ސެންޓުރަލް އެފްރިކަން ރިޕަބުލިޕްގެ ވެރިރަށް ބާނުގުއީގައި 'އެންޓި ބަލަކާ' ކިޔާ ކްރިސްޓިއަން މޫވްމެންޓަކުން ރަޙްމުކުޑަގޮތަކަށް މުސްލިމަކު މަރާލައިފިއެވެ.
ޞަލާހު އިދުރީސް އާދަމް، 25 މާރާލާފައިވަނީ މިދިޔަ ހުކުރު ދުވަހު ކޯރެއް ހުރަސް ކުރުމަށް އަޅާފައިވާ މެސްކެން ބުރިޖުގައެވެ.
މަޝްހޫރު ޚަބަރު ފަތުރާ އެޖެންސީ އަނަޑަލޫ އެޖެންސީއަށް މަންޒަރު ދުށް ފަރާތެއްކަމުގައިވާ ޗަބައު މުޙައްމަދު ޞާލީހު މަޢުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ކޯރާއި ހަމަޔަށް ގެނައުމުގެ ކުރިން ކޯރު ހުންނަ ސަރަހަށްދާ 100 މީޓަރު ދުރުގައި ހުންނަ މިސްކިތެއްގެ ކައިރިން އޭނާ ރަހީނުކޮށްގެން ގެނެސް ކަރު ބުރިކޮށްލީކަމަށެވެ.
އަނަޑަލޫ އެޖެންސީއިން މިހާދިސާ ހިނގާފައިވާ ސަރަހައްދުގެ ބައެއް މަންޒަރުތައް ދެއްކިއިރު ލެއިން ފޯވެފައިވާ ޞަލާހް އިދުރީސްގެ ކަރު ބުރިކޮށްލާފައިވާ ހަށިގަނޑު ކޯރުގައި އޮތްވައި ދައްކާފައިވެއެވެ.
އަނަޑޫލް އެޖެންސީއިން ބުނީ އެންޓި ބަލަކާ ޗީފު ޖާޕާ ބުލެއިސް މިޙާދިސާއާއިމެދު ކޮމެންޓު ކުރުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...