ދުނިޔެ ސޫރިޔާގައި ހިނގާ ހަމަނުޖެހުންތަކުގައި 120 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވޭ

ސޫރިޔާގައި ހިނގާ ހަމަނުޖެހުންތަކުގައި 120 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވޭ

ސޫރިޔާގައި ހިނގާ ހަމަނުޖެހުންތަކުގައި 120 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގައި 2011 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް 120 ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަންރައިޓްސް އިން ހާމަކޮށްފިއެވެ.
ސީރިއަން އޮބްޒަރވޭޓަރީ ފޮރ ހިއުމަންރައިޓްސް އިން ހާމަކުރި ހިސާބުތަކުން ދައްކާ ގޮތުން ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެންމެ ގިނައިން މަރުވެފައިވަނީ އާއްމު ރައްޔިތުންނެވެ. އެއީ 42945 މީހުންނެވެ. އޭގެ ތެރޭގައި 6365 ކުޑަކުދިންނާއި 4269 އަންހެނުން ހިމެނެއެވެ.

މިތަފާސް ހިސާބުތަކުގައި ބައްޝާރު އަސަދުގެ ޖަލުތަކުގައި ހައްޔަރުކޮށް ވީނުވީއެއް ނޭނގިފައިވާ 10000 އަށްވުރެ ގިނަ މީހުންނާއި ވަގަށް ނަގާފަ ވީނުވީ ނޭނގިފައިވާ އާއްމު ރައްޔިތުންގެ އިތުރުން ބައްޝާރު އާއި އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި ހައްޔަރުވެ ވީނުވީ ނޭނގިފައިވާ ބައްޝާރުގެ ލަޝްކަރުގެ ސިފައިން ހިމެނިފައެއް ނުވެއެވެ.

ބައްޝާރު އަސަދުގެ އަނިޔާވެރި ޤަތުލްއާއްމުގެ ސަބަބުން ސޫރިޔާ ދޫކޮށް އެތައް ރައްޔިތުން ތަކެއްވަނީ ރެފިއުޖީންގެ ގޮތުގައި އެހެން ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.