މުސްލިމުންނާއި މެދު ތަފާތު ކުރުންތައް ގެންގުޅޭތީ އިސްލާމީ ބައެއް ޤައުމު ތަކުން އެޗްއެސްބީސީ ބޮއިކޮޓް ކުރަން ފަށައިފިއެވެ.
ޓެރަރިސްޓުންނަށް އެހީވާ ކަމަށްބުނެ އިސްލާމީ ޖަމިއްޔާ ޖަމާާއަތް ތަކާއި ވަކިވަކި މުސްލިމު ފަރުދުންގެ ޙައްޤުތަކަށް ހޮންކޮންގ އެންޑް ޝެންހާއީ ބޭންކިން ކޯޕަރޭޝަން، އެޗްއެސްބީސީން އަރައިގަންނަމުން ގެންދާ މައްސަލާގައި އެ ބޭންކާއި ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރައްވާފައިވާ، އަދި އެ ބޭންކު ބޮއިކޮޓް ކުރުމަށް މުސްލިމުންނަށް ގޮވާލުމުގެ ކެމްޕޭނުގައި އިސްކޮށް ޙަރަކާތްތެރިވެ ވަޑައިގަންނަވާ މެލޭޝިޔާގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެގްރޯބޭސްޑް އިންޑަސްޓްރީޒް އިސްމާޢީލް ޞަބްރީ ވިދާޅުވީ މި ކެމްޕޭނުގައި އޭނާ އިސްނެންގެވީ މުސްލިމުންނާއި މެދު އެޗްއެސްބީސީން ވަރަށް ބޮޑަށް ތަފާތު ކުރަމުން ގެންދާތީ ކަމަށެވެ.
އެގޮތުން ފަލަސްޠީނާއި ސީރިޔާގައި ތިބި ގާތްތިމާގެ މީހުންނަށް ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ އެކައުންޓްތައް އެ ބޭންކުން ބަންދު ކުރަމުން ގެންދާ ކަމަށާއި، ޓެރަރިސްޓުން ކަމަށް އެބޭންކުން ބަލަނީ މުސްލިމުން ކަމަށް ވެސް މެލޭޝިޔާގެ މިނިސްޓަރު ޞަބްރީ ވިދާޅުވިއެވެ.
ޞަބްރީވަނީ އެޗްއެސްބީސީ ބޮއިކޮޓް ކުރުމުގެ ކެމްޕޭނުގައި އިސްނަންގަވާ އެ ބޭންކުގައިވާ އޭނާގެ އެކައުންޓްތައް އަމިއްލައަށް ބަންދު ކުރައްވައި އޭނާގެ ކްރެޑިޓްކާޑު ހަލާކު ކޮށްލުމަށްފަހު ސިޓީ އަކާއި އެކު ބޭންކުގެ ސީއީއޯއަށް ފޮނުއްވާފައެވެ. ޞަބްރީ ފަހުންވަނީ މި ސިޓީ އާއި ހަލާކު ކޮށްލާފައިވާ އޭނާގެ ކްރެޑިޓްކާޑުގެ ފޮޓޯއެއް ފޭސްބުކްގައި ވެސް ޝެއަރ ކުރައްވާފައެވެ.
ޢަރަބި އިސްލާމީ ޤައުމު ތަކުގެ ރެފިޔުޖީންނާއި އެފަދަ ޤައުމު ތަކުގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވާ ޖަމިއްޔާ ޖަމާޢަތްތަކުގެ އެކައުންޓްތައް ވެސް އެޗްއެސްބީސީން ބަންދު ކުރަމުން ގެންދާއިރު، އެ ބޭންކުން ބުނީ އެތަނުން ބަންދު ކުރަމުން ގެންދަނީ ރިސްކު ބޮޑު އެކައުންޓްތައް އެކަނި ކަމަށެވެ.
އަދި މިކަމަކީ ވަކި ދީނަކާއި ވަކި ނަސްލަކަށް އަމާޒު ކޮށްގެން ހިންގާ ކަމެއް ނޫން ކަމަށާއި، މިފަދަ ޙާދިސާތަކުގައި ހަމައެކަނި މުސްލިމުންގެ އެކައުންޓްތައް ބަންދު ކުރުމަކީ އިއްތިފާޤެއް ކަމަށްވެސް ބައިނަލް އަޤްވާމީ މި ބޭންކުން ބުނެފައި ވެއެވެ.
އެޗްއެސްބީސީން މިހެން ބުނި ނަމަވެސް ހޮންކޮންގް ޝެންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ)ގެ ރާއްޖޭގެ ބްރާންޗްގައި ބައެއް ދިވެހިން ހުޅުވާފައި އެކައުންޓް ތަކެއް ބަންދު ވެސް އެ ބޭންކުން ވަނީ ބަންދު ކޮށްފައެވެ. އަދި އިސްލާމީ ނަންކިޔާ ދިވެހި މުސްލިމުންނަށް ދެމުން ގެންދާ ޚިދުމަތްތައް އެ ބޭންކުން ހަރުކަށި ކޮށްފައި ވާއިރު އެ ބޭންކް އަދިވެސް ގެންދަނީ ރާއްޖޭގައި ވެސް ހިންގަމުންނެވެ.
އެޗްއެސްބީސީގައި ދިވެހިން ހުޅުވާފައިވާ އެކައުންޓްތައް ބަންދު ކުރުމަށްފަހު އެ ބޭންކުން ބައެއް ކަސްޓަމަރުންނަށް އަންގާފައި ވަނީ އެކައުންޓް ތައް ކުއްލި ގޮތަކަށް ބަންދު ކުރަން ނިންމީ، "އިދާރީ ސަބަބުތަކަކާ ހުރެ ކަމަށެވެ. އެހެން ނަމަވެސް މި އިދާރީ ސަބަބު އޮތްގޮތަށް އޮއްވާ އެ ބޭންކުން ގެންދަނީ ރާއްޖޭގެ ބޮޑެތި ރިސޯޓް ހޮޓާ ތަކުގެ ވިޔަފާރި ތައް ހިންގާ ބިދޭސީންނަށް އެހީތެރިވެ އެމީހުންގެ ފައިސާ ރާއްޖެއިން ބޭރުކޮށްދެވޭނެ މަގު ފަހިކޮށްދެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...