ވާހަކަ ލާލު މުޖައްކަޅުގެ ވާހަކަ

ލާލު މުޖައްކަޅުގެ ވާހަކަ

ލާލު މުޖައްކަޅުގެ ވާހަކަ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރޯނު އެދުރުންގެ ވާހަކަ އަކީ ދޭތެރެއަކުން ކަންފަތުގައި އައިސް ޖެހޭ ވާހަކައަކައެކެވެ. ކޮންމެއަކަސް މި ކުރު ލިޔުންކޮޅު ހާއްސަކޮށްލަނީ މި ބުނެވިދިޔަ ކަހަލަ އެދުރަކާ ބެހޭގޮތުންނެވެ.

އާދޭހެވެ!!. މިއެދުރުގެ ނަމަކަށް ކިޔަނީ ލާލު މުޖައްކަޅުއެވެ.
ލާލު މުޖައްކަޅަކީ ސަހަރެއްގައި އުޅުނު ކުޅަދާނަ އެދުރެކޯލައެވެ. އެއްދުވަހަކު މިވީގޮތަކީ ސަހަރުގައި އުޅުނު ގެރިއެއްގެ ބޯ، ގުޅިއެއްގެ ތެރޭ ތާށިވެގެން ހަދާނެގޮތް ހުސްވެގެން އެންމެފަހުން ލާލު މުޖައްކަޅަށް ގޮވައި ހުރިތަނަކުން ހޯދައި ހާޒިރުކޮށްފިއެވެ. އޭރު ގެރީގެ ބޯ ތާށިވެގެން ތެޅިފޮޅެނީއެވެ. މި މަންޒަރު ބަލަން ހުރެފައި ކަނާތު ޝަހާދަތް އިނގިލިން ބޮލުގެ މެދު ކަހާލާފައި އަރިއަކަށް ބޯ ވައްޓާލުމަށްފަހު ލާލު މުޖައްކަޅު އިރުޝާދު ދިނީ ގެރީގެ ބޯ ބުރިކޮށްލުމަށެވެ. އެހެންކަމުން ލާލު މުޖައްކަޅުގެ އިރުޝާދުގެ މަތީން އެގެރީގެ ބޯ ބުރި ކޮށްލެވުނެވެ. ދެން އަދި މިވީ މާ އެހެންކަހަލަ ގޮތެކެވެ. ގެރީގެ ބޯ ބުރިވެގެން ވެއްޓުނީ ގުޅީގެ ތެރެއަށެވެ. މިޖެހުނީ އަނެއް 6 ކަންތަކާއެވެ. މިހާރު އެވީ ގެރީގެ ބޯ ގުޅި ތެރެއިން ނަގާށެވެ. އެހެންކަމުން އަނެއްކާވެސް ފިސާރި ރަގަޅަށް ވިސްނާލުމަށްފަހު ލާލު މުޖައްކަޅު އިރުޝާދު ދިނީ ގުޅި ތަޅާލާފައި ގެރީގެ ބޯ ގުޅި ތެރެއިން ނެގުމަށެވެ. އެހެންކަމުން، ލާލު މުޖައްކަޅުގެ އިރުޝާދަށް އެ ގުޅި ތަޅާލެވުނެވެ. އަދި ގެރީގެ ބޯ ގުޅި ތެރެއިން ސަލާމަތް ކުރެވުނެވެ. ލާލު މުޖައްކަޅުގެ މި ކުޅަދާނަ ވިސްނުންތެރިކަމާ ހުރެ އޭރު އެތަނަށް ޖަމާވެ ތިބި އެންމެން ލާލު މުޖައްކަޅަށް ތަޢުރީފުގެ އަތްތިލަ ބަޑިއެއް ދިނެވެ. ދެން އިސާހިތަކު ލާލު މުޖައްކަޅު އެތަނުން ހިގައްޖެއެވެ.

ދެން ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން ހުރި މީހަކު ގޮވާލާފައި ބުނެފިއެވެ. ކަލޭމެންގެ ގެރިވެސް މަރުވެއްޖެއެވެ. ގުޅިވެސް ތެޅިއްޖެއެވެ. ފުރަތަމަވެސް ގުޅި ތަޅާލިނަމަ ގެރި ސަލާމަތްވީހެވެ.

އަސްތާއެވެ! ހޭވެރިކަން ވީ ދެންތާއެވެ! ގެރިވެސް މަރުވީއެވެ، ގުޅިވެސް ތެޅުނީއެވެ. އެހެނަސް ކުރާނީ ކީތް ހެއްޔެވެ. ލާލު މުޖައްކަޅުގެ އިރުޝަދަކީ އެވެރީންގެ ނިންމުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.