ދުނިޔެ ގެއްލުނު މެލޭޝިޔާގެ ބޯޓު ޖައްސާފައި ވަނީ އަފްޣާނިސްތާނުގެ ފަރުބަދަ މަތީ ސަރަޙައްދުގެ މަގަކަށް

ގެއްލުނު މެލޭޝިޔާގެ ބޯޓު ޖައްސާފައި ވަނީ އަފްޣާނިސްތާނުގެ ފަރުބަދަ މަތީ ސަރަޙައްދުގެ މަގަކަށް

ގެއްލުނު މެލޭޝިޔާގެ ބޯޓު ޖައްސާފައި ވަނީ އަފްޣާނިސްތާނުގެ ފަރުބަދަ މަތީ ސަރަޙައްދުގެ މަގަކަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގެއްލުނު މެލޭޝިޔާގެ ބޯޓު ޖައްސާފައި ވަނީ އަފްޣާނިސްތާނުގެ ފަރުބަދަ މަތީ ސަރަޙައްދުގެ މަގަކަށް ކަމަށް ރަޝިޔާގެ ޖާސޫސީ އިދާރާގެ އޮފިޝަލުންނާ ޙަވާލާދީ އެ ޤައުމުގެ މަޝްހޫރު ނޫހަކުން ހާމަ ކޮށްފިއެވެ.
ރަޝިޔާގެ މަޝްހޫރު ދުވަހު ނޫސް މޮސްކޮވްސްކީ ކޮމްސޮލޮމެޓްސް ނޫހުން ބުނީ ގެއްލުނު މެލޭޝިޔާގެ މަތިންދާ ބޯޓު ވަނީ ހައިޖެކް ކޮށްފައި ކަމަށާއި، މި ބޯޓު ހައިޖެކް ކޮށްފައި ވަނީ ހިޗް ކިޔާ ގުރޫޕަކުން ކަމަށެވެ.
އަދި މި ބޯޓު ޖައްސާފައި ވަނީ އަފްޣާނިސްތާނުގެ ކަންދަހާރުގެ ފަރުބަދަ މަތީ ސަރަޙައްދެއްގެ މަގެއްގެ މައްޗަށް ކަމަށާއި، ބޯޓު ޖެއްސުމުގެ ތެރޭގައި ބޯޓުގެ އެއް ފިޔަގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު ނަމަވެސް ބޯޓުން ދަތުރު ކުރި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ރަޝިޔާގެ ޖާސޫސީ އިދާރާގެ އޮފިޝަލުންނާ ޙަވާލާދީ ރަޝިޔާގެ ނޫހުން ވަނީ ބުނެފައެވެ.
އަދި ފްލައިޓުގައި ދަތުރުކުރި ޕަސިންޖަރުން ހަތް ގްރޫޕަކަށް ބަހާލާފައިވާ ކަމަށާއި، ޕަސިންޖަރުންގެ ތެރެއިން 20 މީހަކު ވަގަށް ޕާކިސްތާނަށް ވަގަށް އެތެރެ ކޮށްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ މީހުން ދިރިއުޅެމުން ގެންދަނީ އެކަހެރި ސަރަޙައްދެއްގައި ކިސަޑާއި މަށިން ހަދާފައިވާ ޖިފުޓި ތަކެއްގައި ކަމަަަށާއި، އެކަށީގެންވާ ވަރަށް އެމީހުންނަށް ކާބޯ ތަކެތި ލިބެމުން ނުދާ ކަމަށް ވެސް ރަޝިޔާގެ ޖާސޫސީ އިދާރާ އާއި ޙަވާލާދީ ރަޝިޔާގެ ނޫހުން ބުނެއެވެ.
ރަޝިޔާގެ ޖާސޫސީ މަޢުލޫމާތަށް ބިނާކޮށް އެ ޤައުމުން ފަތުރަމުން ގެންދާ މި ޚަބަރާއި ގުޅިގެން މިހާތަނަށް މެލޭޝިޔާ އާއި ޗައިނާ އަދި އޮސްޓްރޭލިޔާ އިން އެއްވެސް ބަހެއް ކިޔާފައެއް ނުވެއެވެ. މީގެ އިތުރުން ވެސް ގެއްލުނު ބޯޓުގައި ތިބި މީހުންނާއި ބެހޭ ވަރަށް ތަފްޞީލީ މަޢުލޫމާތު ތަކެއް ވަނީ ރަޝިޔާގެ ނޫހުން ހާމަ ކޮށްފައެވެ.

މި ޚަބަރުގެ އިތުރު ތަފްޞީލާއި ރަޝިޔާގެ ނޫހުގެ ލިންކާއި އިނގިރޭސި ބައެއް ނޫސްތަކުން ޚަބަރު ފަތުރަމުން ގެންދާ ގޮތުގެ ތަފްޞީލު ދިއިސްލާމްގެ ފޭސްބުކް ޕޭޖުގައިވާ މި ޚަބަރުގެ ކޮމެންޓް ތަކުން ލިބިވަޑައިގަންނަވާނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.