ޣައްޒާގެ އަވަށެއްކަމުގައިވާ ޝަޖިއްޔާ ގައި އިސްރާއީލުން ގަތުލު އާންމެއް ހިންގާ އެތައް ބަޔަކު ޝަހީދުކޮށްލައިފިއެވެ.
ރޭއާއި މިއަދު ޝަޖިއްޔާއަށްދިން އެކިއެކި ހަމަލާތަކުގައި 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައިވާކަމުގެ މީޑިއާރިޕޯޓްތައް މިހާރުދަނީ ލިބެމުންނެވެ.
ރެޑްކުރޮސް ޖަމާއަތުގެ އެދުމުގެ މަތިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިސްރާއިލުން ރޭ ޝަޖިއްޔާއަށް ދޭންފެށި ހަމަލާތައް ހުއްޓާލައިފައިވަނީ މިއަދު ރާއްޖެ ގަޑިން 3:30 އިން ފެށިގެން 5:30 އަށެވެ. ނަމަވެސް މި ދެގަޑިއިރަށް އިހުތިރާމެއް ކުރުމެއްނެތި އަލުން ހަމަލާދިނުން މިހާރުވަނީ ފަށައިފައެވެ.
ޝަޖިއްޔާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ހަވާލާދީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ޝަޖިއްޔާގެ މަގުތަކުގައި މަރުވެފައިވާ އިންސާނުންގެ ހަށިތައް ގިނަވެފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...