ކެނެޑާގެ މަޝްހޫރު ދާޢީ ޝައިޚް ވަލީދް އަބްދުލް ހަކީމްގެ ދަރުސްއެއް ވިލިމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ވިލިމާލެ ޕީސްފައުންޑޭޝަންގެ ފަރާތުން ދިއިސްލާމްއަށް މައުލޫމާތުދެއްވި އަބްދުލްރަޙްމާން ހުސައިން ވިދާޅުވީ ޝައިޚް ވަލީދްގެ ދަރުސް އޮންނާނީ މިމަހުގެ 24ވާ ހުކުރު ދުވަހުގެރޭ ވިލިމާލެ ބޯޅަދަނޑުގައި ކަމަށެވެ.
" ލީޑަރޝިޕް އިން ޕްރޮފެޓްސް ލައިފް " މިމަޢުޟޫއަށް ދިނުމަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ 20:45 ގައި ކަމަށާއި މިދަރުސް އިންތިޒާމްކުރުމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އަބްދުލް ރަޙްމާން ވިދާޅުވިއެވެ.
ކެނެޑާގެ މަޝްހޫރު ދާޢީ ޝައިޚް ވަލީދް ރާއްޖެ ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ޖަމިއްޔަތުއް ސަލަފްއިންނެވެ.
ވިލިމާލޭގެ އިތުރުން މިހަމުގެ 25 ވަނަދުވަހު ޝައިޚް ވަލީދުގެ ދަރުސްއެއް ފުވައްމުލަކުގައި ބާއްވާ ގޮތަށްވެސްވަނީ ހަމަޖެހިފައެވެ.
ކެނެޑާގެ ޝައިޚް ވަލީދް ޢަބްދުލް ޙަކީމް މަޝްހޫރުވެފައިވަނީ “ދަތުރު ކުރާ ޝެއިޚް” އެއްގެ ގޮތުގައެވެ. އެގޮތުން ޝައިޚް ވަނީ 50 އަށް ވުރެ ގިނަ ގައުމަށް އިސްލާމް ދީނުގެ ދަޢުވަތު ދިނުމުގެ ގޮތުން ދަތުރު ކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...