ދިއިސްލާމް ބަނގުރާ ބޯން އިންދާ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ކައުންސިލް މެމްބަރަކު ހައްޔަރުކޮށްފި

ބަނގުރާ ބޯން އިންދާ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ކައުންސިލް މެމްބަރަކު ހައްޔަރުކޮށްފި

ބަނގުރާ ބޯން އިންދާ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ކައުންސިލް މެމްބަރަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު، އައްޑު އަތޮޅު ގަމުގައި ހުންނަ އީކުއޭޓާ ވިލެޖްގެ ގޮނޑުދޮށުގައި ރޭ ދަންވަރު ބަނގުރާ ބޯން އިންދާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރާގޮތުގައި އީކުއޭޓާ ވިލެޖްގެ ގޮނޑުދޮށުގައި ރޭ ދަންވަރު ބަނގުރާ ބޯން ތިބި 3 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 12:30 ހާއިރު އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންއެއްގައެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މި މައްސަލައާއި ގުޅިގެން މި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އީކުއޭޓާ ވިލެޖްގެ ގޮނޑުދޮށުގައި މި މީހުން ތިބި މޭޒުމަތީގައި ހުރި ތަށިތަކުގައި ބަނގުރާ ހުއްޓައި ވަނީ ފެނިފައިކަމަށާއި މީގެއިތުރުން އިތުރު ބަނގުރާ ދަޅެއްވެސް އެ މޭޒުމަތިން ވަނީ ފެނިފައިވާ ކަމަށެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުުގެ ދަށަށްގެނައި އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު އަކީ ސަރުކާރާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.