އެހީ!

މިތުއްތު ކުއްޖާގެ ޕްލާސްޓިކް ސާޖަރީ ކުރަން އެހީ ވެދެއްވާ!

ދ. މީދޫ، ދެތަނޑިމާގެ، އަހުމަދު ޝަރީފާއި އއ. ރަސްދޫ މެޑޯޒް، ޝިއުނާ ހަސަން އަށް މީގެ ހަ އަހަރު ކުރިން ކުރި ކައިވެންޏަށް ލިބިފައިވަނީ އެންމެ ފިރިހެން ކުއްޖަކެކެވެ. އެހެނަސް ދެވަނަ ދަރިއަކަށް ބަނޑުބޮޑުވެ ވިހަން ތައްޔާރުވަމުން އައި އެދެމަފިރިން ދިޔައީ އުފަންވާން އުޅޭ ދަރިއަށް މަރުހަބާ ކިޔަން ތައްޔާރުވަމުންނެވެ. އެގޮތުން ހަދަން ޖެހޭ ޓެސްޓްތައް ހަދާފައިވެއެވެ. ޓެސްޓުތަކުން އެއްވެސް މައްސަލައެއް ނުދައްކައެވެ. އެހެނަސް ދަރިފުޅު ދުނިޔެއަށް ނޭވާލިއިރު އެދެމަފިރިންނަށާއި އާއިލާއަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ.

މީދޫ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ ޝަރީފް އޭނާގެ ދަރިފުޅުގެ ހާލަތު ފުރަތަމަ ހިއްސާ ކުރީ ފޭސްބުކް މެދުވެރިކޮށެވެ. މާލަސްތަކެއް ނުވެ އެތުއްތު ކުއްޖާގެ ފޮޓޯ ފޭސްބުކްގައި ފެތުރިގެން ދިޔައެވެ. އެންމެންވެސް އެކުއްޖާގެ ހާލަތާއި މެދު ހަމްދަރުދީވެ އެވާހަކަ ލިޔެ ޝެއާރ ކުރަމުންދިޔައެވެ.

ތުއްތު މިއަންހެން ކުއްޖަކު އުފަންވިއިރު މިކުއްޖާގެ މޫނު މަތީގައި ބޮޑު ލަފެއް ހުރިއިރު އެލަފުގައިވަނީ އިސްތަށިފަޅާ ފައެވެ. އެހެންކަމުން އަވަހަށް ޕްލާޓިކް ސާރޖަރީއެއް ހަދަން އައިޖީއެމްއެޗް ޑޮކްޓަރުން އާއިލާއަށް ވަނީ ލަފާދީފިއެވެ. އާއިލާއިން ބުނާ ގޮތުގައި ދަރިފުޅުގެ މޫނަށް ވެފައި ހުރި ގޮތެއް އެއްވެސް ޑޮކްޓަރަކަށް ޔަގީން ކަމާ އެކު ބުނެދޭކަށް ނޭނގެ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ “ހެއަރީ މެވީ” ކިޔާ ބައްޔެކެވެ.

ޑޮކްޓަރުންގެ ލަފާގެ މަތިން އެތުއްތު ކުއްޖާ ސާރޖަރީ ހަދަންޖެހެއެވެ.ޕްލާސްޓިކް ސާޖަރީއެއް ހަދަން ކުރަން ޖެހޭ ސީދާ ޚަރަދު ނޭނގުނު ނަމަވެސް އެއަދަދު ގާތްގަނޑަކަށް އަރާނެވަރު އާއިލާއިން އަންދާޒާ ކުރެއެވެ. ރާއްޖެއިން ބޭރުން ޕްލާސްޓިކް ސާރޖަރީއެއް ހެދުމަށް 400,000 އެމެރިކާ ޑޮލަރު /-6،168،000 (ހަމިލިއަން އެއްލައްކަ ފަސްދޮޅަސް އަށްހާސް ރުފިޔާ) ހަރަދު ވެއެވެ. އެހަނަސް މީދޫ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ ޝަރީފް ގެ އާއިލާއަށް އެޚަރަދު ކުރެވޭވަރުގެ ކުޅަދާނަކަމެއް ނެތެވެ.

އެހެންކަމުން މިތުއްތު ކުއްޖާގެ އާއިލާއިން ތިބޭފުޅުންގެ އެހީތެރިކަމަށް ނިހާޔަތައް ވަނީ ބޭނުންވެފައެވެ. އެއާއިލާއަށް ކުރިމަތިވެފައިމިވާ ބޮޑު ކަންތަކަށް ތިބޭފުޅުން ވެދެއްވާ ކުޑަ އެހީއަކީވެސް މިއަދު ބޮޑު އެއްޗެކެވެ.

މިތުއްތު ކުއްޖާގެ ބައްޕަ ފޭސްބުކް މެދުވެރިކޮށް ލިޔެލި ބަސްކޮޅު ގިނަ ބަޔަކަށް ވަނީ ފޯރާފައެވެ. ރާއްޖޭގެ މަޝްހޫރު ނޫސްތަކުގައިވެސް ވަނީ އެޚަބަރު ޝާއިއުކޮށްފައެވެ. ދެންއޮތީ ތިބޭފުޅުންގެ ފަހަރެވެ. ތިބޭފުޅުންވެސް މިތުއްތު ކުއްޖާއަށް އެހީތެރިވުމަށް އަވަސްކުރައްވާށެވެ. މާދަމާ ތިބޭފުޅުންވެސް މިފަދައިން އަނެކާގެ އެހީތެރިކަން ބޭނުން ޖެހިދާނެއެވެ.

މިތުއްތު ކުއްޖާއާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ކުއްޖާގެ ބައްޕަ އަޙުމަދު ޝަރީފްގެ 7757745 ނަމްބަރު ފޯނަށް ގުޅުއްވާށެވެ. ފައިސާގެ ގޮތުން އެހީވެދެއްވެން ނެތްނަމަ ހެޔޮ ދުއާ އަކީވެސް އެތުއްތު ކުއްޖާއަށް ފައިދާ ކުރުވާނެ އެއްޗެކެވެ.

އެހީވުމަށް ހުޅުވާފައިވާ އެކައުންޓް ނަމްބަރަކީ: 101-230672-7723

ގުޅުންހުރި

1 ޚިޔާލު

  1. ﷲ ގެ ރހްމަތްފުޅުން ޝިފާ ދެއްވާށި!!! އާމީން

Your email address will not be published. Required fields are marked *

More in އެހީ!