ދުނިޔެ ލަންކާގައި "ނޯ ލިމިޓް" ފިހާރައެއް އަންދާލައިފި

ލަންކާގައި "ނޯ ލިމިޓް" ފިހާރައެއް އަންދާލައިފި

ލަންކާގައި "ނޯ ލިމިޓް" ފިހާރައެއް އަންދާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލަންކާގައި "ނޯ ލިމިޓް" ފިހާރައެއް އަންދާލައިފިއެވެ.

ބުޑިސްޓު ފާދިރީއިން ލަންކާގައި ހިންގަމުންދާ ހަމަނުޖެހުމުގައި މިރޭ ދަންވަރު އަލިފާން ޖަހާފައިވަނީ ލަންކާގެ މުސްލިމް ވިޔަފާރިވެރިއެއްގެ ފިހާރައެއްކަމުގައިވާ 'ނޯ ލިމިޓް" ކަމަށް ނޫސްވެރިން ޓްވިޓާރގައި ރިޕޯޓްކޮށްފައިވެއެވެ. އެފަރާތްތަކުން ފުލުހުންނަށް ހަވާލާދީ ބުނެފައިވަނީ ނޯ ލިމިޓް ގައި އަލިފާން ޖަހާފައިވަނީ ދަންވަރު 3 ޖެހިއިރު ކަމަށާއި އަލިފާން ޖެހި ނޯލިމިޓް އަކީ ޕާނަދުރަ އަވަށުގައި ހުންނަ ނޯލިމިޓްގެ ފިހާރާގައިކަމަށެވެ. އަލިފާން ކޮންޓްރޯލް ކުރެވިފައިވީނަމަވެސް ފިހާރަ ވަރަށް ބޮޑަށް އަނދާފައިވާކަމަށް ޚަބަރުތަށް ބުނެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނޯ ލިމިޓް ފިހާރާގައި އަލިފާން ޖެހުމުން ސަލާމަތީ ބާރުތަކާއި އަލިފާން ނިއްވާ ފަރާތްތަކުން އެސަރަހައްދަށް އައިސްފައިވާކަމަށާއި އެސަރަހައްދުގެ ސަލާމަތީ ކަންތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.

ލަންކާގެ އެކި އަވަށްތަކުގައި ހައްދު ފަހަނަ އަޅާފައިވާ ބުޑިސްޓު ފާދިރީންގެ ހަމަލާތަކުގައި މުސްލިމުންގެ 7 މީހަކު މަރުވެފައިވާއިރު މުސްލިމު ވިޔަފާރިވެރިންގެ 70 އަށް ވުރެ ގިނަ ފިހާރައަށް ވަނީ ގެއްލުން ދީފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.