ކޮލަމިސްޓް ދިވެހިރާއްޖެ އިސްލާމްވީ ކިހިނެތް؟

ދިވެހިރާއްޖެ އިސްލާމްވީ ކިހިނެތް؟

ދިވެހިރާއްޖެ އިސްލާމްވީ ކިހިނެތް؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެ އިސްލާމް ވުމުގެކުރިން، ރާއްޖޭގައި އޮތީ ބޫދިއްޔަތާއި ހިންދޫ ދީނެވެ. ދިވެހިރާއްޖެ އިސްލާމް ވީގޮތާއިމެދު ތަފާތު ދެގޮތަކަށް ވާހަކަ ދެކެވެމުންދެއެވެ. އެގޮތުން އަލްޣާޟީ ޙަސަން ތާޖުއްދީން ޢަރަބި ބަހުން ލިޔުއްވާފައިވާ ތާރީޚް ފޮތުގައި ބަޔާންކޮށްފައިވާ ވާހަކަޔާއި، މަޣުރިބްގެ މަޝްހޫރު ސައްޔާހު އިބުނު ބަޠޫތާ ލިޔުއްވާފައިވާ، ކޮންމެ މަހަކު މާލެއަށް އުނދަގޫ ކުރާ ފުރޭތަ (ރަންނަމާރި) އެއްގެ ވާހަކައެވެ.

މިދެންނެވި ދިޔަ ދެނަޤުލުގެ ތެރެއިން ކިރިޔާވެސް ޤަބޫލު ކުރެވޭ ގޮތަކަށް ޙަސަން ތާޖުއްދީން ޢަރަބިބަހުން ލިޔުއްވާފައިވާ ތާރީޚް ފޮތުގެ 29 ވަނަ ޞަފްހާއިން 30 ވަނަ ޞަފްހާއާއި ހަމަޔަށް ލިޔުއްވާފައިވާ ބަޔާނެވެ. ނަމަވެސް މިބަޔާނުގައިވެސް އޭރު ރާއްޖެ އިސްލާމްވިކަމަށް ތާރީޚް ޢިލުމްވެރިން އެއްބަސްވެލައްވާ ތާރީޚާއި ނުބައްދަލު ކަންކަން ހިނގާފައި ހުރިކަމަށް ދަންނަވަންޖެހެއެވެ. އެއީ ރަސޫލު ބޭކަލުންނަށް ދެއްވާފަދަ މުއުޖިޒާތް އެހެނިހެން އިންސާނުންގެ އަތްމައްޗަށްވެސް ދެއްވިކަމަށް އެފޮތުގައި ވާހަކަ ކިޔައި ދީފައިވެއެވެ.

އެހެންކަމުން މިމަޢުލޫގައި އިތުރަށް ކުރެވުނު ދިރާސާތަކުން ފޮތްފޮތުގެ ހުރި މަޢުލޫމާތުތަކާއި މީހުންގެ ދޫމަތީގައި ދެކެވެމުން އަންނަ ވާހަކަތައް ދިރާސާކޮށް ފޮތްފޮތުގައި ނަޤުލުވެފައި ހުރި ބަޔާންތައް އިތުރަށް ނިއުޅުވައި ވާހަކަތައް ކޮށައި މަށައި ތަފުސީލުކޮށް ހެދުމުން ރާއްޖެ އިސްލާމް ވިގޮތާއި ބެހޭގޮތުން އެންމެ އިތުބާރު ކުރެވޭގޮތް

މާތް ﷲ ސުބުހާނަހޫ ވަޠަޢާލާ ދިވެހިރާއްޖެގޭ މީހުންނަށް އިސްލާމް ދީނަށް ތެދުމަގު ދެއްކެވުމަށް އިރާދަ ކުރައްވައިފި ހިނދު ތަބުރޭޒުން (މިހާރުގެ އީރާންގެ ރަށެއް) ނިސްބަތްވެ ވަޑައިގަންނަވާ އައްޝައިޚް އަލްޖަލާލީ އަބުއްރިކާބި ޔޫސުފުއް ތަބްރޭޒީގެ ހިތްޕުޅުގައި ދިވެހިރާއްޖެއާއި ކުރިމަތި ލެއްވުމުގެ ޝައުޤު އުފެއްދެވިއެވެ. ދެން އެކަލޭގެފާނު އަމިއްލަ ރަށްކަމުގައިވާ ތަބުރޭޒު ދޫކުރައްވާ ދިވެހިރާއްޖެ ވަޑައިގެންފިއެވެ. މީސްތަކުންނަށް އިސްލާމް ވުމަށް ގޮވާލައްވައިފިއެވެ. ނަމަވެސް އެއްވެސް މީހަކު އިސްލާމެއް ނުވިއެވެ. ދެން އެކަމަށްޓަކައި ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުޢާ ކުރެއްވުމުގައި ދެމިހުންނެވިއެވެ. އެއަށްފަހު އެކަމައިގެން ކުރިއަށް ވަޑައިގަން ރަސްގެފާނުގެ ގަނޑުވަރަށް ޒިޔާރަތް ކުރައްވާ ރަސްގެފާނަށް އިސްލާމް ދީނަށް ދައުވަތު ދެއްވާ ދީނުގެ ފުރިހަމަކަން ބަޔާން ކޮށްދެވިއެވެ. އެކަމަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކުރައްވާ ބުރަ މަސައްކަތް ޕުޅުތަކެއް ކުރެއްވިއެވެ.

ދީނުގެ ފުރިހަމަކަން ފެނި ރަސްގެފާނާއި ރަސްފެފާނުގެ އަރިހުގައި ވީމީހުން އިސްލާމް ވެއްޖެއެވެ. ﷲ މީހެއްގެ ހިތަށް އިސްލާމް ދީނުގެ ހިދާޔަތު ދެއްވުމަށް އިރާދަކުރެއްވި ހިނދު އެކަމަށް ސަބަބުތަކެއް މެދުވެރި ކުރައްވައެވެ. އެސަބަބުތައް މެދުވެރި ވުމަށްފަހު އެމީހެއްގެ ހިތުގެ އެންމެ ފުންމިނަށް އިސްލާމް ދީނުގެ ހިދާޔަތު ފޯރުކޮށްދެއްވުމަށް ﷲ ގެ ކުޅަދުންވަންތައެވެ.

އިސްލާމް ވުމަށްފަހު އެރަސްގެފާނުގެ ނަންފުޅެއްގެ ގޮތުގައި މުޙައްމަދު ބިން ޢަބްދުﷲ ގެ ނަން ދެވުނެވެ. ރަސްގެފާނު އިސްލާމް ވެވަޑައިގެން ރައްޔިތުންނަށް އިސްލާމް ދީނަށް ގޮވާލެއްވިއެވެ. 'ދިވެހިރާއްޖޭގެ ދީނީ ހާލަތު' މިމަޢުލޫއަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގައި ބެޗްލަރ އޮފް އާޓުސް އިން ޖާނަލިޒަމް ކޯހުގައި 2014 ވަނަ އަހަރު އިސްލާމް އިންދަ ކޮންޓެކުސްޓު އޮފް ޖާނަލިޒަމް ކިޔާވާ ދަރިވަރުންގެ ތެރެއިން ގުރޫޕް މަސައްކަތެއްގެ ގޮތުގައި ބައެއް ދަރިވަރުން އެކުލަވާލި ދިރާސާއެއްގައި ބުނެފައިވެއެވެ.  ރަސްގެފާނުގެ އަމުރަށް ދިވެހިން އިސްލާމު ވުމަށް ގޮވާލެވުނު ހިނދު ދިވެހިން އެދީނުގެ އުސޫލުތައް ޤަބޫލުކުރިއެވެ. މިދިރާސާގައި އިތުރަށް ބުނެފައިވަނި ދިވެހިން  އިސްލާމް ދީން ޤަބޫލުކުރީކީ ފަހަރެއްގައިވެސް މިދީނުގައި ހުރި ފުރިހަމަ ކަން އެނގިގެނެއް ނޫންކަމެވެ. ނަމަވެސް ދިވެހިން އިސްލާމްދީން ޤަބޫލު ކުރީ ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ވެރިންނަށް ކިޔަމަންތެރިވުމުގެ ރިވެތި ސިފަ ލިބިފައި ވުމުންނެވެ. އެހެންކަމުން ދިވެހިރާއްޖެ އިސްލާމްވީ ރަސްގެފާ އިސްލާމް ވެވަޑައިގެންނެވުމަށްފަހު އެކަމަށް ދިވެހިންނަށް ގޮވާލެއްވުމުންނެވެ.

އަލް ޣާޟީ ޙަސަން ތާޖުއްދީން ލިޔުއްވާފައިވާ 'ދިވެހި ތާރީޚް' ފޮތުގައި ބަޔާން ކޮށްފައިވާގޮތުން ރާއްޖެ އިސްލާމު ވުމަށްފަހު އެންމެ ފުރަތަމަ ރާއްޖޭގެ މުސްލިމު ރައްޔިތުންނަށް ދަސްކޮށްދެއްމުން ގެންދެވީ މާލިކީ މަޛުޙަބުގެ އުސޫލުތަކެވެ. މިފޮތުގައި ބަޔާކޮށްފައިވާ ގޮތުން  މާލިކީ މަޛުޙަބުގެ އުސޫލުތަކަށް ދިވެހިންނަށް ދަސްކޮށްދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި އެއްބޭފުޅަކީ އަލްފަޤީޙް އަލް ސުލައިމާނިޔުއްލް މަދަނިއްޔުލް އިބުނު މުޙައްމަދު އިބުނު ޢީސާ އަލްތަރީލިލް ޔަމަނީ އަކީ މާލިކީ މަޛުޙަބަށް ޢަމަލު ކުރައްވަމުންދާ ބޭފުޅެކެވެ. މިކަލޭގެފާނު ރާއްޖެ ގެންނެވީ ދިވެހިރާއްޖެ އެބޭފުޅެއްގެ އަތްމައްޗަށް އިސްލާމްވެވަޑައިގެންނެވި އައްޝައިޚް އަލްޖަލާލީ އަބުއްރިކާބި ޔޫސުފުއް ތަބްރޭޒީގެ އެދިލެއްވުމުގެ މަތިންނެވެ.

ރަސްގެފާނު އިސްލާމުވެވަޑައިގަތުމަށްފަހު އެރަސްގެފާނު ވެވަޑައިގެންނެވީ ތަޤުވާވެރި ޒުހުދުވެރި ބޭކަލަކު ކަމުގައެވެ. ރައްޔިތުންނާއިމެދު ޢަދުލު އިންސާފުން ކަންތައް ކުރެއްވިއެވެ. އިސްލާމީ ޤަވާޢިދު ތަކަކީ ބިންގަލެއް ކަމުގައި ލެއްވިއެވެ. ދީނުގެ ރުކުންތަކަށް އިސްކަމެއް ދެއްވައި އެކަންކަން ކުރުމަށް ރަސްކަމުގެ ފަރާތުން ރައްޔިތުންނަށް ފަހިކޮށްދެއްވިއެވެ. ރައްޔިތުންނަށް އިސްލާމް ދީނުގެ ކަންކަން އޮޅުން ފިލުވައި ދެއްވުމުގެ އިންތިޒާމު ރަސްކަމުގެ ފަރާތުން ހަމަޖެއްސެވިއެވެ.

ރާއްޖެ އިސްލާމު ވުމަށްފަހު ތަންތަނުގައި ހުރި ބުދު ކޯލްތައް ތަޅުއްވާ މިސްކިތްތައް ބިނާ ކުރެއްވިއެވެ. މުޅި ދިވެހިރާއްޖެ އިސްލާމުވުމަށްފަހު އިސްލާމީ ދައުލަތެއްގެ ގޮތުގައި ހަމަޖެއްސީ ހިޖުރައިން 548 ވަނަ އަހަރުގުރަބީޢުލްއާޚިރުގެ 16 ވަނަ ދުވަހުއެވެ. މީލާދީން 1153 ވަނަ އަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.