ދިއިސްލާމް ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ރައީސް ޔާމީން ހަވާލުކުރައްވައިފި

ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ރައީސް ޔާމީން ހަވާލުކުރައްވައިފި

ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ރައީސް ޔާމީން ހަވާލުކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ރައީސް އަބްދުﷲ ޔާމީން ބުރާސްފަތިދުވަހު ހަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އަރަބި އިސްލާމީ ގައުމުތަކުގެ އިތުރުން ދުނިޔޭގެ އެހެން ބާޒާރުތަކަށް ރާއްޖޭގެ މަސްވެރިކަމުގެ މާކެޓް ހޯދަން އިތުރު މަސައްކަތްތަކެއް ކުރައްވަން ރައީސް އަބްދުﷲ ޔާމީން މިހާރު ނިންމަވާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ހަލާލް ސެޓްފިކެޓް ދޫކުރުމުގެ ކަންތައްތައް އިސްލާމިކް އެފެއާޒް މިނިސްޓްރީއާ ހަވާލުކުރެއްވުން ކަމަށެވެ.

"ހަލާލް ސެޓްފިކެޓް އިޝޫކުރުމަކީ ރާއްޖޭގެ ވިޔަފާރި އާއި އެކްސްޕޯޓް ކުރުމުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެ، ރާއްޖޭގެ އުފެއްދުންތައް ދުނިޔޭގެ އެކިއެކި ބާޒާރުތަކަށް ދިއުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތަކަށް ވާނެ،" އަމީން ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ މިހާތަނަށް ހަލާލް ސެޓްފިކެޓް ނެތުމުގެ ސަބަބުން، މެލޭޝިއާ އާއި އެހެން ބައެއް އިސްލާމީ ގައުމުތަކަށް ރާއްޖެ އިން މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އި ކަމަށާއި ނަމަވެސް އިސްލާމިކް އެފެއާޒް މިނިސްޓްރީން ހަލާލް ސެޓްފިކެޓް ދޫކުރަން ނިންމުމުން މަސްވެރިންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ހަލާލް ސެޓްފިކެޓްއާއި އެކު އަރަބި އިސްލާމީ ޤައުމުތަކަށް ރާއްޖެއިން މަސް އެކްސްޕޯޜޓްކުރުމަށް ތައްޔާރުވަމުން ދާއިރު، ޔޫރައިޕިއަން ޔޫނިއަންއިން ވަނީ ދިވެހިރާއްޖޭގައި އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ނެތްކަމަށްބުނެ ރާއްޖެއިން އީޔޫގެ ޤައުމުތަކަށް އެކްސްޕޯރޓް ކުރާ މަހަށް ދެމުންގެންދާ ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލަން ނިންމާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.