އަޅުގަނޑުގެ މި ލިޔުމުގައި ބުނަން މި އުޅެނީ ދިވެހިއަންހެނުންނަށް، އާދެ! ގިނަ ދިވެހި އަންހެނުން އެމީހުންގެ ޙަޔާތުގައި އެކަނިވެރިވެ ނުވަތަ ދެކަނި ހާލަތުގައި ފިރިންނާއި އެކު ދިމާވެފައިވާ ހިތްދަތި އެކަނިވެރި ހިތާމަވެރި ކަންކަން ދިމާވެފައިވާ ގޮތާއިމެދުއެވެ. އޭގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ހަމަ މިބައިމީހުންނެވެ.
އެއްވެސް މީހެއްގެ ޟަމީރު އަގުހެޔޮވެއްޖެ ނަމަ އޭގެ އަގެއް ނުހުންނާނެއެވެ. އަގު ނެތިއްޖެނަމަ އެއަށް ދެވޭ ޤަދަރު ކުޑަވާނެއެވެ. އަންހެނަކަށް ޤަދަރު ކުޑަކުރެވިއްޖެނަމަ އޭނާގެ ދިރިއުޅުން ހިތާމަވެރިވާނެއެވެ. ދިރިއުޅުން ދާނީ އޮޔާދާ ކާއްޓެއް ދާހެންނެވެ. ޙަޤީޤަތަކީ މިއީއެވެ. ދިވެހި ބައެއް އަންހެނުންނަކީ ވަރަށް އަގުހެޔޮ ބައެކެވެ. އެއީ މިކިޔާ ޗީޕް ބިޓުންނެވެ. އަބުރު ނެތް ބިޓުންނެވެ. މިހެން ބުނުމުން ދެން ކޮންމެ މީހަކުވެސް ހީކުރާނީ ތިމާ ނޫން އަނެއްމީހާ ކަމަށެވެ. ހަމަ ހިލާ އެހެން ނުވާނެއެވެ.
ދިވެހި ބައެއް އަންހެނުން އަގުހެޔޮ ވާގޮތާއި މެދު ވިސްނާލަމާ ހެއްޔެވެ. އެއީ ކިހިނެއް ކޮންގޮތަކުން ވާކަމެއް ހެއްޔެވެ؟ އަގު ހެޔޮވާގޮތް ދެނެގަތުމަށް އެންމެ ފަސޭހަވާނީ އަގުބޮޑު ވާގޮތް އެނގުމުންނެވެ. ކަމުގެ ދެކޮޅު އެނގުމަކީ ކަމެއްގެ އަސްލު މައްސަލަ މޭރުންކުރުމަށް އެންމެ ފަސޭހަގޮތްވެސް މެއެވެ. އަންހެނުން އަގުބޮޑުވަނީ އެމީހުން ލިބުން ދަތިވީމައެވެ. އެމީހުން ހޯދުން އުނދަގޫވީމައެވެ. އެމީހުން ފެނުން އުނދަގޫވީމައެވެ. އެމީހުންނާއިއެކު އުޅުމާއި އުނގުޅުން ދަތިވީމައެވެ. ފަސޭހައިން ބައްދަލު ކޮށްލެވި އަދި އެހާމެ ފަސޭހައިން އަތް ލެވޭނަމަ އޭގައި ހުންނާނީ ދެން ކޮން އަގެއް ހެއްޔެވެ؟ ޗީޕް އެއްޗިއްސަކީ ކޮންމެ މީހަކަށްވެސް އެއްވެސް އުނދަގުލަކާއި ނުލާ ބޭނުންކޮށްލުމުގެ ފުރުޞަތު އޮންނަ އެއްޗިއްސެވެ. ދެން ސުވާލަކީ އަގު ބޮޑު މިންގަނޑަކީ އަޅެފަހެ ކޮބައި ހެއްޔެވެ؟
އަންހެނުންނަށް މިހާރު ވިސްނައިދީފައި އޮންނަނީ މިނިވަންކަމާއެކު ބޭނުން ގޮތަކަށް އުޅުމަކީ އެމީހުންނަށް ލިބިފައިވާ ޙައްޤެއްކަމެވެ. އެގޮތުން ވަޒީފާތަކަށް ނުކުމެ ފިރިހެނުންނާއި އެކު މަސްހުނިވުމަކީ ތަހުޒީބުކަމަށެވެ. އެހެން ނޫޅޭނީ "ކަޓު" އަންހެނުން ކަމެވެ. މިއީ ސޯޝަލް ކަމެއްގެ ގޮތުގައި ލާރި ހުރި ނުފޫޒު ހުރި ފިރިހެނުން އެމީހުންގެ ބޭނުންތައް މަކަރުން އަގުހެޔޮކޮށް ފުއްދުމަށް ވިސްނާ ކުރަމުން އަންނަ ކަމެކެވެ. މިކަން މިގޮތަށް ކުރާތީއާއި އިސްލާމްދީނުގެ ފަހުމް ނެތުމުން މިދެންނެވި ކުދިންނަށް ހީވަނީ އެބުނަނީ ތެދެއްކަމަށެވެ. ޒުވާން އުމުރުގައި އަސްލު ދިރިއުޅުން ފަށަން ޖެހޭ އިރުވެސް މިކުދިންނަށް ވިސްނިފައި އޮންނަނީ އަދި މަޑުކޮށްލައިގެން ތަފާތު މީހުންނާއިއެކު ރެސްޓޯރަންޓް ތަކުން ކާލައިގެން ޕާޓީ ހަދާލީމާވެސް ފަހުން އަދި ރަނގަޅު ފިރިން ވާނެކަމަށެވެ. ހެޔޮލަފާ އަބުރުވެރި ފިރިހެނުން ވިސްނަނީ ކިހިނެއްކަންވެސް މިފުރުސަތުގައި ބުނެދެން އެބަ ޖެހޭކަމުގައި އަހުރެން ދެކެމެވެ.
އަބުރުވެރި އަބުއި ހަރުދަނާ ފިރިހެނުންގެ ޢާއްމު ވިސްނުމަކީ ތިމަންނާ މިހެން އަބުރުވެރިކޮށް ހުއްޓާ ކަލޭމެން އުޅޭނޭހައިގޮތަކަށް އުޅެފައި ދެން ތިމާގެ ހަށިގަނޑުގައި އެއްވެސް އާރެއް ބާރެއް ނެތުނީމައި ރަނގަޅު ފިރިޔަކު ހޯދާށޭ ކިޔައިގެން މަގޭ ދިރިއުޅުން ހަލާކު ނުކުރާށެވެ. އެއީ އަހަރެން މިހެން ހުރުމުގެ އަގެއް ނޫނެވެ. އަދި އެގޮތަށް އެއްވެސް އަޚްލާޤެއްނެތި އައިސް އަހަރެންގެ ދަރިންގެ މަޔަކަށް ނުހަދާނަމެވެ. އެފަދަ މީހުން އަހަރެންގެ މުދަލާއި އިއްޒަތް ރައްކާތެރިއެއް ނުކުރާނެއެވެ. ދެން މިވާގޮތަކީ އުމުރުން 25 އަހަރުން މައްޗަށް ދިޔައީމާ ޖެހެނީ ތެޅިގަންނާށެވެ. ރަނގަޅު މީހަކު ހޯދާށެވެ. އޭރަކު އެއްކަލަ ރަނގަޅު މީހަކު ނުފެނެއެވެ. އަނެއްކާވެސް ތާކުން ދެން ކޮންމެސް މީހަކާ އިންނަނީއެވެ. ދެން ވާގޮތް މިހިރަގެންދަނީ ފެންނަމުންނެވެ. މިއަކީ ދައްކާ ކޮޅުން ލާނެ ވާހަކައެއް ނޫނެވެ.
އަންހެނުންނޭވެ! ތިމާމެންގެ ހުރިހާ ތަނެއް ދިމާއަށް ފެންނާނެހެން ހަދައިގެން ތިބެމެ ތިމާމެންނަކީ މާ އަބުރުވެރި ބަޔެކޭ އެއްވެސް ޙާލެއްގައި ހީ ނުކުރާށެވެ. މީގެ ސަބަބުން ނަފްސާނީ ގޮތުންވެސް އަންހެނުންނަށް އިންތިހާއަށް ގިނަ ގެއްލުންތައް ލިބެއެވެ. ރަނގަޅު މީހަކު ހޯދަންޏާ ރަނގަޅު އަބުރުވެރިއަކަށް ވާށެވެ. ރަނގަޅު ފިރިހެނުން އަމިއްލައަށް އައިސް އަތުގައި ހިފައިގެން ގެންދާނެއެވެ. ބިކުރުވެރި ނޫން އަންހެނަކަށް ފިރިހެނަކު ޤަދަރެއް ނުކުރާނެއެވެ. ނިކަން ބިކުރުވެރި ޙާލަތުގައި މީހުންނާއި ކައިވެނިކޮށްގެން ތިބި ރަނގަޅު މީހުން ކުރެން އަހާށެވެ. އެމީހުންގެ ފިރިން އެމީހުންނަށް ކުރާ އިޙްތިރާމްގެ ވާހަކަ އެމީހުން ކިޔަދިނުމުން އެކަމާއި ކަލޭމެން އަގުހެޔޮކުދިން ދެރަވާނޫއެވެ. ރޮވޭނެއެވެ.
މިއީ ބަޔަކު މީހުން ރާވައިގެން ދީގެން އުޅޭ ލަނޑެކެވެ. ކޮންމެ މުޖްތަމަޢެއްގައިވެސް ގިނަވާނީ ނުފޫޒު ހުރި ފިރިހެނުންނެވެ. ފިރިހެނުންނަކީ އެމީހުންގެ ތަބީޢަތުގައި އަންހެނުން ބޭނުން ބަޔެކެވެ. ތަންކޮޅެއް ގިނައިންނެވެ. އެވްރެޖް ކޮންމެ ފިރިހެނަކަށް އެއްފަހަރާއި 3މީހުންނާއި އެއްދުވަހާއި ގުޅުން ހިންގުމުގެ ކުޅަދާނަކަން އެމީހުންގެ އުފެދުމުގައި ހުރެއެވެ. އަދި ޤަބޫލު ނުކުރެވެންޏާ ނިކަން ކަލޭމެން ޤަބޫލު ކުރާ މިޒަމާނުގެ ސައިންސް ބަލަމާ ހެއްޔެވެ؟ ޑޮކްޓަރީ މިންގަނޑުން ސިއްޙަތު ރަނގަޅު ފިރިހެނަކު 11 ފަހަރު ޖިމާޢުވުމަށް ދުވާލަކު އެއްފަހަރު ހުންނާނީ ތައްޔާރަށެވެ. އެހެންވެ ބިރުގަނެފާނެ ކަމަށް 3 ފަހަރޭ މިބުނީ މަދުކޮށްފައެވެ. މިކަން ނޭގިގެން އުޅެންޏާ ބައިލޮޖީ އަދި ސައިންސުން ފަސްޓްޑިގްރީ ނުލިބެނީއެވެ. އެއްޗެއް އެނގޭނީ ކޮންމެސްވަރަކަށް ގޭގައި މަޑުވެ ކިޔަވައިގެންވެސްތާއެވެ؟
ބުނަންހެއްޔެވެ؟ އަގުހެޔޮ ކުދިން ފެނުނީމާ އަހުރެން ދެކޭގޮތް މިފަހަރު ބުނެލާނަމެވެ. ޢައުރަ ނިވާނުކޮށްދާ އަންހެނަކު ހަމަ ފެންނައިރަށް އެމީހަކު އޮރިޔާންވެގެން ހުރި މިންވަރަކަށް އެމީހަކީ ޗީޕް މީހެއް ކަމުގެ ޔަޤީންކަން ހިތުގައި އޮވެއެވެ. އަދި މަގުމަތިން ދާއިރު މިއީ ވަރަށް އާދައިގެ މުޑުދާރު ގޮތެއްނެތް އަންހެނެކޭ ހިތާހިތާ ކިޔެއެވެ. ފިރިހެނުން މިކަންކަން ދެނެގަންނަކަން އަންހެނުންނަށް އެނގޭނަމަވެސް ކޮންމެވެސް ވަރަކަށް މައިތިރިވާނެއެވެ. އަހުރެން ގޮވާލާނީ ހުރިހާ އަންހެނުންނަށްވެސް އޭ ކަނބަލުންނޭވެ! ކަލޭމެން ކަނބަލުންތަކުންގެ އޮރިޔާން ނިވާކޮށް މިތިބަ އުޅޭ ނުބައި މަކަރުވެރި ފިރިހެނުންތައް މައިތިރި ކުރާށެވެ. ނޫންނަމަ އޭގެ ގެއްލުން ހަމަ ވާނީ ކަލޭމެންނަށެވެ. ޢާއިލާ ރޫޅިގެން މައްސަލަ ޖައްސާއިރު ވިސްނާލަން ޖެހޭ އަނެއް ނުޤުތާއަކީ ޅަފުރާގެ އަގުހެޔޮ އަންހެންކުދިންގެ ވަރުގަދަ މާރކެޓެއް ބިޓުންގެ ނަމުގައި އޮތްހައި ހިނދަކު މިތިބަ ފިރިހެނުންތަކެއް މައިތިރިއެއް ނުކުރެވޭނެއެވެ. އަދި ކަލޭމެން އަންހެނުންގެ ހަމަޖެހުން އެމީހުން މަޖާކޮށްލުމަށް ނަގައިލާނެއެވެ. ވައްސަލާމް
ކޮމެންޓް (0)
ލޯޑް ކުރަމުން...