އެހީ! އުފަންވިއިރު ތުންފަތާއި ތަލި ކަނޑައިގެން ގޮސްފައިވާ ތުއްތު 'މާހިލް'އަށް އެހީވެދެއްވާ!

އުފަންވިއިރު ތުންފަތާއި ތަލި ކަނޑައިގެން ގޮސްފައިވާ ތުއްތު 'މާހިލް'އަށް އެހީވެދެއްވާ!

އުފަންވިއިރު ތުންފަތާއި ތަލި ކަނޑައިގެން ގޮސްފައިވާ ތުއްތު 'މާހިލް'އަށް އެހީވެދެއްވާ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

"ކްލިފްޓް ލިޕް އެންޑް ޕެލޭޓް" ނުވަތަ އުފަން ވާއިރު ތުންފަތާއި ތަލި ކަނޑައިގެން ގޮސް ހުރުމަކީ އެހާ އާންމު ކަމެއް ނޫނެވެ. މަދުން ނަމަވެސް މިގޮތަށް އުފަންވާ ކުދިން ބޮޑުވަމުން އަންނައިރު ތަފާތު އުނދަގޫތައް ކުރިމަތިވެ އެވެ. މިއީ ހައްލުކުރެވޭ ކަމެއް ނަމަވެސް މިކަމަށް ގިނަ ޚަރަދެއް ކުރަން ޖެހޭއިރު ގިނަފަހަރަށް މިކަމަށް ގިނަ ދުވަސްތަކެއް ނަގަ އެވެ.

ފޮޓޯގައި އެވާ ތުއްތު ތުއްތު މާހިލް އަކީ އުފަންވިއިރު "ކްލިފްޓް ލިޕް އެންޑް ޕެލޭޓް" (ތުންފަތާއި ތަލި ކަނޑައިގެން ދިއުން) ކުރިމަތިވެފައިވާ ކުއްޖެކެވެ. ތ. އޮމަދޫއަށް އުފަން މާހިލްގެ މަންމައާއި ބައްޕަގެ ފޮނި އުންމީދު ޙަޤީޤަތަކަށް ވެގެން އައިއިރު ކުރިމަތި ވެގެން ދިޔަ މި ކަމަކީ އިމްތިޙާނެއް ކަމުގައި ދެކިގެން ދެމަފިރިން މަސައްކަތް ފެށި އެވެ. މިގޮތުން ހޯދި މަޢުލޫމާތުން އެނގުނު ގޮތުގައި މި ކަމަކީ ބޮޑު އޮޕަރޭޝަނެއް ކޮށްގެން އެއްކޮށް ރަނގަޅުކުރެވޭ ކަމެކެވެ. މިފަދަ މޫނުމަތީގެ ބޮޑު އައިބަކާއި އެކު ދަރިފުޅު ބޮޑުވެއްޖެނަމަ ނުލިބި ނުދާނޭ ހިތްދަތިކަމާއި ލަދުވެތިކަމުން ކުޑަކުޑަ މާހިލް ސަލާމަތް ކުރުމަށް މާހިލްގެ މަންމަ އާއި ބައްޕަ ކުރި މަސައްކަތުން މިހާރު ވަނީ އާސަންދައިން ފަރުވާ ކުރެވޭނެ ގޮތް ހަމަޖެހިފަ އެވެ. އެހެނަސް އެއީ މި ބޮޑު އޮޕަރޭޝަން (ބައެއް ފަހަރު 3 އޮޕަރޭޝަން) ކުރުމަށާއި ދޭން ޖެހޭ ފަރުވާއަށް ފުދޭ މިންވަރެއް ނޫނެވެ.

ވުމާއެކު ތިޔަ އެންމެހައި އަޚުންނާއި އުޚްތުންގެ ދީލަތި އެހީއަކަށް މާހިލްގެ މުޅި ޢާއިލާ އެދެ އެވެ. މިއަދު ތިޔަ އަޚުންނާއި އުޚްތުން ދެއްވާ ކިތަންމެ ކުޑަ އެހީއެއް ނަމަވެސް މާހިލްގެ ޢާއިލާއިން ބަލައިގަންނާނީ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ޙާލުގަ އެވެ.

ތުއްތު ތުއްތު މާހިލްގެ ހިނިތުންވުން އެދޭނަމަ މާހިލްއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާށެވެ. މާހިލްއަށް އެހީވާން ބޭނުންވާ ބޭފުޅުން، ބޭންކް އޮފް މޯލްޑިވްސްގައި މާހިލްގެ ބައްޕަ ޢަބްދުﷲ ޙަނީފްގެ ނަމުގައި ހުޅުވާފައިވާ ތރީގައިމިވާ އެކައުންޓަށް ތިޔަބޭފުޅުންގެ އެހީ ވެދެއްވާށެވެ.

އެކައުންޓް ނަންބަރު

7704-221738-001

ތިބޭފުޅުން ވެދެއްވާ ކޮންމެ އެހީއަކީ ތުއްތު ތުއްތު މާހިލް އަށް މިއަދު އަދި މާދަމާއަށްވެސް މުހިންމު އެއްޗެކެވެ.

އިތުރު މައުލޫމާތު ހޯދުމަށް މާހިލްގެ ބައްޕަގެ ނަންބަރު

9745556 އަށް ގުޅުއްވާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.