ޖަމިއްޔަތުއް ސަލަފްއާއި ގުޅިގެން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޝައިޚް ވަލީދް ޢަބްދުލް ޙަކީމްގެ ދަރުސެއް އައްޑޫގައި ބާއްވައިފިއެވެ.
އައްޑޫ ނޫރުލްއިސްލާމް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ބޭއްވި މިދަރުސްއޮތީ ހިތަދޫ ޝަރަފުއްދީން ސްކޫލް ހޯލްގައެވެ. ރޭގަނޑު 8:45 ގައި ފެށި މިދަރުސައް ގިނަ އަދަދެއްގެ ބަޔަކު ހާޟިރުވެފައިވެއެވެ.
އައްޑުއަށް ޝައިޚް ވަލީދު ވަޑައިގަތީ އާދީއްތަ ދުވަހުއެވެ. އޭގެ ކުރިން ޝައިޚްވަނީ ފުވައްމުލަކަށް ވަޑައިގަތް އެރަށުގައިވެސް ދަރުސްދެއްވާފަ އެވެ.
ޝައިޚް ވަލީދު ރާއްޖެ ވަޑައިގަތީ ހުކުރުދުވަހުއެވެ. އަދި ހުކުރު ދުވަހުގެރޭ ވިލިމާލޭގައިވަނީ ޝައިޚްގެ ދަރުސެއް ބާއްވާފައެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...