ރިޕޯޓް

ސޯފާ އެގްރީމެންޓާމެދު ޙައިރާންކަމެއް!!

ސޯފާ އެގްރިމެންޓުގައި ރާއްޖެއާއެކު ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް އުއްމީދުކުރާކަމަށް އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާރޮބަޓް ބްލޭކް ބުނެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ 7 މެއި 2013 ގައެވެ. ސޯފާ އެގްރިމެންޓް އާމެދު ބަންޑާރަ ނައިބުގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ވިދާޅުވެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ 16 މެއި 2013 ގައެވެ. ސޯފާ އެގްރިމެންޓުގައި ރާއްޖެއަށް ސޮއިނުކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ 21 މެއި 2013 ގައެވެ. ސޯފާއެގްރިމަންޓްގެ މައްސަލައާ ގުޅިގެން ތިން މިނިސްޓަރަކު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހާޒިރުކުރަން ނިންމާފައިވާކަން މީޑިއާގައި ޝާއިޢުކޮށްފައިވަނީ 4 ޖޫން 2013 ގައެވެ. ސޯފާއެގްރިމެންޓް މިހާރު ޑްރާފްޓް ކޮށްފައިވާގޮތުން އޭގައި ދިވެހި ސަރުކާރުން ސޮއި ނުކުރާނެކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްވިދާލުވެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ 5 ޖޫން 2013 ގައެވެ. ސޯފާ އެގްރިމެންޓު މިހާރު ހުށަހަޅާފައިވާ ގޮތަށްއޭގައި ރާއްޖޭން ސޮއި ނުކުރާނެކަމަށް ރައީސް މުޙައްމަދު ވަޙީދު އެމެރިކާއަށް އަންގަވާފައިވާ ކަން "ހަވީރަ"ށް ކަށަވަރު ވެއްޖެކަމަށް ޝާއިޢުކޮށްފައިވަނީ 5 ޖޫން 2013 ގައެވެ. ސޯފާ އެގްރިމެންޓުގައި ރާއްޖޭން ސޮއި ކުރުމަކީ ގަބޫލު ކުރައްވާ ކަމެއްނޫން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ 7 ޖޫން 2013 ގައެވެ. ސޯފާ އެގްރިމެންޓުގެ މައްސަލައިގައި ކަން ބޮޑުވާ ފަދަ ވާހަކަފުޅުތަކެއް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީސައީދު ދައްކަވާފައިވާތީ އެމައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅުއަޅައިދިނުމަށް ރައީސްއަށް ދަންނަވާފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރުމުޙައްމަދު ނާޒިމްވިދާޅުވެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ 9 ޖޫން 2013 ގައެވެ. ސޯފާ އެގްރިމެންޓުގައި އެމެރިކާއާ އެކު ސޮއިކުރުމަކީ އެ ޑްރާފްޓް މިހާރުއޮތް ގޮތުން ސަރުކާރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މުޙަންމަދު ވަޙީދު ވިދާޅުވެފައިވާކަމަށް މީޑިއާގައި ޝާއިޢުކޮށްފައިވަނީ9 ޖޫން 2013 ގައެވެ.

މަތީގައި އެވަނީ ސޯފާ އެގްރީމެންޓާ ގުޅޭގޮތުން މީޑިއާގައި ޝާއިޢު ކޮށްފައިވަނީ ބައެއް ޚަބަރުތަކެވެ. އެ ޚަބަރުތަކުން ސޯފާ އެގްރީމެންޓާއި އެއްކޮޅަށް ހަމައެކަނި ތިބީ އެމެރިކާ ކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. ސޯފާ އެގްރިމެންޓުގެ ކަންކަމުގައި މުޢާމަލާތް ކުރެއްވި ފަރާތްތަކުންވެސް އެކަމާއި ދެކޮޅުކަން ވެސް އެނގިގެން ހިނގައްޖެއެވެ. ސުވާލަކީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާ އާއި ލާބަ ހުރި ކަމަކަށް އެންމެހައި ލީޑަރުންނާއި ކަމާއިގުޅޭ އެންމެހައި މުއައްސަސާތަކުން ދެކޮޅު ހަދަންވީ ކީއްވެހެއްޔެވެ؟ މިއީ ޖަވާބު ބޭނުންވާ މުހިއްމު ސުވާލެކެވެ.

ސޯފާ އެގްރިމެންޓްގެމައްސަލައިގައި ކަން ބޮޑުވާ ފަދަ ވާހަކަފުޅުތަކެއް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދައްކަވާފައިވާތީ އެމައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ރައީސްއަށް ދަންނަވާފައިވާނެ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވުމުން ވަރަށްބޮޑަށް ހައިރާންވާންޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް