ދުނިޔެ ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުއްޖަކު ދިރިހުއްޓާ އަންދާލައިފި

ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުއްޖަކު ދިރިހުއްޓާ އަންދާލައިފި

ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުއްޖަކު ދިރިހުއްޓާ އަންދާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ ކުޑަކުއްޖަކު ދިރިހުއްޓާ އަންދާލައިފިއެވެ. ފަލސްތީނުގެ އަވަށެއް ފޭރިގަތުމަށް ފަހު އިޒްރޭލުން އެމީހުންގެ އަމިއްލަ އަވަށެއްގެ ގޮތުގައި ހަދައިގެން އުޅޭ ޖެރޫސަލަމްގައި ދިރިއުޅޭ ފަލސްތީނުގެ ސަތާރަ އަހަރުގެ ފިރިހެން ކުއްޖަކު ވަގަށް ނެގުމަށް ފަހު އެކުއްޖާ ދިރިހުއްޓާ އަންދާލާފައި ވީނަމަވެސް އިޒްރޭލު ސިފައިން ބުނެފައި ވަނީ މިކަމަކީ އިޒްރޭލު ބަޔަކު ކުރިކަމެއް ކަން އެނގިފައި ނުވާކަމަށެވެ. މި ކުއްޖާ އަންދާލާފައި ވަނީ ޔަހޫދީ ތިން ޒުވާނަކު ވެގެން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނި ނަމަވެސް ޔަހޫދީ ސިފައިން ވަނީ އެކުއްޖާ އަނދާފައި ވަނީ އަމިއްލަ އަށް ކަމަށް ވެދާނެ ކަމަށް ބުނެފަ އެވެ.

އަދި ފަލަސްޠީނުގެ ކުޑަ ކުއްޖާ އަނދާފައި ވަނީ ގޮތް ނޭނގޭ ބޮމެއް ފަދަ އެއްޗަކަށް އެރި އެ އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށް އެއްވެސް ތަޙުޤީޤަކާއި ނުލާ ޔަހޫދީ ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެކުއްޖާ އަންދާލާފައިވާ ސަރަޙައްދުން މިފަދަ އެއްޗެއް ފެނިފައި ވާކަމަށް އެމީހުން އަންނަނީ ބުނަމުން ނެވެ. އަދި މި ކަމަކީ ބަދަލު ހިފުމުގެ އަމަލެއްތޯ ބެލުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ރޯމާ ދުވާލު މުސްލިމުން ކަތިލަމުން ގެންދާ ޔަހޫދީ ސިފައިން ވަނީ ބުނެފަ އެވެ. ޔަހޫދީންގެ ތިން ޒުވާނަކު ވަޅެއްގެ ތެރޭޣައި މަރުވެފައި އޮއްވާ ފެނުމުން މިކަމަކީ ފަލަސްތީނުން ކުރި ކަމެއް ކަމަށް ވެދާނެ ކަމަށް ބުނެ ޔަހޫދީ ބާރު ތަކުން ފަލަސްތީނުގެ ހަ ކުއްޖެއްގެ ގަޔަށް ބަޑި ޖަހާ މަރާލާފައި ވާއިރު، އެމެރިކާއިން ހަދިޔާ ކޮށްފައިވާ ހަނގުރާމަ މަތީ މަތިންދާ ބޯޓު ތަކުން ބޮން އަޅައިގެން ޔަހޫދީންގ ެމަރުގެ ބަދަލު ހިފުމަށް ކަމަށް ބުނެ ފަލަސްތީނުގެ ތިންހާހަށް ވުރެ ގިނަ ބަޔެއްގެ ގެދޮރު ވަނީ އަންދާ އަޅިޔަށް ހަދާލާފަ އެވެ. މީގެ ސަބަބުން ފަލަސްތީނުގެ އެތައް ސަތޭކަ ކުޑަ ކުދިންނަކާއި އަންހެނުންނާއި މުސްކުޅިން ޒަޚަމްވެ ބޮޑެތި އަނިޔާ ލިބުނު އިރު މުޅި ދުނިޔެއާއި އިސްލާމީ ޤައުމު ތައް ކަމަށް ދާއުވާ ކުރާ މުނާފިޤު ބާރު ތަކުން ތިބީ ލޯމަރާލައިގެންނެވެ. މި އަނިޔާވެރި ޖަރީމާ ހިންގާފައި މިވަނީ މިފަދަ އަނިޔާވެރި ޖަރީމާ އެއް އިރު އޮއްސުމުން ހިންގާނެ ކަމުގެ އިންޒާރު ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީ ގުރޫޕް ތަކުން ޔަހޫދީން ހިންގާ މީޑިޔާ އެއް ކަމަށްވާ ސީއެންއެން ގައި ވެސް ދީފައި ވަނިކޮންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.