ގެއްލުނު މެލޭޝިޔާގެ ބޯޓު ވަގަށް ނެގުމުގެ ތުހުމަތު އެމެރިކާ އަށްކުރެވެން ފަށައިފިއެވެ.
މެލޭޝިޔާގެ ބޯޓު ގެއްލުމާއި ގުޅިގެން ތަފާތު އެކި ގޮތް ގޮތަށް އެކި ފަރާތްތަކުން ތަފާތު ތިއަރީ ތައް ނެރެމުން އަންނަނިކޮށް ކަމާބެހޭ ތަޖުރިބާކާރުން ވަނީ މި ކަމަކީ އެމެރިކާގެ ރޭވުމެއް ކަމަށާއި، މިއީ އެމީހުންގެ ޓެކްނޮލޮޖީގެ ބައެއް ޓެސްޓް ކުރުމަށާއި، ދުނިޔެއަށް އަތްގަދަ ކުރުމަށް ހިންގާ ޕްރޮގްރާމެއްގެ ބަޔަކަށް ވެދާނެ ކަމަށް ތުހުމަތު ކޮށްފައެވެ.
އެގޮތުން ގެއްލުނު މަތިންދާ ބޯޓުގައި ޓެކްނޮލޮޖީގެ ތަޖުރިބާކާރުންގެ ވިހި މީހަކު ހިމެނޭއިރު މި މީހުންނަކީ މަތިންދާ ބޯޓެއް އޭގެ ނެވިގޭޝަން ނިޒާމުން ގެއްލުވާލުމުގެ ކުޅަދާނަ ކަމާއި ޤާބިލުކަން ވަރަށް ބޮޑަށް ލިބިގެންވާ ބައެއް ކަމަށް ތުހުމަތު ކޮށްފައިވެއެވެ. މި މީހުންނަކީ އެމެރިކާގެ މަޝްހޫރު ފްރީސްކޭލް ކޮންޑަކްޓާ ކުންފުނީގެ ވަރަށް ތަޖުރިބާކާރު ވިހި މީހުންނަށް ވާއިރު، މި މީހުންނަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރާއި މުވާސަލާތީ ނިޒާމު ތަކުގެ ތަޖުރިބާކާރުން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައި ވެއެވެ. އަދި އެމެރިކާގެ މި ކުންފުންޏަކީ މަތިންދާ ބޯޓު ތަކުގެ މުވާސަލާތީ ނިޒާމު ތައް އުފައްދާ ބައެއް ކަމަށާއި، މި މީހުންނަކީ މަތިންދާބޯޓު ރާޑަރަށް ނާރާ ޓެކްނޮލޮޖީ އުފެއްދުމުގެ ޤާބިލުކަން ވެސް ހުރި ބައެއް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން މި މައްސަލާގައި އެމެރިކާ އަށް ތުހުމަތު ކުރާ އަނެއް ބަޔަކު ބުނަމުން ގެންދަނީ އެހެން ޤައުމު ތަކުގެ ރާޑަރު ނިޒާމު ތަކާއި އެހެނިހެން ޓެކްނޮލޮޖީގެ ވަޞީލަތްތަކުގެ މަޢުލޫމާތާއި ރޯޑޭޓާ ފަދަ މަޢުލޫމާތު ހޯދުމަށް އެމެރިކާ އަޑީގައި އޮވެގެން މިފަދަ ގަނޑެއް ގަނެފާނެ ކަމަށާއި، ދުނިޔޭގެ ސަލާމަތީ ނިޒާމުގެ ހުރި ޤާބިލުކަން ދެނެގަތުމަކީ ވެސް އެމީހުންގެ މަޤުޞަދަކަށް ވެދާނެ ކަމަށެވެ.
އަދި އެމީހުންނަކީ އެމީހުންގެ ޓެކްނޮލޮޖީގެ އަޖުމަ ބެލުމަށް އަމިއްލަ ޤައުމުގެ އަމިއްލަ ރައްޔިތުންނާއި ދެކޮޅަށް ވެސް އެފަދަ ތަކެތި ބޭނުން ކުރާ ބައެއް ކަމަށާއި، މިވަރުގެ ބަޔަކު އެހެން ޤައުމަކަށް ކިތަންމެ ބޮޑު ގެއްލުމެއް ދޭން ވެސް ޖެހިލުން ނުވާނެކަން ޖަޕާނަށް އެމީހުން ޓެސްޓް ކޮށްލަން އެޅި އެޓޮމް ބޮމުގެ ޙާދިސާއިން ވެސް ހާމަވާ ކަމަށެވެ.
މީގެ އިތުރުން އެމެރިކާއިން އެ ޤައުމުގެ އަމިއްލަ ރައްޔިތުންނާއި ދެކޮޅަށް ހިންގާފައިވާ މިފަދަ ޖަރީމާ ތަކުގެ ތެރޭގައި ޤައުމުގެ ސަލާމަތީ ނިޒާމުގައި ހުރި ފެންވަރު ޓެސްޓް ކޮށްލުމަށް އެންތުރެކްސް ކިޔާ ނުރައްކާތެރި ވައިރަހެއް އަމިއްލަ ޤައުމަށް ދޫކޮށްގެން އަމިއްލަ ޤައުމުގެ އެތައް ބަޔަކު މަރާލި ޙާދިސާގެ ފަހަތުގައި ވެސް އޮތީ އެމެރިކާ ސަރުކާރުކަން ފަހުން ފަލީޙަތްވެ ބޭޒާރު ވެފައިވާ ކަން ތަޖުރިބާކާރުން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން އަދާއި ހަމަ އަށް ވެސް ޖަވާބު ނުލިބި ތަޙުޤީޤު ނުކުރެވުނު މަޝްހޫރު ނައިން އިލަވަން ޙާދިސާގައި ވެސް ޢިމާރާތެއްގެ މަތީ ބުރިއެއްގައި މަތިންދާ ބޯޓަކުން ޖެހުމުން މުޅި ޢިމާރާތް އެކުގައި ގޮވައި އަޅިޔަށް ނުވާނެ ކަމަށް ތަޖުރިބާ ކާރުން އަދިވެސް ޤަބޫލު ކުރާކަން ހާމަކޮށްފައިވެއެވެ.
އަދި އެ ޙާދިސާގައި އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އަށް މަތިންދާ ބޯޓެއް ވައްޓާލައި ގެއްލުން ދިން ކަމަށް އެމެރިކާ ސަރުކާރުގެ ރަސްމީ ފަރާތްތަކުން ބުނި ނަމަވެސް އެ ބޯޓުގެ ކަޅު ފޮއްޓާއި މަތިންދާ ބޯޓެއްގެ އެއްވެސް އާލާތެއްގެ ނިޝާނެއް ވެސް އެތަނުން ދެއްކިފައި ނުވުމުން ޚުދު އެމެރިކާ ރައްޔިތުން ވެސް ގެންދަނީ އެ ޙާދިސާ އާއި މެދު ސުވާލު އުފައްދަމުން ނެވެ.
އެހެން ކަމުން މިވަރުގެ ބަޔަކު އެމީހުންގެ ވާދަވެރި ޗައިނާ އާއި އިންޑިޔާ ފަދަ ޤައުމު ތަކުގެ އަސްކަރީ ރާޑަރު ތަކުގެ މަޢުލޫމާތު ތައް ހޯދައި ގަތުމަށާއި، އެމީހުންގެ ވަޞީލަތް ތަކުގެ އަޖުމަ ބެލުމަށް ކޮންމެ ފަދަ ޖަރީމާ އެއްވެސް ހިންގަފާނެ ކަމަށް އެމެރިކާގެ ޙަޤީޤަތް ދަންނަ ކަމާބެހޭ މުރާސިލުން ވަނީ ލަފާ ކޮށްފައެވެ.
ގެއްލުނު މެލޭޝިޔާގެ ބޯޓު ވަގަށް ނެގުމުގެ ތުހުމަތު އެމެރިކާ އަށް ؟
ކޮމެންޓް (0)
ލޯޑް ކުރަމުން...