އުތުރުގެ ރަށަކަށް ދާދި ފަހުން ކުރި ދަތުރެއްގައި ދިމާވި ޙާދިސާ އެކެވެ. ރަށުގެއަތިރިމަތީގައި ހުރި ޖޯލިފައްޗެއްގައިތިބި މުސްކުޅިވެރިންގެ އަޑު މާ ގަދަވާތީ އެދިމާ އަށް ކައިރި ކޮށްލީމެވެ. ވެގެން މިއުޅޭ ގޮތަކީ ރަށުގެ ޒުވާން ފުރައިގެކުދިން ކޮޅަކާ މިމުސްކުޅި ވެރިންދިމާކޮށްލައިގެން އުޅެނީއެވެ. މިސޮރުމެންނަކީ ޒުވާނުން ކަމަށް ބުނާތީ ތިމަންނާމެންލަދުގަނެޔޭ، ތިމަންނާމެންގެ ޒަމާން ނަމަ މިހާރު ޑިމޮކްރަސީ އޮންނަ ގޮތުން ކުޑަސިޓީ ހައްދައިގެން ޖިޒީ ނެގިޔަނުދޭނެ ކަމަށް ބުނެ ފަހަރަކު ކަރައެއް ފަޅަނީ އެވެ.
ޒުވާން ގުރޫޕް ވެސް މުސްކުޅި ވެރިންނަކަށް ދުލެއް ނުކުރެއެވެ. އަހަރެމެންގެ ޒުވާން ލޭގައި މާޖޯރު ހުންނާނޭ، ކާފަމެން ދެން މިހާރު ކުރާނެކަންތައް ތައް ހުސްވެގެން ދައުލަތުން މުސާރަ ލިބޭތީ ތިމަންނާ މެންނާ ފޮށެނީޔޭ ތިޔައުޅެނީ ތިޔަޒާތުގެ އެއްވެސް ކަމަކުވާ ލައިގަނެގެން ނޫނޭ ބުނެ ޒުވާބުދީ އުޅުނެވެ.
ކުއްލިއަކަށް މުސްކުޅި ވެރިންގެ ތެރެއިން ތަންކޮޅެއް ހަރު މީހަކު ތެދުވެ ބުނީ، ކަލޯމެންގެގައިގައި ޒުވާން ލޭ ހިނގާނަމަ މިހާރު މާލޭގައި ރަޖިސްޓްރީ ކޮށްފަ އޮތް ދޯންޏަކުން މިރަށު ފަޅަށް ޖިޒީ ނުދައްކާ ވަނަ ނުދޭނެ ކަމަށެވެ. ވެގެން މިއުޅޭ ގޮތެއް ރޭކާލީ ވެސް އެހާ ހަމައިން ނެވެ.
މުސްކުޅިވެރިންގެ ޒުވާބަކީ ރަށަށް ގެންނަ ކާބޯ ތަކެއްޗާއި އެހެނިހެން ތަކެތި އަގުބޮޑުވަނީ ކޮންމެވެސް ވެރިކަމެއްގައި އަޅައިދިން މާ މޮޅު ބަނދަރަކުން ރަށްރަށުގެ އުޅަނދު ފަހަރުން ފީ ނަގާތީ ކަމަށެވެ. ތިމަންނާމެންގެ ޒަމާނުގައި ނަމަ ތިޔަ ޒާތުގެ ކަމެއް މިހާރަކު ކުރާކަށް ލާހިކެއް ނޫން ކަމަށްބުނެ ހަމަ ބޮޑެތި ކަރާ ފަޅަމުންނެވެ. އެހެން ކަމުން ޒުވާން ފުރައިގެ ސޮރުމެންގެ ގައިގައި ޖޯރު ހުރިނަމަ އެރަށު ފަޅަށް ވަންނަ މާލޭ އޮޑިފަހަރުން ޖިޒީ ނަގަން ޖެހޭނެ ވާހަކަ އެވެ.
އެވަގުތު ޒުވާނުންގެ ތެރެއިން މީހަކު ތެދުވެ އެ ކާފަ އަށް ރައްދު ދިވެނެ. ތިޔަހެން ވިއްޔާ ކާފަމެންގެޒަމާނުގައި ކުޑަ ސިޓީ ހައްދައިގެން މާލެ އެރީ ކީއްވެ ހެއްޔެވެ؟ ގައިގައި ޖޯރު ނެތީމަ ހެއްޔެވެ؟ ވަރުވާ އަށް ލިޔެފައި ހުންނަ ފަޅު ރަށްރަށާއި މީހުން ދިރިއުޅެ ރަށްރަށުން ވާރު ދެއްކީ ކީއްވެގެން ހެއްޔެވެ؟ ތިޔަ ޒާތުގެ ކަންކަމަކީ އަހަރެމެން ދިރި ތިބި ޒަމާނަކު ނަމަ ކުރާކަށް ލާހިކު ކަމެއް ނޫނެވެ.
އަހަރެމެންގެ ޒަމާނުގައި ކުޑަސިޓީ ހައްދައިގެން މާލެއަރުވައި ރަށްރަށުން ޖިޒީ ނަގަން ލާހިކު ނޫނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...