ހަމާސް އަދި ފަތަހަ ޖަމާއަތް އެއްގަލަކަށްއަރާ ފަލަސްތީނުގައި އެކުލަވާލި އެއްބައިވަންތަކަމުގެ ސަރުކާރު ބަލައިގަތުމަކީ ޓެރަރިޒަމަށް ވާގިވެރިވުން ކަމުގައި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ޖޫން 1 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނަތަންޔާހޫވަނީ ފަލަސްތީނުގެ އެއްބައިވަންތަކަމުގެ ސަރުކާރު ބަލައިނުގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާފައެވެ. ނަތަންޔާހޫ ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރުން ޓެރަރިޒަމް ވަރުގަދަކުރާނެ ކަމަށާއި ސަބަބަކީ ހަމާސްއިން އިޒްރޭލް ނައްތާލުމަށް ގޮވަމުންދާ ގޮވުމެވެ.
ނަތަންޔާހޫ މިފަދައިން ގޮވާލާފައިވާއިރު ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރު ވެގެން ދާނީ ތަޖުރިބާކާރުންނާއި ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ސަރުކާރަކަށް ކަމަށާއި މިއީ ހަމަނުޖެހުންތަކާ ދެކޮޅަށް މަސައްކަތްކުރާނެ ސަރުކާރެއް ކަމަށެވެ.
ފަލަސްތީނުގެ ސަރުކާރު ބަލައިގަތުމަކީ ޓެރަރިޒަމަށް ވާގިވެރިވުންކަމުގައި އިޒްރާއިލްގެ ބޮޑުވަޒީރު ސިފަކުރެއްވިއިރު، އިޒްރާއިލް އިންދަނީ ފަލސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެންތިބެ، ފަލަސްތީނުގެ ބިންތައް ފޭރި، އެބިންތަކުގައި ޔަހޫދީން އާބާދުކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...