ދޮންކޭލަކީ ސިއްހަތަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ކާނާ އެކެވެ. ހާއްސަ ގޮތެއްގައި ދޮންކެޔޮވެފައިވަނީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި މަޤްބޫލް ކާނާ އަކަށެވެ. ސަބަބަކީ ދޮންކެޔޮ ކެއުމުގެ ސަބަބުން ހަށިހަނޑުގައި ވަރު ޖައްސައިދޭތީއެވެ.
ދޮންކޭލުގެ އެންމެ މުހިއްމު އެއް ފައިދާ އަކީ އޭގައި އެކުލެވޭ ސިއްހަތަށް ފައިދާ ހުރި ކާރބޮހައިޑްރޭޓްސް އެވެ. މިމާއްދާގެ ސަބަބުން ހަށިގަނޑަށް ހަކަތަ ލިބި ހަރަކާތްތައް ހަލުވިވެ މީހާއަށް ހިތްހަމަޖެހުން ލިއްބައިދެއެވެ.
ދޮންކޭލުގައި އެކުލެވޭ ފައިބަރުގެ ސަބަބުން ބަނޑުހައިވުން ކޮންޓްރޯލްކޮށްދީ ބަނޑުހައިކަން އިހްސާސް ވުމާއި ދުރުކޮށްދެއެވެ. އެހެންކަމުން ހިކެން ބޭނުންވާ މީހުންނަށް ދޮންކޭލަކީ ބޭނުންތެރި ކާނާ އެކެވެ. އަދި ބަނޑާ ގޮހޮރުގެ ބަލިތަކުން ދުރުކޮށްދޭ ވަސީލަތެކެވެ. އެގޮތުން ބަނޑުގައި އުފެދޭ ދޭހުގެ މައްސަލަތަކާއި ގޮހޮރުގައި ފާރު އުފެދުމުން ދޮންކެޔޮ ބޭނުންކުރުމުން ދުރުކޮށްދެއެވެ.
ދޮންކޭލުގައި ގިނަ އަދަދަކަށް ދަގަނޑުގެ ބައި އެކުލެވޭތީ ދޮންކެޔޮ ވެފައިވަނީ ލޭ މަދުވާ މީހުންނަށްވާ ހާއްސަ ފަރުވާ އަކަށެވެ. ކެއުމުގައި ދޮންކެޔޮ ބޭނުން ކުރުމުން ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދީ ހިތުގެ ވިންދު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުންވެސް ދޮންކޭލުގައި ހިމެނޭ ހަށިގަނޑަށް ފައިދާ ހުރި ތަފާތު ވިޓަމިންސްއާއި މިނަރަލްސްގެ ސަބަބުން، ދޮންކެޔޮ ބޭނުންކުރާ މީހުންނަށް ދުޅަހެޔޮ ސިއްޔަތެއްގައި ހުރުމަށް މަގުފަހި ކޮށްދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...