މިދިއަ އަހަރު މުދަލު ޒަކާތަށް ނުވަ މިލިއަން ރުފިޔާ އިތުރަށް ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އެމިނިސްޓްރީއިން ހާމަކުރައްވާ ގޮތުގައި "މުދަލު ޒަކާތުގެ ގޮތުގައި ވޭތުވެ ދިޔަ 2010 ވަނަ އަހަރު 36 މިލިއަނަށްވުރެ ގިނަ ފައިސާވަނީ ލިބިފައިވާކަމަށާއި ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވަމުންދާ ކަމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ ޑިސެމްބަރމަހުގެ ނިޔަލަށް 36000478.05 (ސަތިރީސް މިލިއަން ހަތަރުސަތޭކަ އަށުހަތްތެރި ރުފިޔާ ފަސްލާރި) ލިބިފައިވާ" ކަމަށެވެ. އަދި "މިއީ 2009 ވަނަ އަހަރަށްވުރެ ނުވަ މިލިއަން ރުފިޔާ އިތުރު ޢަދަދެއްކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.
އިސްލާމިކް މިނިސްޓްރީއިން މައުލޫމާތު ދެއްވާގޮތުގައިދެހާސް ނުވަވަނަ އަހަރު 27412507.83 (ހަތާވީސް މިލިއަން ހަތަރުސަތޭކަ ބާރަހާސް ފަސްސަތޭކަ ހަތް ރުފިޔާ ތެޔާހި ލާރި) ދެހާސްއަށްވަނައަހަރު ޒަކާތަށް ލިބިފައިވަނީ 14,928,734.29 (ސާދަމިލިއަން ނުވަސަތޭކަ އަށާވީސްހާސް ހަތްސަތޭކަ ސައުރަތިރީސްރުފިޔާ/ އޮނަތިރީސްލާރި)އެވެ. 2007 ވަނައަހަރު ލިބިފައިވަނީ 15,215,480.09 (ފަނަރަ މިލިއަން ދުއިސައްތަ ފަނަރަހާސް ހަތަރުސަތޭކަ އާހި ރުފިޔާ/ނުވަލާރި) އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...