހަމަ އުއްބައްތިއަކުންނެވެ.
ޔަހޫދީންގެ ފިނޑިކަމުގެ ވާހަކަ އަކީ ދައްކާ ކޮޅުންލާނެ ވާހަކައެއް ނޫނެވެ. އެބައިމީހުންގެ ފިނޑި ކަމުގެ ވާހަކަ އާއި އެބައިމީހުން ލެއްވުނު ކޮންމެ ތަނެއްގައި އެމީހުން ނިކަމެތި ކުރެއްވުނު ވާހަކަ އާއި އެބައިމީހުންނަށް ހަނގުރާމަ ކުރަން ކެރޭނީ ބިޔަ ފާރުތަކުގެ ނިވަލުގައި ތިބެގެން ކަމަށް ކީރިތި ﷲ މީގެ 1400 އަހަރު ކުރިން އެންގެވި އެންގެވުން ދޮގު ކުރުމަށް އެމީހުންނަށް ކުރެވުނުހާ ކަމެއް ކުރިނަމަ ވެސް އާޚިރު ނަޠީޖާ އަކީ މިބައިމީހުން އަމިއްލަ އަށް ބޭއިޚްތިޔާރުގައި ނަމަވެސް ފާރުލައިގެން ﷲގެ ވަޙީ ބަސްފުޅާއި ކީރިތި ޤުރުއާނުގައި އެމީހުންނާއި ގުޅިގެން ވާރިދު ވެފައިވާ ބަސްފުޅުތައް އަމިއްލަ އަށް ތެދުކޮށްދިނުމެވެ.
ފަލަސްޠީނުގެ މުޖާހިދުންދެކެ އެމީހުން އެހާ ބިރެއް ގަންނަނީ ޙަމާސުން އެއްލާ އުއްބައްތިއެއް ފަދަ ރޮކެޓަކުން މާބޮޑު ގެއްލުމެއް ލިބިގެން ނުވަތަ ލިބޭތީއެއް ނޫނެވެ. އެހެން ނަމަވެސް އެމީހުންގެ ހިތްތަކުގައި ﷲ އުފައްދަވާފައިވާ ބިރުވެރި ކަމަކުން އެމީހުން ތިބެންޖެހެނީ އަބަދުވެސް ސިހި ސިހިއެވެ. ރޮކެޓެއް އެޔޮއް އަންނަނީއޭ ގޮވާ ރޮކެޓް ސައިރަންގެ އަޑު ޔަހޫދީންގެ ކަންފަތްތަކުގައި ވަނީ ހަރުލާފައެވެ. އެބައިމީހުންނަށް އެކަން ވަނީ ނަފްސާނީ ބޮޑު ބަލިމަޑުކަމެއް އަދި މުޞީބާތެއް ކަމުގައި ލައްވަވާފައެވެ.
ދާދި ފަހުން އިޒްރޭލުގެ ކުރީގެ ޖެނެރަލަކު ވަނީ ޙަމާސްގެ މުޖާހިދުންގެ ޙަމަލާ ތަކުގެ ޙަޤީޤަތް ހާމަ ކޮށްދެއްވާ މުޖާހިދުންގެ ހިތްވަރު ގަދަކަމާއި މެދު އަންތަރީސް ވެގެން އެވާހަކަ ދައްކާފައެވެ. އޭނާ ބުނީ އުއްބައްތިއެއްފަދަ ރޮކެޓެއް ނޫނީ އަތުގައި ނެތް މުޖާހިދުން ގަދަފަދަ ހަތިޔާރާއި ދަގަނޑު ދަހަނާ އާއި މޮޅެތި ވަރުގަދަ ޓޭންކަރުގައި ފޮރުވިގެން ތިބޭ ޔަހޫދީން ތަކުގެ މައްޗަށް ޖެހިގަންނަނީ ބަނޑުހައިވެފައިވާ ސިންގާއެއް އޫރު ބައިގަނޑަށް ޙަމަލާދޭފަދައިން ކަމުގައެވެ. ﷲ އަންގަވާފައި ވަނީ އެކަލާނގެ ޔަހޫދީންގެ ތެރެއިން ރާމާ މަކުނާއި އޫރު ލެއްވި ކަމުގައެވެ.
އިޒްރޭލުގެ ކުރީގެ ޖެނެރަލު ބުނީ ފާއިތުވީ ދުވަސްތަކުގައި ހަމާސުން އެމީހުންގެ ޓެކްނޮލޮޖީ އެތައްހާސް ގުނައަކަށް ކުރިޔަށް ޖައްސާލާފައި ވާކަމަށެވެ. ޙަމާސުން ކުރިން ރޯކޮށްފައި އެއްލާ އުއްބައްތިއެއްފަދަ ރޮކެޓް ވެއްޓެނީ އިޒްރޭލުގެ ދެތިންމޭލުގެ އެތެރެ އަށެވެ. އެހެން ނަމަވެސް މި ދެންނެވި އުއްބައްތި މިހާރު ތިރީސް ސާޅީސް މޭލު ދުރަށް އެއްލުމީ ޙަމާސްގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ މަންޒަރު ހާމަކޮށްދޭ ކަމެކެވެ. އަދި ކުރިން ޙަމާސުން އެއްލާ އުއްބައްތި ސަހަރާ ތަކާއި މަގުތަކާއި ޢާއްމުން އުޅޭ ބައެއް ސަރަޙައްދު ތަކަށް ވެއްޓުނު ނަމަވެސް އަމާޒު ހޯދުމާއި އަމާޒަށް ވާޞިލުވުމުގައި ޙަމާސްގެ އުއްބައްތިފަދަ ރޮކެޓްތައް ވަނީ އަންތަރީސްވާފަދަ ކުރިއެރުންތައް ހޯދާފައެވެ.
ކޮންމެއަކަސް ހަމާސްގެ އިންޒާރު ވަރަށް ސާފުވެފައި ސީދަލެވެ. ޙަމާސުން މިހާތަނަށް އިޒްރޭލުގެ ޢާއްމުންގެ އެންމެ މީހަކަށްވެސް ޙަމަލާ ދީފައެއް ނުވެއެވެ. ވަގަށް ނެގިޔަސް ރަހީނު ކުރިޔަސް މަރާލިޔަސް ޙަމާސްގެ ޙަމަލާ ތަކުގެ އަމާޒުފަތްގަނޑަކީ ހަމައެކަނި ޔަހޫދީ އޫރުތަކެއްފަދަ ސިފައިންނެވެ. ޢާއްމުންނަށް ގޯނާކުރުމަކީ ޙަމާސްގެ އަމާޒެއް ނޫނެވެ. ޢާއްމުންގެ ގެދޮރު ސުންނާފަތި ކުރުމަކީ ޙަމާސްގެ މަޤްޞަދެއް ނޫނެވެ.
ޙަމާސުން މިހާތަނަށް ދިން ޙަމަލާ ތަކުގައި ބޭނުން ކޮށްފައިވާ އުއްބައްތިތައް ވެއްޓި ގޮވާތަނުން ކުޑަ ދުންކޮޅެއް އެރުން ފިޔަވާ މާބޮޑު އަސަރެއް ނުފެނެއެވެ. އިޒްރޭލުން ބަލާއިރު ޙަމާސްގެ ރޮކެޓް އުއްބައްތި ތަކަކީ ހަމައެކަނި ހަތިޔާރު އުފުލާ ވަޞީލަތެކެވެ. ހުސް ހޮޅިގަނޑެކެވެ. އޭގައި އެއްވެސް ގޮވާއެއްޗެއް އެކުލެވިގެން ނުވެއެވެ. އެހެން ކަމުން ޙަމާސްގެ އިންޒާރު ޔަހޫދީ ސިފައިންނަށް ވަރަށް ސާފެވެ. ތިމަންނަމެންގެ އަމާޒު ކަށަވަރުވާދުވަހުން ތިމަންނަމެން ފޮނުވާނީ ހުސް ހޮޅިގަނޑު ރޮކެޓު ނުވަތަ އުއްބައްތިއެއް ނޫނެވެ. ސީދާ އަމާޒަށް ވާޞިލު ވެވޭފަދަ ރޮކެޓް ފެންނަ ދުވަހަކީ އެ ރޮކެޓް ފުރެންދެން ގޮވާތަކެތި ހިފައިގެންގޮސް އިޒްރޭލުގެ އަސްކަރިއްޔާ އަށް ބޮޑު ގެއްލުމެއް ދޭނެ އެއްޗެކެވެ.
އެހެން ކަމުން ޙަމާސްގެ އުްބައްތިއެއްފަދަ ރޮކެޓާއި މެދު އިޒްރޭލުން އެހާ ކަންބޮޑުވަނީ މި ސަބަބާއި ހުރެ ކަމަށް ބެލެވެއެވެ. އެހެނީ ޙަމާސްގެ ރޮކެޓްތައް ދުވަހެއް ދުވަހަކަށް އަންނަނީ ދުރަށް ދަތުރު ކުރަމުންނެވެ. އަމާޒަށް ވާޞިލު ވަމުން އަމާޒު ކަށަވަރު ވަމުންނެވެ. އެހެންނަމަވެސް ޔަހޫދީންނަށް ވަނީ ޙަމާސްގެ ރޮކެޓްތައް ހުއްޓުވޭނެ ގޮތެއް ނުހޯދިފައެވެ. އެއްހާސް ޑޮލަރުވެސް ނާރާ ޙަމާސްގެ ކޮންމެ އުއްބައްތި ހޮޅިގަނޑެއް ހުއްޓުވުމަށް އިޒްރޭލުގެ އަޔަންޑޯމް ސިސްޓަމުން ބޭނުންކުރަނީ އެއްލައްކަ ޑޮލަރުގެ އަގުހުރި މިސައިލެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް މި ތަކެތިވެސް ވަނީ ބޭކާރެވެ.
ކަން މިހެން ހުރިއިރު ްއިޒްރޭލުގެ އަނިޔާވެރި ކަމާއި ގޮތެއްނެތްކަން މުޅި ދުނިޔެއަށް ހާމަވެ އެމީހުން ދަނީ ފަލީޙަތްކުރެވި ނިކަމެތި ކުރެވި ބޭޒާރު ކުރެވެމުންނެވެ. އޭގެ ބަދަލުގައި ޙަމާސަށް އެތައް ބައެއްގެ ހަމްދަރުދީ ލިބެނީ ޙަމާސުން މަރާލި ޔަހޫދީންގެ 95 އިންސައްތައަކީ ސިފައިންނަށް ވުމުންނެވެ. ޙަމާސުންވެސް ޔަހޫދީން ފަދައިން ގޮވާތަކެތި އަޅާފައިވާ ރޮކެޓު ތަކުން ޔަހޫދީ ޢާއްމުންގެ ގެތައް ގޮއްވަން ފަށައިފިނަމަ މުޅި ދުނިޔެ ޙަމާސާއި ދެކޮޅަށް ތެދުވެ މުޖާހިދުންނަށް ދޭނެ އަނިޔާ މާބޮޑުވާނެކަން ޙަމާސަށް ވިސްނެއެވެ. އެހެނީ އަމިއްލަ ދީނާއި، ބިމާއި ޤައުމާއި ރައްޔިތުންނާއި ޢާއިލާ އާއި ވަޒަނުގެ ދިފާޢުގައި ބަޑިޖެހުމުން ވެސް ޙަމާސްވަނީ ޓެރަރިސްޓުންނަށެވެ. ފަލަސޠީނުގެކުޑަ ކުދިންނާއި އަންހެނުން މަރަމުން ޤަޠުލުޢާއްމުތައް ހިންގާ އިޒްރޭލު ކުރަނީ އަމިއްލަ ދިފާޢީ ހަނގުރާމަ ޔޯލައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...