ދުނިޔެ ރައީސް މުރްޞީގެ ޝަރީއަތް ފަސްކޮށްފި

ރައީސް މުރްޞީގެ ޝަރީއަތް ފަސްކޮށްފި

ރައީސް މުރްޞީގެ ޝަރީއަތް ފަސްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަޣާވާތަކުން މިޞްރުގެ ވެރިކަމުން ދުރުކޮށްފައިވާ އެގައުމުގެ ރައީސް މުޙައްމަދު މުރްޞީގެ ޝަރީޢަތް އަންގާރަ ދުވަހަށް ލަސްކޮށްފިއެވެ.

މުރްޞީގެ މައްޗަށް އިއްޔެގެ ޝަރީޢަތުގެ މަޖްލީހުގައި އުފުލާފައިވާ ދަޢުވާއަކީ 2012ވަނަ އަހަރުގެ ޑިސެމްބަރު 10ގައި ރިޔާސީ ގަނޑުވަރުގެ ކައިރީގައި މުޒާހަރާކުރަމުން ދިޔަ 10 މީހަކު މަރާލުމަށް މުރްޞީގެ ސަޕޯޓަރުންނަށް ފުރުޞަތު ތަނަވަސްކޮށްދިން ކަމަށް ބުނެ އުފުލާފައިވާ ދަޢުވާއެކެވެ. މުރުޞީގެ އިތުރުން އިޚްވާނުލް މުސްލިމީންގެ އިތުރު 14 ފަރާތެއްގެ މައްޗަށްވެސް ދައުވާއުފުލާފައިވެއެވެ.

ކޯޓް ހުރި ސަރަހައްދުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި ވީނަމަވެސް މުރްޞީގެ ވަކީލު ކޯޓަށް ހާޒިރުވުމަށް އައި މަގުމަތީ މުރްޞީއާއި އިދިކޮޅު ފަރާތްތަކުގެ ފުރައްސާރައާއި ކުރިމަތިލާން ޖެހުނެވެ. އޭނާ އައި ކާރަށް ކޯޓަށް ވަދެވުނަ ނުދިނުމަށް ހުރަސްއަޅައި ހެދިކަމަށް ނޫސްވެރިން މައުލޫމާތު ދެއެވެ.

ނިމިދިޔަ ހަފްތާގައިވެސް ރައީސް މުރްޞީ ވަނީ ކޯޓަށް ހާޒިރުކުރެވި ދައުވާ އުފުލާފައެވެ. އެއީ މުބާރަކްގެ ވެރިކަމާއި ދެކޮޅަށް މިޞްރު ރައްޔިތުން ތެދުވި ދުވަސްވަރު މުރްޞީ ޖަލުން ފިއްލެވިކަމަށް ބުނެ އުފުލާފައިވާ ދަޢުވާއެކެވެ. އެ ހާޒިރު ކުރުމުގައި މުރްޞީވަނީ މިޞްރުގެ ޤާނޫނީ ރައީސަކީ އޭނާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައި ކޯޓް ތެރޭގައި އެކަން އިޢުލާން ކުރައްވައިފައެވެ.

މުހައްމަދު މުރްޞީގެ ވެރިކަން ބަޣާވާތަކުން ނިމުމަކަށް ގެނައީ ޖުލައި މަހުގެ 3ވަނަ ދުވަހު މިޞްރުގެ އަސްކަރިއްޔާއިންނެވެ. އަދި އޭރު ޖެނރަލަކަށް ހުރި އަބްދުލް ފައްތާހު އައް ސީސީ ވަނީ މިއަހަރު އޮންނަ މިޞްރުގެ އިންތިޚާބަށް ކުރިމަތިލާނެކަންވެސް ހާމަކޮށްފައެވެ.

އިޚްވާނުލް މުސްލިމީންގެ މެމްބަރުންގެ މައްޗަށް އުފުލިފައިވާ ގިނަ ދަޢުވާ ތަކަކީ އެ ކުށެއް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ލިބޭ ދަޢުވާތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.