ރިޕޯޓް ޑިމޮކްރަސީ އަކީ ޙަޤީޤަތުގައި ވެސް ދީން މުޤުރާތީ ނިޒާމެކެވެ.

ޑިމޮކްރަސީ އަކީ ޙަޤީޤަތުގައި ވެސް ދީން މުޤުރާތީ ނިޒާމެކެވެ.

ޑިމޮކްރަސީ އަކީ ޙަޤީޤަތުގައި ވެސް ދީން މުޤުރާތީ ނިޒާމެކެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޑިމޮކްރަސީ ދިވެހިންގެ ތެރެއަށް ތަޢާރަފް ވެގެން އައުމާއި އެކު މި ނިޒާމުގެ މޮޅުކަން ބަޔާން ކޮށްދިނުމަށް ރާއްޖޭގެ ސިޔާސީ ވެރިން ވަނީ ތަފާތު މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން އޭރުގެ ސިޔާސީ އިސް ވެރިޔަކު ވަނީ ޑިމޮކްރެޓިކް ނިޒާމު ދިވެހިންނާއި ޜަހުމަތްތެރި ކުރުވުމަށް މި ނިޒާމަށް ދިވެހި ބަހުން ނަމެއް ކިޔާފަ އެވެ. ނުވަތަ ޢަރަބި ބަހުގެ ތެރެއިން މި ނިޒާމް ދިވެހިންގެ ތެރެއަށް ގެންނަވާފައެވެ. ކޮންމެ އަކަސް އެ ބޭފުޅަކު މި ނިޒާމަށް ވިދާޅުވީ ކަމަށް ވަނީ ދިމިޤްރާތީ ނިޒާމު ކަމުގައެވެ. މި ނިޒާމުގެ ކުރު ތަޢާރަފެއް ދިވެހިންނަށް ދިނުމާއި އެކު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މި ނިޒާމަށް ހަޖޫ ޖަހައި މިއީ ކަމުދާ ނިޒާމެއް ނޫން ކަމަށް ބުނަން ފެށިއެވެ. އެގޮތުން ރާއްޖެ އަށް އަލަށް ތަޢާރަފް ކުރެވުނު ޑިމޮކްރެޓިކް ނިޒާމު ނުވަތަ ދިމިޤްރާތީ ނިޒާމަކީ ދީން މުގުރާތީ ނިޒާމު ކަމުގައި ބުނެ ހަޖޫކިޔާ އުޅުނެވެ.
ޙަޤީޤަތުގައި ވެސް ޑިމޮކްރަސީ އަކީ ދީން މުގުރާތީ ނިޒާމެއް ކަމަށް ސަޢޫދީ އަރަބިއްޔާގެ އިސްލާމީ ޢިލްމުވެރިން ވަނީ ކަނޑަ އަޅުއްވައި މި މައްސަލައިގެ ބަޙުސް ނިންމަވާ ލައްވާފައެވެ. އިސްލާމް ދީނުގައި ކަމެއް އޮންނަ ގޮތް އޮޅުން ފިލުވުމަށް ފުރަތަމަ ބަލާން މި ޖެހެނީ ކީރިތި ޤުރުއާނަށެވެ. އެއަށްފަހު މާތް ނަބިއްޔާ ( ޞޢވ ) ގެ ސުންނަތަށެވެ. އެއަށްފަހު އިސްލާމީ ޢިލްމުވެރިންގެ އިޖްމާޢަށާއި ޤިޔާސަށެވެ. މި ކަންކަމަށް ބަލާއިރު ޑިމޮކްރަސީ ނުވަތަ ދީން މުގުރާތީ ނިޒާމަކީ އިސްލާމް ދީނުގައި ހުއްދަ އެއްޗެއް ކަމަށް ބުނެ އިތުރަށް ދައްކާނެ ބަހަނާ އެއް ނެތެވެ. އެންމެ ފަހުން ދަންނަ ބޭކަލުން ވަނީ މިއީ ޙަރާމް އެއްޗެއް ކަމަށާއި، އިސްލާމީ ޤައުމެއްގައި އޮވެގެން ވާނެ ނިޒާމެއް ނޫން ކަމަށް ނިންމާފައެވެ.
ޑިމޮކްރަސީ އާއި މެދު ސުވާލު ކުރެވުނު ހިނދު ސަޢޫދީ ޢަރަބިއްޔާގެ ނަން މަޝްހޫރު ދީނީ ޢިލްމުވެރިން ވިދާޅުވެފައި ވަނީ ޑިމޮކްރަސީއަކީ ބިންމަތީގައި އުފައްދާފައިވާ ވަޟްޢީ ނިޒާމެއް ކަމަށާއި މި ނިޒާމަކީ ރައްޔިތުން އަމިއްލަ އަށް ގިނަ ބަޔަކު ބޭނުންވާ ގޮތަކަށް ކަންތައްތައް ނިންމާ ނިޒާމެއް ކަމަށެވެ. އެހެން ކަމުން މި ނިޒާމަކީ އިސްލާމްދީނާއި ޚިލާފު ނިޒާމެއް ކަމަށާއި، ޙުކުމް ކަނޑައެޅުން ޚާލިޞް ވެގެންވަނީ ހަމަ އެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ކަމަށެވެ. އަދި ﷲ ގެ ޙުކުމާ ފުށޫ އަރާފަދަ ގޮތަކަށް ޙުކުމް ކަނޑައެޅުމުގެ އެއްވެސް ޙައްގެއް އެއްވެސް އިންސާނަކަށް ލިބިގެން ނުވާ ކަމަށް އިސްލާމީ ޢިލްމުވެރިން އިއްތިފާޤުވެ ލައްވައެވެ.

ނުނިމޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.