ޑރ.ބިލާލް ފިލިޕްގެ މަސްއޫލުވެރިކަމުގެ ދަށުން ހިންގާ އިސްލާމިކް އޮންލައިން ޔުނިވަރސިޓީ ގެ އިމްތިޙާނު ރާއްޖޭގައި ފަށައިފިއެވެ.
މިއިމްތިހާނުގެ ކަންކަން ހަމަޖެއްސުމުގައި ރާއްޖެއިން ހަރަކާތްތެރިވާ ޖަމިއްޔަތުއް ސަލަފްއިން ހާމަކުރާ ގޮތުގައި މިމަހުގެ 23 އިން 30 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިމްތިހާނުގައި ރާއްޖެއިން 10 ދަރިވަރުން ބައިވެރި ވެފައިވެއެވެ. މިފަހަރުގެ އިމްތިހާނުގައި ބެޗިލަރސް އޮފް އިސްލާމިކް ސްޓަޑީސްގެ ތިންވަނަ އަހަރުގައި ކިޔަވަމުންދާ ދަރިވަރުންވެސް ހިމެނެއެވެ. މީ ރާއްޖޭގައި އައި.އޯ.ޔޫ ގެ އިމްތިހާނުތައް ކުރިއަށް ގެންދާ ތިންވަނަ ފަހަރެވެ.
އިސްލާމިކް އޮންލައިން ޔުނިވަރސިޓީއަކީ ކިޔެވުމުގެ ޚަރަދު މުޅިން ހިލޭ އޮންނަ، ތަފާތު އެކި ފެންވަރުގެ ކޯސްތައް މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެންމެނަށް ފުރުޞަތު ހުޅުވާލައިގެން ހިންގާ ޔުނިވަރސިޓީއެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...