ދުނިޔެ ގެއްލުނު މެލޭޝިޔާގެ މަތިންދާބޯޓް އޮތްތަން ނުބަލާން އުޅޭތީ އަންތަރީސް ވެއެވެ.

ގެއްލުނު މެލޭޝިޔާގެ މަތިންދާބޯޓް އޮތްތަން ނުބަލާން އުޅޭތީ އަންތަރީސް ވެއެވެ.

ގެއްލުނު މެލޭޝިޔާގެ މަތިންދާބޯޓް އޮތްތަން ނުބަލާން އުޅޭތީ އަންތަރީސް ވެއެވެ.

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދުއިސައްތަ ސާޅީހެއްހާ މީހުންނާއި އެކު ގެއްލުނު މަތިންދާ ބޯޓެއް ނުފެނިގެން މުޅި ދުނިޔެ އެކަމާއި އުޅުނެވެ. އަދި އެ ބޯޓު ހޯދާފައި ނޫނީ ހުއްޓާ ނުލާނެ ކަމަށް އެކި ޤައުމު ތަކުން ގެންދިޔައީ ތަކުރާރު ކޮށް ބުނަމުން ނެވެ. އެހެން ނަމަވެސް އެމްއެޗް 370 ގެ ވާހަކަ މިހާރު އެއްވެސް ފަރާތަކުން ނުދައްކަނީ ކީއްވެބާއެވެ؟ އެ ބޯޓު ހޯދަން މިހާރު އެއްވެސް މަސައްކަތެއް ނުކުރަނީ ބާވައެވެ؟
ގެއްލުނު މެލޭޝިޔާގެ ބޯޓުގެ މައްސަލާގައި ތަފާތު އެތައް ބައިވަރި ތިޔަރީ ތަކެއް މިހާތަނަށް ވަނީ ފެންމަތި ވެފައެވެ. އޭގެ ތެރެއިން ވެސް ދުނިޔޭގެ އެންމެ ގިނަ ބަޔަކު ޝައުޤުވެރި ވެފައި ވަނީ އަދި އެންމެ ގިނަ ބަޔަކަށް އެންމެ ފަސޭހައިން ޤަބޫލު ކުރެވިފައި ވަނީ މިކަމުގައި އެމެރިކާގެ އަތެއް ވާކަމަށް ބުނެ ދެކެވުނު ވާހަކަ ތަކެވެ. އެގޮތުން މި ބޯޓު ޖެއްސީ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރު ޑިއޭގޯ ގާސިޔާ ގައި ކަމަށާއި، މި ބޯޓު ޑިއޭގޯ ގާސިޔާ އަށް ދަނިކޮށް ކުޑަހުވަދޫ މީހުންނަށް ފެނުނު ވާހަކަ އަކީ މުޅި ދުނިޔޭގައި ވެސް މި ޙާދިސާ އާއި ގުޅިގެން އެންމެ ގިނަމީހުންނަށް އެންމެ ފަސޭހައިން ޤަބޫލު ކުރެވުނު އެއް ވާހަކަ އެވެ.
ގެއްލުނު ބޯޓު ހޯދުމަށް މުޅި ދުނިޔެ އަތްފުނާ އަޅަން ފެށިއިރު މި ކަމުގައި އެންމެ ފަހަތުގައި އުޅުނީ އެމެރިކާއެވެ. އެމީހުން އޭރު ހަނު ތިއްބަސް ފަހުން ވަނީ މެލޭޝިޔާއިން އެދިއްޖެ ނަމަ އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް ބުނެ މެލޭޝިޔާއިން އެދުމުގެ ކުރިން އަމިއްލަ އަށް މި ކަމުގެ ތެރެއަށް ވަދެގަނެފަ އެވެ. އަދި އެއަށްފަހު އެމެރިކާއާއި އެމީހުންގެ ބައިވެރި އެއް ކަމުގައިވާ އޮސްޓްރޭލިޔާއިން ވަނީ މިކަމުގެ މައްޗަށް ގަދަވެގަނެ އިސް ސަފުގައި ބަސްކިޔަން ފަށާފައެވެ. އެހެން ކަމުން އެހެން ޤައުމު ތަކުން އިސް ނަގައިގެން ބޯޓު ހޯދުމަށް ކުރަމުން ގެންދިޔަ މަސައްކަތް މަޑުޖައްސާލީ އެމެރިކާ އާއި އޮސްޓްރޭލިޔާ އަށް އިތުބާރު ކޮށްގެންނެވެ.
ކޮންމެ އަކަސް ބޯޓު ހޯދުމަށް މިވެރިން ކުރާ މަސާއްކަތުން އަދާ ހަމައަށް ވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވަނީ އެކި ފަހަރު އެކި ސަބަބާއި ހުރެ އެވެ. އެއްފަހަރު ބޯޓު ގެއްލުނު ހިސާބު ދުރުކަމުންނެވެ. އަނެއްފަހަރު ބޯޓު ގެއްލުނު ސަރަޙައްދުގެ ކަނޑު ގަދަ ވެގެންނެވެ. އަނެއްބައި ފަހަރު އެ ސަރަޙައްދުގައި ތޫފާނެއް އުފެދި މޫސުން ގޯސް ވެގެންނެވެ. އެހެން ނަމަވެސް މިހާރު މި މަސައްކަތް ނުކުރެވިގެން އުޅެނީ މިކަމަށް ބޭނުންކުރާ އެމެރިކާގެ މޮޅު ބްލޫފިން ސަބްމެރިން ހަލާކު ވެގެންނޯލައެވެ. އަދި މި ސަބްމެރިންގެ ސްޕެއާ ގެންނަން ޖެހެނީ އެމެރިކާއިން އަލުން އުފައްދައިގެން ކަމަށާއި، މިކަމަށް އެތައް ދުވަހެއް ހޭދަވެދަާނެ ކަމަށް މިހާރު އެމީހުން އަންނަނީ ބުނަމުންނެވެ. މިހާވަރު ވާއިރު ވެސް އެމީހުންނަށް އިތުބާރު ކުރަން ވީބާވައެވެ؟
ކޮންމެ ގޮތެއް ވިޔަސް ބޯޓު ހޯދަން އެމެރިކާ އާއި އޮސްޓްރޭލިޔާއިން 90 މިލިޔަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިގެން މިހާރު ކުރާ މަސައްކަތަށް ދުނިޔޭގެ އެއްވެސް ބަޔަކު އިތުބާރެއް ނުކުރެއެވެ. އެންމެން ވެސް ބުނަނީ ތިޔަ ކުރަނީ ބޭކާރު ކަމެއް ކަމަށާއި، ތިޔަ ފުރަނީ ފޫނެތް ފަޔަށް ފެން ކަމުގަ އެވެ. އޭގެ ބަދަލުގައި ބޯޓު ފެންނާނީ ބޯޓު އޮތް ތަން ބެލިގެން ކަމަށް އެފަރާތްތަކުން ބުނަމުން ދާއިރު، ބޯޓު އޮތްތަން ނުބަލާން މިވެރިން އުޅޭތީ މަވެސް މިހުރީ އަންތަރީސް ވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.