އެފްރިކާ މިއަދުގެ ހުކުރުނަމާދަށް ފަހު މިޞްރުގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް ޞުލުޙަވެރި އެއްވުން ތަކެއް.

މިއަދުގެ ހުކުރުނަމާދަށް ފަހު މިޞްރުގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް ޞުލުޙަވެރި އެއްވުން ތަކެއް.

މިއަދުގެ ހުކުރުނަމާދަށް ފަހު މިޞްރުގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް ޞުލުޙަވެރި އެއްވުން ތަކެއް.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ބުދަދުވަހު (14-8-2013) މިޞްރުގެ ބަޣީ ސެކިއުލަރ އަސްކަރިއްޔާއިން އެޤައުމުގެ މުސްލިމުން ޞުލުޙަވެރިކަމާއި އެކު އިހްތިޖާޖުކުރަމުން ދިޔަ ރާބިޢަތުލް ޢަދަވީ މައިދާނާއި އަދި އައްނަހުޟަ މައިދާނުގައި ހިންގި ލާއިންސާނީ ޤަތުލުޢާއްމާއި ދެކޮޅުހެދުމުގެ ގޮތުން މިއަދު (16-8-2013 ހުކުރު) ގެ ހުކުރު ނަމާދަށް ފަހު އެޤައުމުގެ އެކި ކަންކޮޅުތަކުގައި ދަނީ ޞުލުޙަވެރި އެއްވުންތައް ބާއްވަމުންނެވެ.

މިގޮތުން އުތުރު ސިނާގެ އަރިޝް ސަހަރުގަޔާއި އަދި ޖީޒާ ގަޔާއި ޠަންޠާގެ އިތުރުންއަލްފުޔޫމް އޭކިޔުނު ހިސާބުގައިވެސް ދަނީ އެއްވުންތައް ބާއްވަމުންނެވެ. އަނެއްކޮޅުން މިޞްރުގެ ބޮޑު ސަހަރެއްކަމަށްވާ އިސްކަދަރިއްޔާގައިވެސް ދަނީ ޤަތުލުޢާއްމު އާއި ދެކޮޅަށް އިހްތިޖާޖުކުރަމުންނެވެ.

މިއަދުގެ ހުކުރުނަމާދަށް ފަހު ކުރަމުންދާ އިހްތިޖާޖުތަކަށް މިޞްރުގެ ސެކިއުލަރ އަސްކަރިއްޔާއިން ދަނީ ހަމަލާދި އެއިހްތިޖާޖުތަކުގައި ބައިވެރިވަމުން އަންނަ އެތަށް އާއްމު މުސްލިމު ރައްޔިތުން  ޤަތުލުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.